ނައިފަރަށް ލުނބޯ ގަސް ހަދިޔާކުރުން.
24 ފެބުރުއަރީ 2025 - 14:43
ދަނޑުވެރިކަން ކުރާ ހޯޓީފާމްގެ ފަރާތުން ޅ. ނައިފަރުގެ ގޭގެ އަށް ލުނބޯ ގަސް ހަދިޔާކޮށްފި އެވެ.
ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ހޯޓީފާމް އިންވެސްޓްމަންޓްގެ ސީއެސްއާރުގެ ދަށުން ނައިފަރުގެ ގޭގެއަށް 906 ލުނބޯ ގަސް ހަދިޔާކުރި ކަމަށެވެ.
އެ ގަސްތައް މިހާރު ބަހައި ނިންމާފައިވާއިރު، އޭނާ ވިދާޅުވީ ގަސް ދޫކުރީ އެންމެ ފުރަތަމަ ބަލާ ދިޔަ ގެތަކަށް ކަމަށެވެ.
"މި ރަށުގެ މީހެއް ވެސް ދަންނަ ބައެއް އެއީ. އެހެންވެ އެ މީހާއާ ވާހަކަ ދައްކައިގެން ރަށުގެ ގެތަކަށް ބަހަން ފުރުސަތު ލިބުނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނައިފަރަށް ލުނބޯ ގަސް ހަދިޔާކުރުން.
އޭނާ ވިދާޅުވީ ނައިފަރުގެ ގިނަ ބަޔަކު ގަސްތައް ބޭނުންވި ކަމަށާއި އެހެންވެ، ފަހުން ގަސް ދޭނެ ކަމަށް ވެސް އެ ފާމުން ބުނެފައިވާ ކަމަށެވެ.
ހޯޓީފާމަކީ ނ. އަތޮޅުގެ ރަށެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ބައެކެވެ. އެ ރަށުގައި ތަރުކާރީ އާއި މޭވާގެ އެކި ބާވަތްތައް މި ފާމުގައި އަންނަނީ އުފައްދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
26 February 2025
ތިގޮތަށް އެހީތެރިކަން ބޭނުންވެފާވާ ބައިވަރު ރަށްރަށް އެބަހުރި. ގަސްބޭނުންވާނެ ހަމަ އެންމެންވެސް. ނައިފަރުގާ ގަސްއިންދާނޭ ބޮޑެތި ބިންނެތަސް، ބިންބޮޑު އަދި އެކަމަށް ޝައުގުހުރި ބައިވަރު ރަށްރަށް އެބަހުރި. އހަގީގަތުގާ ތީ ވަރަށް ރަނގަޅު ފެށުމެއް. ބޭނުންވަނީ އެކިވައްތަރުގެ މޭވާއަޅާ ގަސްތަކުން މުޅިރާއްޖެ އެއްވަސްވެލުން. މީކީ ނުކުރެވޭވަރުގެ ކަމެއްނޫން. ކުޑަކުދިންކުޅޭ ޕާކުތަކުގާވެސް އަނބުގަސްޖަހާ ފުރާލަންވީ. ކޮންމެހެން އޮފިއެލޭގަސްނޫނަސްއޯކޭވާނެ.
ޖީ.އެމް.
24 February 2025
މިފަހަރު އެސްޓީއޯއިން ގެނެއްސާ ހުރީ އޮށް ނުހުންނަ ދަރިމައި ނުވާ ލުނބޯ. އެކަމުގެ ހިތާމައިގަ އަހަރެން މި އުޅެނީ...
އެނގޭ
24 February 2025
ލުނބޯ ނުލިބުނަސް ތިފަދަ ކަމެއް ބަޔަކަށް ކޮށްދިނީ ތީ އަދި ގުޑް ނިއުސް ފެތުރީތީ ޝުކުރިއްޔާ