ބީއެމްއެލްގެ މުވައްޒަފުން ކުލަލަނީ.
14 ފެބުރުއަރީ 2025 - 16:03
ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ކުލަލައިދީފި އެވެ.
މޮސްކޮތުގެ ވަށާ ފާރުގައި ކުލަލަނީ.
މިއަދު ހެނދުނު ހަތަރު މިސްކިތެއްގެެ ވަށާފާރުގައި އެ ބެންކުގެ މުވައްޒަފުން ވަނީ ކުލަ ލައި ދީފަ އެވެ. އެއީ ހުކުރު މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި މަސްޖިތުއް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާނުލް އާދިލް ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުންޏެވެ.
އެ ހަރަކާތުގައި ބީއެމްއެލް އިސްލާމިކުގެ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވި އެވެ.
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ. މިދިޔަ އަހަރު ވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭ ޚޔާލު
15 February 2025
މިސްކިތަށް ނަމާދަށް ދާ މީހުންނަށް ފަސޭހަ އަދި މަންފާލިބޭ ކަމެއްކޮށްލަ ދިންނަމަ ހާދަހާ ރަނގަޅު ވީހޭ ...
އަހމަދުއަލީ
15 February 2025
މިކުރި ކަމަކީ ރޯދަ މަހު ބައެއް ދިވެހިން ރޯދަޔަށް ތިބޭއިރު ކުރާ ޒާތުގެ ކަމެއް. ހުސްބަނޑާ ރޯދަޔަށް ހުންނަނީ ނަމާދު ނުކުރޭ، ޤުރުއާން ނުކިޔަވާ، ރޯދައިގެ ސާވާބު ލިބޭނެ އެހެނި ހެން އެއްވެސް އަޅުކަމެއ ނުކުރޭ އެހެން ވުމުން ރޯދައިގެ ފުރިހަމަ އަޖުރުނުލިބޭ. އެމީހުންވެސް ބޭރުފުށުން ނުކައި ނުބޮއެ ތިބެނީ ވީމާ އެހިފި ރޯދައިގެ ސަބަބުން ލިބޭ އެއްވެސް ފައިދާއެއް ނެތް. ހަމަ މި މީހުންވެސް ބޭރުގަ ކުލަކޮޅެއް ހާކާލީ ކުލަލީމޭ ބުނަންވެގެން. ކޮންބަޔަކޮށް ތޯ މީގެ ފައިދާ؟
ހަސން
15 February 2025
ބޭރު ފާރުގަ ކުލަ ލީމަ މިސްކިތުގަ ކުލަ ލެވުނީކަމަށް ދޯ މި ބަލަނީ. ވަރަށް ސަޅި އުކުޅެއް ހެޑްލައިނަށް އަރާލަން. ހުޅުމާލޭ ފޭސް 2 ގަ ހުންނަ ވަގުތީ މިސްކިއްތަކުގެ ސްޓޭންޑް ފަންކާތަށް އެހުންނަނީ ހަލާކުވެފަ ރޯދަޔަށް އެތަންތަނަށް ފަންކާލިޔަސް މާރަނގަޅުވާނެ ، ފާހާނާތަކުގަ މުސްލިމު ޝަވަރުތަށް ހަރުކޮށްލަ ދިނުން ވެސް ރަނގަޅުވާނެ. ނަމެއްގަ ކަމެއްކޮށްލަނީ. އިޚްލާސްތެރިަކަން ނޯންނަނީ. އެންމެ މުހިއްމުކަންކަން ބަލާ އެފަދަ ކަންތަކަށް ހައްލު ހޯދާދިނުން މާރަނގަޅު.
ހަމްދާ
14 February 2025
މާލޭ މިސްކިތްތަކުގައި ކުލަ ލެވިނީމަ ނިމުނީ
ބާބަރީ
14 February 2025
މިކުދިން ކުލަލާން އައިސްމިތިބީ ހާދަ ރީތިވެގެންނޭ. ކިހާއިރެއްވަންދެންބާ ކުލަލީ؟
ރަދީފްއޮފިޝަލް
14 February 2025
ވަރަށް ރަނގަޅު މަސައްކަތެއް. އެހެން ނަމަވެސް ކުލައަށްވުރެ އައުޓްޑޯ ސީލަރ ބޭނުންކުރިނަމަ ވަރަށް ފުރިހަމަވީސް. އެންމެ ރަނގަޅު ކޮލިޓީގެ 20ލ ފާޓާއެއް 3200ރ އަށް ލިބޭ. މިފަދަ ހަރަދެއް ކުރުމަށް ބީއެމްއެލްގެ ހަކަތަ މަދުނުވާނެކަން އެމީހުންގެ މާލީ ހިސާބުތައް ބުނެދޭ.ވ.ވެދުން
އޮފީޘަލް
15 February 2025
ކޮންގޮތަކޮށް ތޯ ރަނގަޅީ. ރަނގަޅުވީސް ރޯދަޔަށް ކާޕެޓް ބަދަލު ކޮށްލަދިން ނަމަ. މިސްކިތެއް އޭސީ ހަރު ކޮށްލަ ދިން ނަމަ. ހަލާކުވެފަ ހުރި ފާހާނާތަށް ހަދާލަ ދިންނަމަ. ބޭރު ފާރުގަ ކުލަލީމަ މީސްތަކުނަށް ކޮން ފައިދާއެއްތޯ ލިބެނީ. މިވަރުގެ ޚަރަދެއް ކޮށްލާނެ ފައިސާނެތީ ދެއްތޯ ބޭންކުގަ؟ ބޮޑުތަނުން ޙަރަދުކުރާނެ ކޮންމެވެސް ދުވުމެއް ނުވަތަ ކުޅިވަރު ހަރަކާތެއްނަމަ. މީ ފެންނަނީ ހިންގަން ތިބޭ މީހުންގެ އަސްލު ސިފަ
އިހްސާސް
14 February 2025
މާލޭ މިސްކިތްތަކުގަ އެކަނި ލިޔަސް ނުވާނެ.
ފިޔާޒް
14 February 2025
ބީއެމްއެލްއިން މިފަދަ ރައްޔިތުންނާއި ސީދާ ގުޅުންހުރި ކަންކަމުގައި އެހީތެރިވެދޭންޖެހޭ. ހާއްސަކޮށަ ސްކޭމް އިން ރައްޔިތުން ސަލާމަތްކުރަން ހަރަދު ކުރަން ޖެގޭ