25 ފެބުރުއަރީ 2025 - 13:10
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދ. ރިނބިދޫގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރިނބުދޫގައި ބެހެއްޓި އޭޓީއެމުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ. އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބޭންކިންގެ ގިނަ މުއާމަލާތްތަކެއް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރިނބުދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކުރަން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
"މި އޭޓީއެމްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަން ޖެހޭ ބޭންކިން މުއާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސާވިސް ބޭންކިން ސެންޓަރު، 156 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްރާފް
25 February 2025
މިއީ ވަރަށް ބޮޑު އިސްރާފެއް. އަދި މިއީ އެއްފަސްކުރުމުގެ ހިޔާލާއި ފިކުރު ސަރުކާރުގައި ނެތްކަމުގެ އަލިގަދަ ހެއްކެއް.
ހައްސާން މުހައްމަދު
25 February 2025
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ރައީސް މުއިއްޒްގެ ސަރުކާރުން ތަރައްގީ ގެންނަމުންދާތަން މިފެންނީ.
މުޢިއްޒޫ
25 February 2025
ތަފާތުކޮށްގެންވެސް އެއްފަސްކުރަން ޖެހޭ. އެއްފަސްކުރުމުން ސަރުކާރުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިގެންދާނެ.
ސަމޭދާން
25 February 2025
މިވަރުން ގައުމު އެއްފަސްކުރެވޭނެބާ؟
ލިހާޒް މުހުސިން
25 February 2025
ރައްޔިތުން ބޭނުންވޭ ތަ އެކަން؟ ނުވޭ. ދެން؟ ސަރުކާރަށް އޮންނާނީ އެމީހުން ބުނާ ކަމެއް ކުރުން ނޫންތޯ