21 ފެބުރުއަރީ 2025 - 08:25
ކުރިއަށް އޮތްރޯދަމަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތަކާ ގުޅިގެން މަމްސް ޖަމިއްޔާ އިން ބުނީ އެއީ މުޖުތަމައަށް އެހީވުމަށް އެ ޖަމިއްޔާ އިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް އޭގެ ސަބަބުން މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ
ބީއެމްއެލްގެ މުވައްޒަފުން ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. މީގެ ކުރިން ވެސް "މަމްސް" އަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy