ވިޔަފާރި / މޯލްޑިވްސް އިސްލާމިކް ބޭންކް

ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑު ކޮށްފި

އެމްއައިބީގެ ޗީފް ރީޓެއިލް ބެންކިން އޮފިސަރު ހުސެއިން އާލިމް ޝަކޫރު ފައިސާނެޓާ ގުޅޭ މައުލޫމާތު ދެއްވަނީ.

ފަސޭހަކަމާ އެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފި އެވެ.

މިއީ، ސަރުކާރުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާ އެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާތީ އެ ފަރާތްތަކަށް ލުއި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ޑޮލަރު މާރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެ ބެންކުން ގެނައި އަޕްގްރޭޑެކެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ހިދުމަތަކީ ރައްކާތެރި ހިދުމަތެއް ކަމަށާއި އެ ޕްލެޓްފޯމުން ޑޮލަރު މާރުކުރުމަކީ ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ހޯދޭނެ ރައްކާތެރި ހިދުމަތެއްކަން އެ ބެންކުން ފާހަގަކުރެ އެވެ.

އެ ހިދުމަތް ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެ ހިދުމަތް ހޯދަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރުކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ފަސޭހަ، ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ އެ ހިދުމަތުން ޑާކް މޯޑްވެސް ހިޔާރު ކުރެވޭނެ އެވެ.

ފަވަރައާ އެކު އެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވާއިރު، ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީ އެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިން އަށް ވެސް އޮންލައިންކޮށް އެދެވެ އެވެ.

7 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 20%
icon angry icon angry 10%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕެރަލަލް

19 February 2025

ޑޮލަރު ގެންގުޅުއްވާ ބޭކަލުންނޭވެ! ފަނަރަ ސާޅީސް ދޭއްގެ ރޭޓުން އަޅުގަނޑުމެންނަށް ޑޮލަރުކޮޅު ދެއްވާ! މިހެން ބޭންކުން ބުނާއިރު އެއްވެސް ބޭންކަކުން ވިޔަފާރިވެރިންނަށް ޑޮލަރު ދެނީކީ ނޫން! އެންމެ މުދާ ކޮންޓޭނަރެއް ގެންނަން ވެސް ފްރައިޓާ އެކު 40000 ޑޮލަރު ބޭނުންވޭ! އެއީ ބޭންކް ރޭޓުން 616800ރ. ބްލެކުން 40000ޑ ލިބޭނީ 768000ރ. ކާކުތަ މިގޮތުން ކަމަކާ ނުލާ ލިބޭ 151200ރ ދޫކޮށްލާނީ؟

The name is already taken The name is available. Register?

މަވާސަލާމް

18 February 2025

ވަގުތުން ރުފިޔާ ޑޮލަރަށް މާރުކުރެވޭގޮތްވެސް ހަދަންވީނޫން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

18 February 2025

މަހީކުރީ ޑޮލަރ ލިބޭގޮތައް މާރުކުރަން ކަމަށް! ޑޮލަރ ދޭންވީ އެމްއައިބީއަށް 15.42ގެ ރޭޓުން! ކާކުތަ ތިޔަ ގޮތައް ޑޮލަރ ދޭނީ!

The name is already taken The name is available. Register?

އއއއ

18 February 2025

އެމް އެމް އޭ އަށް ފައިސާ ދެއްކުމަށް ފަސޭހަކޮށްދިނީނު.

The name is already taken The name is available. Register?

ބަރުބާދު

18 February 2025

ނުދީކޮންތާކަށްދާނީ؟. ބީއެމްއެލްއަށް؟. ކޮންމެސް އެއްތާކަށް ރުޅިއައިސް ދަތްކުނޑިވިކާފަވެސް ދޭންޖެހޭނީ.

The name is already taken The name is available. Register?

ހެހެހެހެހެ

19 February 2025

19 އަށް ގަނެފަ، ބެންކަށް 15.42 ސަޅި

The name is already taken The name is available. Register?

މުތީއު

18 February 2025

އެކައުންޓުގައި ހުރި ޑޮލަރު އޮންލައިންކޮށް ބޭންކުރޭޓުން ރުފިޔާއަށް ބަދަލުކުރެވޭނެ އެޕްލިކޭޝަނެއް؟ ހުވާ މިބުނީ ރޯދަ އައުމުގެ ކުރިން މޮޔަވެދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454