ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް، ލަންކާގެ ރައީސް އަނޫރާއާ އިއްޔެ ބައްދަލުކުރައްވަނީ.- ފޮޓޯ: ފޮރިން މިނިސްޓްރީ
21 ފެބުރުއަރީ 2025 - 14:01
ލަންކާއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިިތުރަށް ބަދަހިކުރުމަށް އާ މަގުތަކެއް ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގައި ވަނީ އެ ގައުމުގެ ލަންކާގެ ރައީސް އަނޫރާ ކުމަރާ ދިސަޔަންކާއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އާ މަގުތައް ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ލަންކާގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެމުން އަންނަ މަސައްކަތްތަކާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
Yesterday (20), I met with @abkhaleel, the Maldivian Minister of Foreign Affairs, at the Presidential Secretariat. I appreciate his kind words about our electoral victory and the positive changes in Sri Lanka. Together, we will strengthen our bilateral relations for a brighter… pic.twitter.com/oEsEQu9Vzl
— Anura Kumara Dissanayake (@anuradisanayake) February 20, 2025
އަނޫރާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ލަންކާގެ އާ ސަރުކާރުން އިންތިހާބުގައި ހޯދި ކާމިޔާބީ އަދި އެ ގައުމަށް ގެންނަ ހެޔޮ ބަދަލުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އުޖާލާ މުސްތަގުބަލަކަށްޓަކައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް އަނޫރާ ވިދާޅުވި އެވެ.
ރާއްޖެއާ ލަންކާއިން ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 60 ވަރަކަށް އަހަރުކުރިން، ޖުލައި 26، 1965 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރުބެ
21 February 2025
މަ ލަންކާ އަށް ދިޔަ ދަތުރެއްގައި މަ ޕާސްޕޯޓް ދޭއިރަށް ލަންކާ އެއަރޕޯޓް އެރައިވަލްގަ އިން އިމިގްރޭޝަން މީހާ " އަރ ޔޫ ފުރޮމް ސިންކިން ކަންޓްރީ " ؟ އަހަރެން ބުނިން އާއެކޭ، އެއީ 2008ގަ
މުސްތަފާބެ
21 February 2025
ލަންކާ އަކީ ގުޅިގެން އުޅެންޖެހޭވަރަށް ވުރެ ރެސިސްޓް ގައުމެއް ، ހަނދާން އެބަހުރި ތަ ލަންކާ ޓްއަރރިޒަމް މިނިސްޓަރު ރާއްޖެ ބަދުނާމުކޮށް ދެއްކި ވާހަހަކަ ، ހާލީލް ލަންކާ ރައީސްގާތު އަހާބަލަ ލަންކާގެ ސްކޫލް ފޮތްތަކުގަ ރާއްޖެ އަޑިޔަށް ހިގާއިދާނެ ކަމަށް ބުނެ ކިޔަވާދެނީ ކޮން ބޭނުމަކުތޯ ؟ މޯލްޑިވިޔަން އަށް ލަންކާ ދަތުރައް ހުއްދަ ނުދިނީ ކީއްވެހޭ އަހާބަލަ .
ސަމީނާ
21 February 2025
ލަންކާ ގައި ތިބޭ މީހުން ވިސާ އާ ކުރާއިރު ޑޮލަރު މާރު ކުރި ސްލިޕު ދޭން ޖެހޭ ޖެހުން ހުއްޓާލަން ޖެހޭ!