ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. ބަނޑިދޫގައި ވާހަކަފުޅު ދައްކަވަނީ.
24 ފެބުރުއަރީ 2025 - 16:05
ދ. ބަނޑިދޫގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުރަމުންދާ ފައިބަރު މަސައްކަތް ފަދަ، ބައެއް ކަންކަން ބަދަލުކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ ގޮތުން ފަޅުން ބައެއް ހިއްކަން ނިންމައިފި އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި އެކަން ހިމެނިފައި ނެތުމުން އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށުގެ ރައްޔިތުންގެ އުއްމީދެއް އެއީ ރަށު ތެރޭގައި އުނދަގޫވާ ގޮތަށް ފައިބަރު މަސައްކަތް ކަހަލަ ކުނި ކޮށި ކަހަލަ ރައްޔިތުންގެ ތެރޭގައި ހުރުމުން ދަތިވާ ކަހަލަ އުނދަގޫވާ ކަންކަން ބަދަލުކުރެވޭނެ ކަހަލަ ބިމެއް ހިއްކިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދު، އާންމުން އުޅޭ ސަރަހައްދުގައި ހުރުމުން އޭގެ ނުރައްކާތެރިކަން އެބަ އޮތް ކަމަށާއި އެހެންވެ، ހިއްކާ ސަރަހައްދަށް އެތަން ބަދަލުކުރުމާއި ކުނި ކޮށި އެ ސަރަަހައްދަށް ބަދަލުކުރުން ހިމެނޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްކުރާ އިރު އެ ރަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.
"އަމަލީ ގޮތުން މީގެ ނަތީޖާއަކަށް ވާނީ ބިން ހިއްކި، މި ދެންނެވި ހުރިހާ މަގްސަދެއް ހާސިލުވާ ގޮތަށް ޖާގަ ބާއްވައިގެން މި ރަށުގެ އެ މަސައްކަތްކުރާ ތަންތަން ބަދަލުކުރުމުގެ މަޝްރޫއުއެއް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑު ނިންމައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ބޭރު ތޮށި ބަދަލުކޮށްދިނުމަށް ވެސް ރައްޔިތުން އެދިފައިވާ ކަމަށެެވެ. މަސްވެރިންނާއި ކުދި ދޯނި ބޭނުންކުރާ ފަރާތްތަކަށް އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ބޭރު ތޮށި ބަދަލުކުރުމުން ބަނދަރުގެ ޖާގަ އިތުރުވާނެތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ދިގު ރާސްތާ އިންވެސްޓްމަންޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ދަށުން އެކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ސްކޫލު މަޝްރޫއު އާއި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ވަސީލަތްތައް އިތުރުކުރުން ފަދަ ކަންކަން މިއަހަރުގެ ބަޖެޓުގެ ދަށުން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
24 February 2025
ރައްޔިތުން ގުނބޯ ހައްދަނީ. އެ ވިދާޅުވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޮށް ދެއްވާނެ ކަމަށް. ބަޖެޓް ފާސްވާއިރު އެޚަރަދެއް ހިމެނިފައެއް ނޯންނާނެ. ދެން ވިދާޅުވާނީ ކައުންސިލުން ބޭނުންވާ ގޮތަށް ކުރަހައި އެ ފާސްކޮށް ދީފިއްޔާ ދެން އަންނަ އަހަރެއްގެ ބަޖެޓުގައި ޖަހައިގެން ކުރިއަށް ގެންދާނަން އިރާދަ ކުރެއްވިއްޔާ. މުޅިންވެސް ކޮށްދޭނެ ކަމަށް.
އެއްފަސް
24 February 2025
ތިއީ ހަމަ ބޭކާރު ޚަރަދު. ތީގެ ބަދަލުގައި އާބާދީ ބޮޑު ރަށްތައް ބަލައިގެން ހިއްކެންހުރި ރަަށްތައް ހިއްކައި އާބާދީ އެއްފަސްކުރަން އުޅުން މާ ފައިދާވާނެ.
ނައިފަރ
24 February 2025
ކޮބައިހޭ ފުރަތަމަ 30ދުވަސް ތެރޭ ހިއްކަން ވައުދުވި ނައިފަރު ބިން. ހަނދާން ކޮައްލަދިނީ.
އަފްރާސިޔާބު
24 February 2025
ލޭންޑް ޔޫޒް ޕްލޭން ކައުންސިލުން ފާސްކޮށް ނިންމާފައި ފޮނުވުމުން ނޫންތޯ ކޮށް ދެއްވޭނީ. އަނެއްކާ ސިޔާމްއާއި މަޝްވަރާ ކޮށް އެ ރަނގަޅު ނޫނިއްޔާ ރަނގަޅު ކޮށްފައި ފޮނުވުމުން ނޫންތޯ ކޮށްދެވޭނީ. ދެން ރައްޔިތުންނަށް ނުވީމާ ރައީސް ކުރާނީ ކޮންކަމެއްތޯ؟ ރައްޔިތުން އެމީހުންގެ ކަންތަކަށް ހޮވިބައެއް ކައުންސިލުގައި ތިބެނީ. ނުފޮނުވާނީ ކުރަން ބޭނުން ނުވާތީ.
ފުދިއްޖެ
24 February 2025
ޙެޔޮނުވާނެ ދެން މުއިއްޒޫ!
ދަންމާނު
24 February 2025
ހިއްކާހިއްކާ. ބޮލުގާރިއްސާރިއްސާ.
ދ.ކުޑަހުވަދޫ
24 February 2025
ބަނޑިދުއަކީ ގިނަ ރައްޔިތުންތަކެއް މާލެއަށް ހިޖުރަކޮށްގެން އުޅޭ ރަށެއް. ރަށުގެ އާބާދީ އެހާމެ ކުޑަ. ވީއިރު ބަނޑިދުއަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުސްކުރަން ޖެހޭ ރަށެއްކަމުގައި ދެކެން. އެފަދަ ރަށްރަށް ދައުލަތުގެ މާލިއްޔާއިން ތިޔަފަދަ ޚަރަދުކުރުމަކީ ހަމަ އިސްރާފް. އޭގެ ބަދަލުގައި އެރަށު މީހުންނަށް، އެރަށު މީހުން ބޭނުންވާ ރަށްތަކައް ހިޖުރަކުމުގެ އޮޕްޝަން ދޭންޖެހޭ އަދި އޭގެ ދަށުން ގެދޮރު އެޅުމުގެކަންކަން ސަރުކާރުން ހަމަ ޖެއްސަދިނީމައި ނިމުނީ.
މިލަމިލަ
24 February 2025
ހެޔޮނުވާނެ ރައީސް.. އިތުރު ވައުދުނުވެ ފެށިފަހުރި ކަންކަން ނިންމައިދީ.. ހަމަ އަރާވަޑައިގަންނަވާ ކޮންމެ ރަށަކަށް ތިދަނީ ވައުދުތައްވަމުން.. މިހާރު 500 ސޮފްޙާގެ މޮނީޓަރުފޮތެއް ފުރިއްޖެ..
ކަތީބު ޔޫސުބް
24 February 2025
ބަޑިދޫ ރައްޔިތުންގެ ޖީބަށް ޕްރޮޖެކްޓް ފައިސާ ނުވަންނަ ގޮތަށް ރަށުން ބޭރުބަޔަކަށް ލާރިގަޑެއް ދޭން ކުރާކަމެއް.
އަފްރާސިޔާބު
24 February 2025
ބަނޑިދޫގައި އެފަދަ ކަމެއް ކުރެވޭ ބަޔަކުނެތް. ހައެއްކަމީހުން ރަށުގައި އުޅެނީ. މެލޭޝިޔާގެ ކުންފުންޏަކާ މަސައްކަތް ޙަވާލު ކުރާނީ. މަސައްކަތުގައި އުޅޭނީ ދިވެހިން. ފަހުން އާބިޓްރޭޝަނަށް ދާނީ. ޑީލް އޮންނާނީ މެލޭޝިޔާގައި ދިވެހިން އުޅޭނީ ސަބްކޮންޓްރެކްޓްގައި އެއަތަށް ވެސް ފައިސާ މިއަތަށް ވެސް ފައިސާ ރަށު ރައްޔިތުންނަށް ސުމެއް.
ދޮންތުއްތު
24 February 2025
ތިކަމާއި ދެކޮޅު، ރަށް ހިއްކާނެ ކަމެއް ނެތް ތިމާވެށި ޙިމާޔަތް ކުރުމަށާއި ރަށުގެ ޓޫރިޒަމްއަށް ފުރުޞަތަށް ޖާގަ ދެއްވަވާ، ރަށް ހިއްކުމަކީ މުސްތަޤުބަލަށް ދެވޭ އަނިޔާއެއް
މިނިސްޓަރުން
24 February 2025
އަޅުގަނޑުމެން ހީކުރީ ޕީއެސްއައިޕީ ބަޖެޓް އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށް، ރައީސް ބޭނުން ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރެވޭނެ ގޮތަށް ކަމަށް