މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން: ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ނިންމި ނިންމުން ބަދަލުކުރަން ވަނީ ނިންމާފަައި --- ފޮޓޯ/މިހާރު
16 ފެބުރުއަރީ 2025 - 13:52
ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ދާން ނިންމި ނިންމުން ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަމަހު މަޖިލިސް ޗުއްޓީ އަށް ދިއުމަށާއި އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލީހުގެ ފުރަތަމަ ދައުރު ފެށުން އަވަސް ކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ނިންމީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވުމުންނެވެ.
މަޖިލީހުގެ އާންމު ކޮމިޓީން އެގޮތަށް ފާސްކުރީ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ދެކޮޅެވެ.
އެކަމަކު، ފަލާހު "މިހާރު" އަށް މިއަދު ވިދާޅުވީ، ރޯދަމަސް އެއްކޮށް މަޖިލިސް ޗުއްޓީ އަށް ދާން ޕީއެންސީގެ ޕީޖީ ގުރޫޕުން މިހާރު ބޭނުން ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރޯދަމަހު ޗުއްޓީ އަށް ދާން ކުރިން ނިންމީ އެ މަހުގެ ފަހު 10 ގައި ސަރުކާރު ބަަންދުވާތީ، ރޯދަ މަހު މަޖިލީހުގައި މަސައްކަތަށް ލިބޭ މުއްދަތު ކުޑަވުމުން ކަމަށެވެ.
"އަޅުގަނޑުމެން އުޅުނީ އަޅުގަނޑުމެންނަށް ލިބޭ އެހެން ޗުއްޓީއެއް ނުނަގައި ގިނައިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ރޯދަމަހު މަސައްކަތް ކުރާ ނަމަ މަޖިލިސް ޖަލްސާ އަށް މި ލިބެނީ ދެ ގަޑިއިރު. އަނެއްކޮޅުން ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާތީ މަޖިލިސް އަށް ވެސް ޗުއްޓީ ލިބޭނެ. އެހެންވެ، ރޯދަމަހު އެހާ ގިނަ ވަގުތު މަސައްކަތް ނުކުރެވޭނެތީ އަޅުގަނޑުމެން އުޅުނީ މިކަން ރަނގަޅަށް ގެންދަން،" ފަލާހު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ މީޑިއާތަކުން ޚަބަރު ގެނައީ އޮޅުން އަރާ ގޮތަށް ކަމަށާއި އެހެންވެ، ބައެއް މީހުންނަށް އަރާފައިވާ އެ އޮޅުމާ ގުޅިގެން ރޯދަމަހު ޗުއްޓީ އަށް ދާން މިހާރު ބޭނުން ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
16 February 2025
ޗުއްޓީއަށް ދާނަމަ އެލަވަންސް ނުލިބޭ ގޮތަށް ދިއުން ރަނގަޅީ. ހާއްސަކޮށް ކޮމިޓީ އެލަވަންސް.
ކަތްދައްތަ
16 February 2025
ދައުލަތަށް ހިދުމަތްކުރި ކަމަށް މިވަނީ ދައުލަތުގެ މުއައްސަސާއެއްގައި ނޫނީ ސަރުކާރުގެ/މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތް ކުރުމުންނެވެ. މީހާދަ ހަނި ތަރުޖަމާ އެކެވެ. ދައުލަތަށް ޓެކްސް ދައްކާ އެހެން މީހުންވެސް އެކުރަނީ ދައުލަތަށް ޚިދުުމަތެވެ. އިޖުތިމާއީ ގޮތުން ފަރުުދުން ކުރާ މަސައްކަތަކީވެސް ހަމަ ދައުލަށް ކޮށްދޭ މަސައްކަތެވެ. މަގޭ. ހަތްދަރިން ޑުރަގާ ނުލައި އުޅޭން ދަސްކޮށް މިދިނީ އަމިއްލަ މަސައްކަތުންނެވެ. އެއީ....އަޅެ މީ ދޮގެއް ހެއްޔެވެ؟
ސހހސސހ
16 February 2025
ކީއްވެތަ ރޯދަ މަހު މަސައްކަތް މަދުވަނީ؟ އެހެން އޮފީސްތަލުގެ މީހުން ވަގުތު ކުޑަ ވީމަ އިތުރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފަ އޮންނަނީ ގަޑިއަށް ނިންމޭތޯ. އެކަކު ސަލާމް ބުނެލިއަސް މުޅި ތަނަށް އެނގުންވޭ. އެންމެ މުސާރަ ބޮޑު މުވައްސަސާ އަކީ ނާ ހަމަ އެހާ މަސައްކަތެއް ނެތް ބޭކާރު ތަނަކީތަ؟
ސަމަރުބުލޫ
16 February 2025
ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަނަގައިގެން ނުބިތާކަށް ނަތީޖާއެއް ނުނެރެވޭއިރު ގޮތްކުޑަކަން ނޫންދެން ކޮންކަމެއް، ނަފްސުގެ ތެދުވެރިކަން އެއްވެސް ވަރަކަށް ނުހުންނަނީ،
ާޙައިރާ
16 February 2025
ރޯދަ މަހު ޖަލްސާގެ ގަޑި އިތުރުކުރަން ނުވަތަ ގިނަވަގުތު މަސައްކަތަށް ނިކުންނަންވެސް ގަވާއިދު ބަދަލުކުރެވުނީސް ދޯ އެހާ މަސައްކަތްކުރާ ހިތުން އުޅޭ ބަޔަކު. ކޮންމެ ދުވަހަކު ގޮސް ހިލޭ ކައިފަ ދުފަން ނުތިބެވޭތީ ނުދާންވެގެން ހަމަ. ގިނައިން މަސައްކަތް ކުރަން ބޭނުންވެގެން މުޅި މަސް ޗުއްޓީ ހެދީ އޯ. ލޮލް
ސަސި
16 February 2025
ކޮންމެވެސް ވަރަކަށް ނިންމާ ނިންމުންތަކާ ކުރެވޭ ކަންކަން އެނގެން ޖެހޭދޯއެބަ
ފެކްޓްް
16 February 2025
އޭނާގެ ހެޔޮފުޅުކަން ދައްކަން ކުޅުނު ޑްރާމާއެއް. އެހެންތާވާނީ ނަމެއްގައި ތިންބާރު ވަކިވެފަވާ، ވާވެފައިވާ މަޖިލިހުގައި މިސަރުކާރަށް ސަނާކިޔަން ތިބެނީ ގަމާރުން ތަކެކޭ ނުބުނެ އެއީ ގަމާރުން ތަކެކޭ ބުނެފި.
ހާސަރު
16 February 2025
މިއީ ސްޕްރީމް ކޯޓަށް ހުރި ބިރެއް ކަމަށް ފެންނަނީ!؟
އަހަންމަ
16 February 2025
ހާދަ ދެއުޅިއެއްނުވާ ބައެކޭ..
އެމީލިއޯ
16 February 2025
ދެން ފަހެ އުބައް ޖަހައިފޫ އެވެ....އަލިފް ހާ