ބަނޑިދޫގައި އައިސްޕްލާންޓު އެޅުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބިންގާ އަޅުއްވަނީ.
24 ފެބުރުއަރީ 2025 - 15:01
ދ. ބަނޑިދޫގައި އައިސް ޕްލާންޓެއް އެޅުމަށް މިއަދު ބިންގާ އަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އެ ރަށަށް ވަޑައިގެން އައިސް ޕްލާންޓު އެޅުމަށް ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ރަށުގައި ގާއިމުކުރަނީ 30 ޓަނުގެ އައިސް ޕްލާންޓެކެވެ.
ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސްވެރިކަމުގައި އުޅޭ ބަނޑިދޫގައި ކަންނެއްޔަށް ދާ 21 އުޅަނދު އޮވެ އެވެ. އެކަމަކު ކައިރި ހިސާބަކުން އައިސް ލިބޭނެ ގޮތެއް ނޯވެ އެވެ. ދުރު ހިސާބުތަކަށް ދުއްވައިގެން އައިސް ހޯދުމަށް ބޮޑު ދަތުރެއް ކުރަން ޖެހުމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލްޔަސައު އަހްމަދު
25 February 2025
ބަރާބާރު. ނުލާހިކު ކަންނެލި ދޯނި ގިނަ ރަށެއް. މަސްވެރި އަތޮޅެއް
ހަމަދު ސަލީމް
25 February 2025
އެމްޑީޕީއިން ނެތް އައިސްޕްލާންޓް ތައް މަރާމާތުވެސް ކޮށްފަ. އަދި އައު ތަނެއް ރަނގަޅަށް އަޅާ އޮޕަރޭޓްވެސް ކުރެވިފަ. މިއަދު މިކަން ބަދަލްވެގެން ދާތަން އެބަފެނޭ
ކުށުދޮށި
24 February 2025
ތިކަހަލަ އައިސްޕްލާންޓް ތަށް އެބަހުރި ބޯކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި. އެއްފަހަރު ދީފާނެ މިފްކޯއަށް ހިންގަން. އަނެއްފަހަރު ދީފާނެ ފެނަކައަށް މީހުން ވަޒީފާ ވެއްދުން - އެއްވެސް ގޮތަކަށް އަސްލު ހަޤީޤަތުގައި ކުރަން އުޅޭކަމެއް ނޭނގޭ!
އޮނަރަބްލް ލަޑާ މޫސަ
24 February 2025
ބަޑިދޫގައި އައިސް ޕުލާންޓު އަޅާދެނީ ޢެޅިގަލުންތަ. އައިސް ޕްލާންޓަކީ އަޅާ އެއްޗެއްޗެއްތަ ؟ މަ މިއޮތް ހުރިހާ ދުވަހު ހީކުރީ ދޯނީގެ އިންޖީނު ގެންނަހެން ގެނެސް ތަނެއްގައި ބައިންދާ އެއްޗެއްކަމަށް .
ތިއްތިބޭގޯތީ ކުޑަސޮރު
24 February 2025
ބަނޑިދޫއައކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ފުންނާބު އުސް އެއް ރަށް، ރައީސަށް ޝުކުރު ދަންނަވަން