18 ފެބުރުއަރީ 2025 - 18:49
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިސް މަގާމެއްގައި ތިބި ތިން މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މިފްކޯއިން މިއަދު ބުނީ، ވަކިކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ތިން ޖެނެރަލް މެނޭޖަރުން ކަމަށެވެ.
މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަށާފައިވާ އިސްލާހީ އެޖެންޑާ ދަށުން ޕާފޯމަންސް ރިވިއުކުރުމަށް ފަހު އެޅި ފިޔަވަޅެއް ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މިދިޔަ އަހަރު ފެށި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށެވެ.
މިފްކޯގެ ތެރޭގައި ޒަމާނުއްސުރެން ފެށިގެން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާނެ ކަމަށާއި އެ ކުންފުންޏަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރެއްވީ ވެސް އެެހެންވެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުންޏަށް އައްޔަންކުރީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އެއީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފައްދާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
19 February 2025
މިއީ ނަމެއް ނެތް ބައެއްތަ؟ ކަނޑާލީ ކޮން ޖަރީމާއެއް ހިންގައިގެން؟
އެޑްމުންޑޯ
19 February 2025
މިފްކޯގެ މަސްކަލެކްޓިން ފެކްޓަރީ ކޫއްޑޫގެ ޖެޓީމަތީގެ ހުންނަ މީހާ އިންފެށިގެން ހެޑާއި ހަމައަށް ވައްކަން ، މަސްގަންނަ ބޯޓްފަހަރުންވެސް ވައްކަމާއި ފޭރުން ، ވަގަށް ތެޔޮވިއްކުމާއި ހަލާކްވެފައި ހުންނަ މަސް ރިޝްވަތުނަގާގެން ކިރުން ، ދެން ގެއްލުން ނުވެ ކިހިނެއް ހިންގާނީ
ދަށަށް ތިބި މީހުން
19 February 2025
ތިޔަ މީހުންގެ ދަށުގައި މަސައްކަތް ކުރި ހުރިހާ މީހުންވެސް ތިޔަ މީހުންނާ އެކު ވަކިކުރައްވަންވާނެ. ތިޔަ މީހުންނަށް އެއްކަމެއްވެސް ނުކުރެވޭނެ (ރަނގަޅަސް ނުރަނގަޅަސް) އެމީހުންނާ ނުލައެއް.
ބޮޑުބެގެ ބެއްޔާ
19 February 2025
ކުންފުނިތަކުގެ ބޮޑުންގެ މަގާމަށް ކުފޫހަމަވާ އެތައް ދިވެހިންނެއް އެބަތިބި. ނަމަވެސް ހަގީގަތަކީ، ސިޔާސީ ނުފޫޒު ވަދެ، އުސޫލުތައް މުގުރައި ސިޔާސީބޮޑުންގެ އަމިއްލަ ފައިދާއަށް ހުރިހާކަމެއް ނިންމަން މުވައްޒަފުންނަށް މަޖުބޫރު ކުރަނީ. ރަނގަޅުފެންވަރެއްގެ ބިޑެއް އިއުލާނުކޮށްފިއްޔާ ﷲގަންދީ ބުނަން، ކޮންމެވެސް ސިޔާސީ މީހެއްގެ ފޯނުކޯލެއް ނުވަތަ މެސެޖެއް އަންނާނެ. ދެން އެވީ އެބުނާ ގޮތެއް ހަދަން. ނުހަދައިފިއްޔާ ޖެހޭނީ ބަދުނާމެއް ބޮލުގަ އަޅައިގެން ތަނުން ބޭރުވާން
އައިޑިއާއެއް2
19 February 2025
އަސްލު ކޮންމެވެސް ކުއްޖަކު ވެއްޖެ، ލައިވް ސްޓްރީމުކޮށްފަ، ބިޑެއް އިއުލާނުކޮށްފަ، ދެން އެ ފޯނަށް އަންނަ ކޯލުތައް ލައިވްކޮށް ހާމަކުރަން. ކުޑަމިނުން އެ އަންނަ ނަމްބަރުތައް. އެންޓި-ކޮރަޕްޝަނުގެ ސީރިއަސް ޤައުމުތަކުގާ އެކަހަލަ 'ރެއިޑް' ޖެއްސޭ ކަހަލަ ޔުނިޓުތައް ފުލުހުންގެ ތެރޭގަ ނުވަތަ ވަކިން ނަމަވެސް އޮވޭ.
ފަހުދު.
18 February 2025
މޯލްޑިވިއަން އަށް ތިފަދަ ބަދަލެއް އަންނާނީ ކޮންދުވަހަކުން ބާ
މައްކުބޭ
18 February 2025
ވަރަށް ރަގަޅު، ތި ކޮރަޕްޓް މީހުންތައް ބުރުވާލައިގެން ނޫނީ ކުންފުނިަތއް ރަނގަޅެއް ނުކުރެވޭނެ، ކޮންމެ ކުންފުންޏަކަށް ކުންފުނިތައް އެހެން ލެވެލް އަކަށް ގެންދެވޭވަރުގެ މީހަކާ ހަވާލުކުރެވެންޖެހޭ، ޕާރޓީ ޕޮލިޓިކްސް އާ ދުރުން ކުންފުނިތައް އޭގެ މިސްރާބާ ދިމާލަށް ގެންދެވޭ ވަރުގެ މީހެއް ލީޑަރޝިޕަށް ލެވެނިކޮށް ކުންފުނިތައް ސަސްޓެއިނަބަލް ވާން ފަށާނެ.
އޮނަރަބްލް އަފީފު ދީދީ
18 February 2025
އާމްދަނީގެ ގޮތުގައި އަހަރަކު އެތައް މިލިޔަން ރުފިޔާ ލިބޭއިރުވެސް "ގެއްލުމުގައި" ހިންގާ ކުންފުނިތަކުގެ ތެރެއިން މިފްކޯ އާއި ފެނަކަ، އެމްޓީޑީސީ އާއި މޯލްޑިވިއަން އަކީ ގެއްލުންވާންޖެހޭ ކުންފުނިތަކެއްނޫން. މި ކުންފުނިތަކަށް ގެއްލުންވަނީ ކޮންމެވެސް ނުފޫޒުވެރި ފަރާތެއްގެ ބާރުވެރިކަމުގެ ދަށުން މިތަންތަނުގައި ވަކިހިއްޕާލައިގެންތިބި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމެއްނެތް ބޯދާ ޒަމާނު ވެރިންގެ ސަބަބުން. މިހުރިހާ އެންމެ މިތަންތަނުން ބަދަލުކުރާންޖެހޭ.
ކިއްސާލި
19 February 2025
ބަލަ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ފުއްދަން މިފްކޯގެ އެންމެ ބޮޑު ޕްރޮޑަކް - ގަޑުކުރި ކަނޑުމަސް- ތައިލެންޑަށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި ދިވެހި މަސްވެރިންއަތުން ރޯ މަސް ގަނެގެން އެ ގަނޑުކޮށްގެން ބޯޓު ކުއްޔަށް ހިފައިގެން ތައިލެންޑަށް ފޮނުވައިގެން ކިހިނެއތޯ ފައިދާ ވާނީ
އެގަންޖާނަވާރަ
18 February 2025
ތި ވަޒީފާ ތަކަށް ކުރިމަތިލާން ބޭނުންވޭ. ކިހިނެތް ހަދަން ޖެހެނީ.
ސަތާރަަ
19 February 2025
ދާއިރާގެ މެމްބަރާ ގުޅަންޖެހޭނީ
ޒަމާން
19 February 2025
އެވެސް ވަކި ބަޔަކަށް