ކަސްޓަމްސް: ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓު ނެރުނު ދެ ތަނެއްގެ ރަޖިސްޓްރީ ބާތިލުކުރަން ވަނީ ނިންމާފައި.
11 ފެބުރުއަރީ 2025 - 12:40
ދެ ބޮންޑެޑްވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލާގައި ހިމެނެނީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށެވެ.
އޭގެ ތެރެއިން ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެގްޒޯޓިކުން ބޮންޑެޑް ވެއާ ހައުސް، ކަސްޓަމްސް އިން ޗެކުކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓު (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ހިލާފަށް އެ ތަނުން ހުރީ ނެރެފައި ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.
އެތަނުގެ އިތުރުން، އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ތަން ޗެކްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެހެންވެ، އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ އެ. ދެ މައްސަލާގައި ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގައި ހިމެނޭ މުދަލަށް އެގްޒޯޓިކް ކުންފުނިން ކަސްޓަމްސް އަށް ދައްކަންޖެހޭ 47.2 މިލިއަން ރުފިޔާ އާއި އެސްޖީއެމް އިން ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް، ހޯދުމަށް އެ ދެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ގޭގޭގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅު ހަރުކޮށްފައި ހުންނައިރު އޭގެ ތެރެއިން އެއް ތަޅުދަނޑި ކަސްޓަމްސްގައި އަދި އަނެއް ތަޅުދަނޑި އޮންނަނީ އެ ބޮންޑެޑް ވެއާހައުސްއަކަށް ޒިންމާވާން ޖެހޭ ފަރާތެއްގެ ހަވާލުގައި އެވެ.
މި މައްސަލަ ފެންމަތިވުމުން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކުރުމާ އެކު ބޮންޑެޑްވެއާހައުސްތަކުގައި ދުންފަތުގެ ބާވަތްތައް ބެހެއްޓުން މަނާކޮށް، ކަސްޓަމްސްގެ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޗާރާ
12 February 2025
ސިކުނޑި ހުންނަނީ ވިސްނާން. ކަމެއްނޭގެންޏާ އެނގޭމީހުންކައިރިން ލަފާހޯދުން ބުއްދިވެރިވާނީ. ތަޅުދަނޑިއަކީ ވަގަށްހެދޭނެ އެއްޗެއް. ހުޅުވީ ކާކުކަމެއް އެނގޭކަށް ނޯންނާނެ. ޒަމާނީ ފެންވަރުގައި ކާޑު ބޭނުންކުރެވޭ އަދި ރެކޯޑްތަށް ބެލެހެއްޓޭ ނިޒާމެއް ހަރުކުރީމާ ވަނީކާކުކަން އެނގޭނެ. ބޭނުންކުރާކާޑު ކޮޕީނުކުރެވޭ ކާޑަކީ ހުންނަ އެއްޗެއް. އެހެންނޫނަސް ތިބޮންޑެޑްވެއަރހައުސް އުވާލާފާ ގެންނަތަނުން ޑިއުޓީ ދައްކާފާ ގެންދާތާކަށް ގެންދާށޭ ބުނަންވީނު؟ މައްސަލަހައްލުވީނު؟
ވޯލް
12 February 2025
ނަމުންވެސް ހިނގޭ ތަފާތު ވާނެކަން "އެގްޒޯޓިކް" އެހެންވީމަ ތިޔަ ކަހަލަ އާދަޔާ ހިލާފު ކަންކަން ކޮށްފާނެ.
ސިރ
11 February 2025
ކޮބާ ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯ ؟؟
މާނިއޫ
11 February 2025
ކަސްޓަމްސް އާއި ހަވާލުވުމަށްފަހު ޖަރީމާތަކަށް މާނިއު ކޮށާދިން މަގެއް.
ލޮއްލަ
11 February 2025
ތަހުގީގު ކުރަނީ. ދައުވާ ކުރަން ފޮނުވަނީ. ދައުވާ ކުރަނީ. އިސްތިއުނާފު ކުރަނީ. މައްސަލަ ބަލައި ނުގަތް.. ދުވަހަކުވެސް ސާބިތުވެ ހުކުމް އިއްވައި ހުކުމް ތަންފީޒުކޮށް އަދަބު ދެވޭ އަޑެއް ނީވޭ.. މަށަށް އެވަރަށް ޚަބަރު ނުކިޔެނީ ކަންނޭންގެ ދޯ..
މުޑަހަންޖާ
11 February 2025
ތިރަށުގެ ގޭގައި ބޮޑުކުއްޔަށް މާސިންގާ ބޮންޑެޑު ވެއާހައުސްއާއި ދައުލަތުގެ ވުޒާރާތަކާއި ބޮޑެތި ކުންފުނިތަކާއި ލަކުޑިގުދަންތަކަށްދާންދެން ހިންގާފަ ދެލައްކައެއްހާމީހުނަށް ގޯތީގެ ކޮޓަރިތައްދީގެން ބޮޑުކުލިނަގަނަގާތިބެ ސޯސަލުމީޑިއާގަ ފޮނުއަރުވަނީ ވައްނާނެތަނެއްނެތޭ ކިޔާފަ. އެކަހަލަ ބޮޑެތި ދޮގުހެދުން ގާނޫނަކުން ނަމަވެސް ހުއްޓުވަންޖެހޭ.
ބަބްސް
11 February 2025
ދެން ލަލަލާ ... ގުޅިގެން ކުރާކަން. ދައުވާ ކޮއްގެން ކުރެވޭނެ ކަމެއް ނެތް.
ލަކްމީ
11 February 2025
ޕީޖީއަށް ތިފޮނުވީ ފައިސާ ހޯދާކަށްނޫން މައްސަލަ ބަލާކަށްވެސްނޫން..މައްސަލަ ކަފުންކޮށްފަ ވަޅުލަން..މިސަރުކަަރުގެ އެމްޕީންނާއި ގުޅުން އޮންނަކަންކަން ދާނީ ތިހެން.
ޢަބްޑޫޅް +
11 February 2025
ފަތްސިލުނބާއި ގުޑުޣުޑާގަ ދުންބޯން ވީނުން؟ ޜަށުބިޑި ވެސް އެބާހަށި.
ޢަބްޑޫޅް +
11 February 2025
ހޫނ. ސިނގިޜޭޓު ދޯ؟ ރަށުބިޑި ނެރުނުތަ؟