ލ. ބޮޑު ފިނޮޅު، ގަމާ ގުޅިފައި: މި ރަށް މިހާރު ވަނީ ގަމުގެ އިހްތިސާސްގައި ހިމަނާފައި. -- ފޮޓޯ/ގޫގުލް މެޕް
21 ފެބުރުއަރީ 2025 - 22:31
ލ. ގަމުގެ އިހްތިސާސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ރައީސަށެވެ.
ބިން ބޮޑު ގަމުގެ އިހުތިސާސްގައި ހިމެނި ބޮޑު ފިނޮޅަކީ އެ ރަށާ އެއް ފަޅެއްގައި އެ ރަށު ތުނޑި އަވަށު ކޮޅުގައި އޮތް ރަށެކެވެ. އެކަމަކު ފަހުން އެ ރަށް ވަނީ ގުދުރަތީ ގޮތުން ގަމާ ގުޅި، އެއްފަސްގަނޑަކަށް ވެފަ އެވެ.
ލ.ބޮޑުފިނޮޅު
ބޮޑުފިނޮޅަކީ ރީތި މޫދާއި ގޮނޑުދޮށް އޮންނަ ހިތްގައިމު ރަށެކެވެ.
ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. ހުރިހާ ރަށަކަށް ވެސް އެ ފަޅު ރަށްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާރު ވަނީ ބައެއް ރަށްތަކަށް ފަޅު ރަށްތައް ހަވާލު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 February 2025
ރައީސްގެ ޤަރާރަކުން ނިންމަވާކަންކަން ނިންމާންވާނީ ޤާނޫނީގޮތުން ފުށުއެރުންތަކާއި ކުރިމަތިނުވާނެގޮތަކަށް. ރައީސްގެ ޤަރާރަކުން ލ. ގަމުގެ އިހްތިސާސްގެތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނިއިރު ބޮޑުފިނޮޅު މިހާރުވަނީ ޢުދުރަތީގޮތުން ގަމާއި ގުޅި އެއްފަސް ވެފައިކަން އެބައިގޭ. އެހެންކަމުން މިފަދަ ކަންކަމުގައި ރައީސް ނިންމަވާންވާނީ މިގޮތަށް ގުޅޭ ރަށްރަށަކީ އެއް ރަށެއްގެގޮތަށް ކަޑައަޅަން. އެހެން ކަމުން ލ. ގަމުގާއި ބޮޑުފިނޮޅަކީ އެއްރަށެއް ކަމަށް ކަޑައަޅަންޖެހޭ.
ސަނީސައިޑްބޮންޑް
22 February 2025
މެގަޕްރޮޖެކްޓެއް
ޥަރިހާ
21 February 2025
މާލެއާ ގުޅިފައިވާ ރަސްފަންނު މާލޭގެ އިހްތިސާސްގައި ހިމެނޭތަ؟؟؟
ސަބުދެލި
21 February 2025
އިހްތިސާސްތެރެއަށް ރަށްތައް ވެއްދުމަށް ރައީސް ފައްޓަވައިގެން މިއުޅޭ މަޝްރޫޢަށް ތައުރީފް ހައްގު.