އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް އައްޔަން ކުރެއްވި ސިނާން.
16 ފެބުރުއަރީ 2025 - 09:01
އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އައްޔަނުކޮށްފި އެވެ.
ސިނާން އެ މަގާމަށް އައްޔަން ކުރިތާ ހަފުތާއެއް ވެފައިވާއިރު، މީގެ ކުރިން އޭނާ ވަނީ އެމްޓީސީސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. ސިނާން އެމްޓީސީސީގެ ބޯޑުގައި ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭގެ ކުރިން 2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭނާ ވަނީ ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ސިނާން ވަނީ 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ސިނާން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. "މިއަދު" ނޫހާއި "ހަވީރު" ނޫހުގައި މަސައްކަތް ކުރެއްވުމަށް ފަހު އޭނާ ވަނީ 2008 އިން 2018 ވަނަ އަހަރަށް ސަން ޓީވީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނޭ
16 February 2025
ގައުމެއްވާ ނެތް