މައި ސްޕޯޓްސް އެކަޑަމީ ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން: އެ އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރަކީ ގައުމީ ފިރިހެން ޓީމުގެ ކޯޗު ޝަރަފް
18 ފެބުރުއަރީ 2025 - 12:08
ވޮލީގެ ޔޫތު ޑިވެލޮޕްމެންޓަށް ހާއްސަ އަމިއްލަ އެކަޑަމީއެއް ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފުގެ ބެލުމުގެދަށުން ފަށައިފި އެވެ.
މައި ސްޕޯޓްސް އެކަޑަމީގެ ނަމުގައި ލޯންޗު ކުރި އެކަޑަމީގެ ނައިބު ރައީސް އަދި ޓެކްނިކަލް ޑައިރެކްޓަރަކީ ޝަރަފެވެ. އެ އެކަޑަމީގެ ތަމްރީނުތައް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
އެކަޑަމީގައި 50 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް ތަމްރީނު ހަދަމުން އަންނަ ކަމަށް ޝަރަފް ބުންޏެވެ. އެކަޑަމީން މިވަގުތު ތަމްރީނުކޮށްދެނީ އުމުރުން 12 އަހަރުންދަށް އަދި 16 އަހަރުންދަށުގެ ކުދިންނަށެވެ.
ބާރަ އަހަރުންދަށުގެ އުމުރުފުރާ ހާއްސަކޮށްފައި ވަނީ ގްރޭޑް އެކަކުން ގްރޭޑް ފަހަކާ ދެމެދުގައި ކިޔަވާ އުމުރުގެ ކުދިންނަވެ. ޝަރަފް ބުނީ އެ އުމުރުގެ ކުދިން ތަމްރީނު ކުރާނީ މިނީ ވޮލީބޯލްގެ ޓެކްނިކްތައް ކަމަށެވެ. އަދި އުމުރުން 16 އަހަރުންދަށުގެ އުމުރުފުރާ ހާއްސަކޮށްފައި ވަނީ ގްރޭޑް ހަޔަކުން ގްރޭޑް 10 އަކާ ދެމެދުގެ ކިޔަވާ އުމުރުގެ ކުދިންނަށެވެ. އެ އުމުރުގެ ކުދިން ތަމްރީނު ކުރާނީ ޖޫނިއާ ވޮލީ އަށް ކަމަށް ޝަރަފް ބުންޏެވެ.
މައި ސްޕޯޓްސް އެކަޑަމީގެ ތަމްރީނުތަކުގެ ތެރެއިން ކޯޗަކު، އެކަޑަމީގައި ތަމްރީނު ހަދާ ކުއްޖަކަށް ކިޔައި ދެނީ
"އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހުން ޔޫތު ވޮލީބޯލްގެ ތަމްރީނުތައް ފަށާނަން. އެއީ ގްރޭޑް 11، 12 ދަރިވަރުނުން ނުވަތަ 20 އަހަރުންދަށުގެ އުމުރުފުރާ،" ވީއޭއެމްގެ އެކްސްކޯގެ މެންބަރުކަމަށް ވެސް މިދިޔަ ހަފުތާގައި އިންތިހާބުވި ޝަރަފް ބުންޏެވެ.
އޭނާ ބުނީ މައި ސްޕޯޓްސް އެކަޑަމީ އަކީ އޭނާ އާއި އޭނާގެ ސްކޫލް ދައުރުގެ ބައެއް އެކުވެރިން ގުޅިގެން ފެށި އެކަޑަމީއެއް ކަމަށެވެ.
އެކަޑަމީގެ ކޯޗިން ޓީމުގައި ލަންކާގެ ދެ ކޯޗަކު ވެސް ހިމެނެ އެވެ. ޝަރަފު ބުނީ އެކަޑަމީ އަށް ލަންކާގެ ކޯޗުން ފޮނުވަނީ އެ ގައުމުގެ ތަޖުރިބާކާރު ވޮލީ ކޯޗިން ޓީމަކުން ކޯޗުންގެ ފެންވަރު ދެނެގަތުމަށް ފަހު ކަމަށެވެ. މި ވަގަުތު އެކަޑަމީގައި މަސައްކަތް ކުރާ ލަންކާގެ ދެ ކޯޗުންނަކީ ވެސް އެފްއައިވީބީ ކޯޗިން ކޯހުގެ ލެވަލްތައް ފުރިހަމަކޮށްފައިވާ ދެ ކޯޗުންނެވެ.
އެކަޑަމީގައި ކުދިން ބައިވެރި ކުރުމަށް 7496972 އަށް ގުޅުމަށް. މައި ސްޕޯޓްސް އެކަޑަމީން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމަދޭ
18 February 2025
ހަގީގަތަށް ވާހަކަ ދައްކައިފިއްޔާ އެވީދެން ހަސަދަޔަށް؟ ލޮލް
ސިރިސޭނާ
18 February 2025
ގައުމީ ވޮލީ ޓީމުގެ ކޯޗުކަން ބޮޑާހާކައިގެން ހޯދައިގެން، ވޮލީ އެކްސްކޯއަށް ބޮޑާ ހާކައިގެން ވަދެގެން، ނުފޫޒުން މާފަންނު ސްޓެޑިއަމް ވޮލީކޯޓު އަމިއްލަ އެކަޑަމީ ހިންގަން އަތުލައިގެން، ވިއޭއެމްގެ ރިސޯސެސްތައް އަމިއްލަ އެކަޑެމީ ހިންގަން ބޭނުންކޮއްގެން ކިހާދުވަހަކު ތިހެން މީހުންނަށް އޮޅުވާލައިގެން އުޅެވޭނެބާ؟
ސައީ
18 February 2025
ޙަސަދަވަރިން ޒާތްޒާތުގެ ވާހަކަ ހަދަހަދައިގެން ދައްކާނެ. ހިއްވަރު އެލުވާނުލާ ކުރިއަށް، ދިވެހު ވޮލީބޯޅައަށް އުޖާލާ ދުވަސްތަކެއް މިންވަރު ޖުރައްވާށި.
ވޮލީ އަހުމަދު
18 February 2025
ޝަރަފް އަކީ މޮޅު ކޯޗެއް.ޝަރަފްގެ ޓީމަށް ކާމިޔާބީއަށް އެދެމެވެ.
ޒިންމާކޮބާ
18 February 2025
ނޫސްވެރިޔާއަށް އިނގިލައްވާތޯ މިހާރު އައުޓްޑޯ ވޮލީ ކޯޓުގައި ކުރިޔަށް ދާ ވީއޭއެމް ކަޕް ޕިލިމިނަރީ ރައުންޑްގައި ވާދަކުރާ ޓީމުތަކަށް ފަރިތަކުރަން ކޯޓު ނުދީ ޝަރަފުގެ އެކަޑަމީ ހިންގަން ކޯޓުތައް ދީގެން އުޅޭކަން؟ ބާރާއި ނުފޫޒު އޮތީމަ ކަރަޕްޝުން ކޮންމެ ކަމެއްވެސް ކުރެވޭނެ މިއަދު.
ޗުގީ
18 February 2025
ގައުމީ ޓީމުގެ ކޯޗު ކަން ކުރަމުން، ވޮލީ ބޯޅަ އެސޯސިއޭޝަން އެކްސްކޯ ގޮނޑީގަ އިނދެ، ރިސޯޓު މުބާރާތާއި ރާއްޖެތެރޭ ބާއްވާ ހުރިހާ މުބާރާތަކަށް ކޯޗު ކަމަށް އާއިލާ ގޮވައިގެން ހޮލިދޭ ހަދަމުން ތިކަން ކުރެވޭނެބާ؟
ހަސަންދި
18 February 2025
ޝަރަފު އަކީ މޮޅު ކޯޗެއްނޫން. އެހެންވެގެން ލަންކާ އިން ކޯޗުން ގެނައީ ކަމަށް ބެލެވޭ،.!
މިއިލޯ
18 February 2025
ހަނަސްދީ ބުނަން، ލަންކާއިން ދެ ކޯޗު ގެނެސް ކުދިންތަކެއްގެ ބެލިނިބެރިން އަތުން ލާރި ހޯދަން އެކަޑެމީ ހެދީ. ކުޑަ ޅަ ކުދިންތަކެއް ލަންކާ ކޯޗުން ތަަކެއް އަތްމައްޗަށް ދޫކޮއްލީމަ ނުކުންނާނެ ނަތީޖާއަކަށް ވިސްނާލަ. ޝަރަފު ލޯަރި ހޯދަން ކުރާކަމެއްތީ.