މަލީހް: އޭނާ ވަނީ މާލެއިން ބިމެއް ބައްލަވައިގެންފައި --- ފޮޓޯ/މިހާރު
19 ފެބުރުއަރީ 2025 - 15:38
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
މާލެއިން 1،066 އަކަފޫޓުގެ ބިމެއް މަލީހް ބައްލަވައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުން ހިމެނޭހެން ހަތަރު މީހެއްގެ ނަމުގަ އެވެ. ޖަމީލާއި މަލީހަކީ އާއިލީ ގޮތުން ގާތް ބޭފުޅުންނެވެ.
އެ ބިން ގަތީ 8 މިލިއަން ރުފިޔާއަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
މައްޗަންގޮޅީގައި އޮތް އެ ބިމުގެ އަގު ވެރިފަރާތަށް ދައްކާފައިވާތީ، އެ ބިން މަލީހާއި ޖަމީލްގެ ތިން ބޭފުޅުންނަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމީ މިދިޔަ ހަފުތާގަ އެވެ.
މަލީހަކީ ކުރީގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ގެންދަވަނީ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިޟް
20 February 2025
ހމ ފޭސް 2 ގެ ބޮޑުމަގުގައި ވެސް އެބަހުރި ގެސްޓްހައުސް ތަރައްގީ ކޮށްފައި.
ކަކުނިބޯ
19 February 2025
ޓެރަސްމަތީގައި 5 އަހަރު ދަނޑުހައްދާގެން ލިބުނު ފައިސާ ފެނޭތަ
ފެއާރީ
19 February 2025
މަ ހަމަ އަޖައިބެގޭ!!
މޮހިތު
19 February 2025
މިގައުމުގަ އެންމެ ރަނގަޅު ވިޔަފާރި އަކީ ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުން!
މޯޑު ޖަވާޑު ޔޫސުބު
19 February 2025
ޔާއްޓޭގާތުގާ އުޅެންޏާ ބިން ގަންނާނެގޮތް ދަސްވެނިވާނެ. ޔާއްޓޭ ކީއްތަވާނީ "ބިން" ކިޔާ ޔުނިވާސިޓީއެއް ހުޅުވިއްޔާ. އަނެއްކޮޅުން މިސަރުކާރުގެ %99 އަކީ ޔާއްޓޭގެ އިސްދަރިވަރުން.
ޔޫސުބު ޖަވާޑު މޯޑު
19 February 2025
ބްރޯ ޔާއްޓޭ ހޫ؟
މޮޅުވަޒީފާ
19 February 2025
މިކުދިން މިކުރާކަމެއްވެސް ބަލަންވެއްޖެއެއްނު. މަވެސްބޭނުމީ މިކުދިން މިކުރާކަހަލަ މަސައްކަތެއްކުރަން. މިހާރު އަބަދު މިއުޅެންޖެހެނީ ބޮލުރޮދިވެސް ނުޖެހިގެން.
ކައުންސެލަރު....
19 February 2025
ކިއްލިތަޅާ ފޯއްކޮށާ ވިއްކައިގެންދޯ!!!
މރ. ދޮން ރަނޑު
19 February 2025
ކިހިނެތް ހޯދިފައިސާ އެއްކަން ސާބިތު ކޮށްދޭންވާނެ އިނގޭ މަލީހޫ!
ޢަލީ ކުރުސީ
19 February 2025
މެމްބަރު ޝުޖާ ހުޅުމާލޭން ބިމެއްގަތީމަ އެ ގަތްގޮތާއި ފައިސާ ހޯދިގޮތް މިވެރިން ގެ ފްރަންޓް އޮފީހުގެ ސިޓިންގ ރޫމް ޖަލްސާގައި ކިޔާދިން! މަލީހު ބިން ގަތްގޮތް ކިޔާދިނުން ނޯންނާނެތޯ؟
ސަހަރޯއި
19 February 2025
10 އަހަރު ވިޔަފާރިކޮށްގެން 8 މިލިޔަން. އެހެންވީމަ ގާތްގަނޑަކަށް އަހަރަކު މިލިޔަނެއް މަހަކު ލައްކައެއް ސޭވްކުރެވޭއެބަ.
ގުދުގުދާބެއްޔާ
19 February 2025
ކުރެވޭނެ! މަވެސް ހަމަ ކޮންމެމަހަކު 25ހާސް ސޭވްކުރަން! އެކައުންޓްގަ ފައިސާ ނުބަހައްޓާ 25ހާސް ނަގާފަ އަލަމާރި ވަތްގަޑަށް! އެއީ ދެން ނެތް އެއްޗެއް! ވަރިހަމަ ފަޅާއިގެން ދިޔަޔަސް އެއަކު ނުޖެހޭނަން! މިގޮތައް އަޒުމު ކަނޑައަޅައިގެން ފައިސާ ރައްކާކުރެވޭނެ! އެކަމަކު ފައިސާ އެގޮތައްބަހައްޓާނަމަ ސޭފްތަނަކަށް ވާންވާނެ.ފަސޭހައިން ވަގުންނަށް ވެދެވޭގޮތައް ހުރެގެން ނުވާނެ!ކާޑުން އެކްސެސް ވާތަނަކަށް އަދި 24ގައި އިރު ސެކިއުރިޓީ ގާޑުންތިބޭތަނަކަށް ވާންޖެހޭނެ!
ޔޫސުއްބެ
19 February 2025
ގުޑުގުޑީ ތީ ކޮންގޭކުއްޖެ؟
ބަނޫ
19 February 2025
ތިހެން ސޭވް ކުރެވޭނެ ކުލިނުދައްކާ މާލޭ ރޯޔަލް ގުރޫޕަށް