ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
07 ފެބުރުއަރީ 2025 - 00:03
މިއަދުގެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އޮތްކަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މަޖިލިސް ފެށުމުގެ ގޮތުން ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާފައި ވަނީ މިއަދު އެވެ.
އެ ބަޔާނާ ގުޅޭގޮތުން "ޕީއެސްއެމް" އިން މިރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އަލަށް ފަށަން ޖެހޭ މަޝްރޫއުތަކުގެ ތަފްސީލުތައް ވަރަށް ފުރިހަމައަށް ރައީސް ދެއްވި ކަމަށެވެ.
"އެމަނިކުފާނުގެ ޕްލޭނެއް އެބަ އޮތް، އެމަނިކުފާނު ކަނޑައަޅުއްވާފައި ހުރި އުސޫލުތަކެއް އެބަހުރި. އެ ކަންތައްތަކަށް ކެބިނެޓް މިނިސްޓަރުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން މިއަހަރު ވެގެންދާނީ މާލީ ދަތިކަމާ އެކު ވެސް ނަތީޖާ ނެރެދެވޭނެ އަހަރަކަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވުމަށް ރައީސް ކުރައްވާ މަސައްކަތަކީ މީގެކުރިން އެއްވެސް ރައީސަކު ކުރައްވާފަައިވާ ކަންތައްތަކެއް ނޫން ކަމަށެވެ.
އެގޮތުން އައްޑޫ އާއި ހަނިމާދޫ ކައިރީ ޓޫރިޒަމް ތަރައްގީ ކުރުމަށް ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން ރައްޔިތުންނާ ސީދާ ގުޅުންހުރި ވިޔަފާރިތަކަށް އެއިން ފައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެ ގަޑިއިރަށްވުރެ ދިގުކޮށް ކުރިއަށް ގެންދެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްތަކުގައި ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކާއި ހެލްތު ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް ކުރުސީ ގެ ދީދީ
08 February 2025
ރަށް ރަށުގެ ޕުލޭނަކީ ރިޔާސީ ބަޔާނުގައި ތާނައިން ލިޔެފައި އޮންނަ 6 ސޮފްހާ ގެ ބަޔާނެއް.
އަލީ ހަސަން
07 February 2025
ތިގޮތަށް މުއިއްޒު ބުނުއްވިި ރައީސްކަން ލިބުމުން ޔާމީން ދޫކޮށްލާނަމޭވެސް. 1.5 އަހަރުމިވީ އިނގޭތޯ. އަހަރުމެން މުއިއްޒަށް ދިން ވޯޓަކީ ހަޤީޤަތުގައި ޔާމީނަށް ދިން ވޯޓެއް އިނގޭތޯ.
ޑރ ވާންޗޯ
07 February 2025
މަތިފަޑީގެ ބޭފުޅުންނަށް، ވެރިކަމަށް އަހަރެއްވީފަހުން ޕްލޭނެއް އޮތްކަން މިރޭކާލީވެސް. މިޔޮއްހުރިހާދުވަހު ހީކުރެއްވީ ހަދާނެއެއްޗެއް ހަދަނީކަމަށްތޯ؟.
ކޮސްތޮލިބް
07 February 2025
އެއްވެސް ކަމެއްވާ މިނިސްޓަރެއް ނޫން
ބާލައާދަނު
07 February 2025
ޕްލޭން އެބައޮތެވެ. ނެތީ އިޚުލާސްތެރި ނިޔަތެކެވެ.
މޯލްޑިވިއަން އެއިރޯ
07 February 2025
ވައިޑު ބޮޑީ ޕުލޭނެއްތަ އަނެއްކާ؟
ބިންބި
07 February 2025
އެއީ އަނެއްކާ ބިއްލޫރި ޓަނަލް ކަހަލަ ޕްލޭނެއްތޯ.
ފެންނާނެ
07 February 2025
5 އަހަރުން ތިޔަބުނާ ޕުލޭނެއް އަދިކިރިޔާ ފެންނާނީ.
ބޮކި
07 February 2025
އަންނަނީ......ކުރަނީ..........ކުރަންފަށަނީ..........ނިމެނީ..........ނިމިއްޖެ...
ލަތީފާ
07 February 2025
ބޮޑާކަމާއި، ތިމާ ނޫނީ ކަންކަން ކުރެވޭ، އަދި ތަންދޮރު އެނގޭ މީހަކަން ގަބޫލު ކުރާ މީހުން ވެރިންނަށް ވަޒީރުނަށް ވީމަ ގައުމު ދާނީ މިހާރު މިދާހެން ފަނާ ވަމުން. ދެރަ