އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާ އަކީ އޭނާގެ ތަނެއް ކަމަށް ސިފަކޮށް ރިސޯޓެއްގެ ގޮތުގައި ދައްކާ ވީޑިއޯގެ ބައެއް މަންޒަރުތައް.
26 ފެބުރުއަރީ 2025 - 20:55
ފަލަސްތީނުގެ ޣައްޒާއިން މީހުން ހުސްކޮށް ތަރައްގީކުރާނެ ކަމަށް ތަކުރާރުކުރަމުން ގެންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ޣައްޒާ އަކީ ގޮނޑުދޮށުގެ ރިސޯޓެއް ގޮތަށް ފެންނަ ވީޑިއޯއެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯޓްކޮށްފި އެވެ.
އޭއައި އިން ޖެނެރޭޓް ކޮށްފައިވާ ކަމަށް ބެލެވޭ މި ވީޑިއޯ ޓްރަމްޕުގެ އިންސްޓަގްރާމާއި ޓްރޫތު ސޯޝަލް ނެޓްވޯކްގައި އެތައް މިލިއަން ފަހަރަކު ބަލާފައި ވާއިރު ބައެއް މީހުން ވަނީ އެކައުންޓުތައް ހެކްކޮށްގެން ބަޔަކު ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްތޯ ވެސް ސުވާލުކޮށްފަ އެވެ.
އެކަމަކު 33 ސިކުންތުގެ އެ ވީޑިއޯއާ މެދު މީހުން ކުރި ސުވާލުތަކަށް ޓްރަމްޕުގެ ޖަވާބެއް ނެތެވެ.
The US president has shared an AI-generated clip on his own social media platform depicting his vision for the future of Gaza.
— Sky News (@SkyNews) February 26, 2025
The video shows a rebuilt "Riviera" in Gaza, golden balloons with Trump's face on them ⬇️ https://t.co/Ub9NDONKVZ pic.twitter.com/S2tMdalgaI
ޓްރަމްޕު ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯ
ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕޫލެއް ކައިރީގައި ބުއިމެއް ހިފައިގެން ސްވިމް ސޫޓްގައި ތިބޭ މަންޒަރާއި އީލޮން މަސްކް "ފައިސާގެ ވާރޭ" ތެރޭ ނަށާތީ ވެސް ވީޑިއޯގައި ފެނެ އެވެ. އަދި ޓްރަމްޕުގެ ބޮޑު ބުދެއް ވެސް ޣައްޒާގައި ބަހައްޓާފައި ހުންނައިރު، ސިޓީގެ ނަމަކަށް ޖަހާފައި އޮންނަނީ "ޓްރަމްޕް ޣައްޒާ" އެވެ.
ވީޑިއޯގައި "ޑޮނަލްޑް ކަމިން ޓު ސެޓް ޔޫ ފްރީ، ބްރިންގިން ދަ ލައިޓް ފޮ އޯލް ޓު ސީ" އާއި "ފީސްޓް އެންޑް ޑާންސް، ދަ ޑީލް އިޒް ޑަން، ޓްރަމްޕް ގާޒާ ނަމްބަ ވަން" ފަދަ ލަވަތައް ހިމަނާފައިވެ އެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ސުންނާފަތިކޮށްފައިވާ ޣައްޒާގައި ދެން މީހުންނަށް ނޫޅެވޭނެ ކަމަށާއި އެހެންވެ އެތަނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް ގެންގޮސް، ހިތްފަސޭހަ ރިސޯޓެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކައަށް އިސްލާމީ އަދި އަރަބި ގައުމުތަކުންނާއި އެހެން ގައުމުތަކުން ވެސް ވަރަށް ބޮޑަށް ވަނީ ދެކޮޅުހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޕަޓޭ
27 February 2025
ދެން މުޅިތަނުގަ ކަލޭގެ ރަން ބުދުތައް ބެހެއްޓުނީމަ ރިސޯޓަކަށްވީތަ؟ މިމޮޔަގޮވާ މީހާއަށް ތާއީދުކުރާ ބޮޓުން ރާއްޖޭގަވެސް އުޅޭ. މީނާއާއި ދެކޮޅަށް އެއްޗެކޭ ބުނާއިރަށް ފުންމަފުންމައިގެންދާ މީހުން އުޅޭ. އާންމުކޮށް އެއީ ސިޔާސީ ޕާޓީތަކުގަ ރަޖިސްޓާވެފަ ތިބޭ، ހަމަވިސްނުން ގެއްލިފައިވާ މީސްމީހުންކަން ފާހަގަކުރެވޭ.
މަސްކް
27 February 2025
އަސްލު އެމީހުން މިހަރު ކުރަން އުޅޭކަމަކަމީ ވެސްޓްބޭންކް އިޒްރާއިލްގެ ތަނަނަކަށް ހެދުން. ގާޒާ އޭކިޔަނީ ފޯކަސް އަނބުރާލަން
ހާސަރު
27 February 2025
މިވަރުއަރުވާލާއިރުވެސް އަރަބި ދުނިޔޭގެ ލީޑަރުން އެމެރިކާ ފޫބުޑުން އުޅޭއުޅުމަކަށް ބަދަލެއްނާދޭ!؟ ދެން އަހަރެމެން މާދުރުގައިތިބި ކުޑަކުޑަ ގައުމެއްގެ ބަޔަކަށް ދުއާކުރުން ނޫން ކޮންކަމެއްތޯ އޮތީ؟ ބޮއިކަޓް ކުރަންވީ އިޒްރޭލް އެކަނިއެއްނޫން ބޮޑުކޮށް އެމެރިކާވެސް ބޮއިކަޓް ކުރަންވީ.
އަޅި އަލީ
27 February 2025
އެމެރިކާ ބޯއިކޮޓް ކޮއްފަ ދާންވީ ބީއެމްއެލް އަށް ޑޮލަރު ކިއުގަ ޖެހެން!
ޓުރަޕު
27 February 2025
އަރަބިންނަކީ އެއްވެސް ބަޔެއް ނޫން. އެމީހުން ކުރީ ޒަމާނު ކަނޑި ހިފައިގެން ބިރުދެއްކިޔަސް މިހާރު އެމީހުންނަކީ ބަޔަކު ގަބޫލުކުރާ ބަޔެއް ނޫން. އެމީހުން ގަދަކަމަށް ދެކެނީ ދިވެހިންނާއި، ޕާކިސްތާނު މީހުންނާއި، ސޮމާލިޔާ މީހުންނާއި، ބަންގުލާދޭޝް މީހުން. އަހަރެމެންނަކަށް މާ ގަދަ ބަޔެއް ނޫން
ކިއްލި
27 February 2025
ޓްރަންޕު އެމެރިކާގެ ރައީސް ކަމުން ފައިބަން ޖެހުނު ދުވަހު އެންމެ އުފާވި އެކަކީ އަހަރެން. އެކަމަކު މިމީހާ އަނެއްކާ އަނެއްފަހަރު ވެރިކަމަށް ގެނައުމުން ވަރަށް ވަރަށް ދެރަވެއްޖެ. ތެދެއް މަމެންނަށް މިދުނިޔޭގާ ބާރުހުރިމީހުނަށް ބޭނުންގޮތެއް ހަދާލެވިދާނެ. އެކަމަކު ތިޔަވެރިކަމުގެ ބޮޑުބާރަށްވެސް ގޮންޖަހާނުލެވޭނޭ ފަރާތެއްވޭ. އެފަރާތުގެ ކުޑަބާރެއް ތިމީހުނަށްޓަކާ ނުބައިވެއްޖިއްޔާ ދެން އެއަކުން ރެކެވޭނޭ ގޮތެއް ނޯންނާނެ. ރީތިގޮތަކަށް ތިމީހަކު ނެތިދިއުންއެދެވޭ.
ހާސްނުވޭ
27 February 2025
ބާރު ވަނީ ހައެކަނި އެންމެ ފަރާރަކަށް.
ޓުރަޕު
27 February 2025
ބާރު ވެރިންނަކީ އެމެރިކާ، އެމީހުން ބޭނުން ގޮތެއް ހަދާނީ.
ތަންޑު
27 February 2025
ހުރި ނުބައިކަން ދެކިބަލަ.
ޓުރަޕް
27 February 2025
ޓުރަޕަށް ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން އެބައޮތް، ދިވެހިންނާ ބެހޭ ކަމެއް ނޫން އެއީކީ..
ފޫހި
27 February 2025
މި މީހުން އަދި އަނގަފޭކޮށްފަ ހިޓްލަރުގެ ވާހަކަދައްކައޭ. ހިޓްލަރު ވެސް މިއަދު ދުނިޔޭގައިހުރިނަމަ ލަދުގަންނާނެ. .. ޓްރަމްޓް.
އިފުރީތު
27 February 2025
ހަރުކަށި ފިކުރުގެ މީހުން މާ ތާއީދު ކުރާ މޭހެއް މި ޓުރަންޕަކީ. މިމަރުމޯލުން ދައްކާ ވެކްސިނާ ދެކޮޅު ވާހަކައަށް ވަރަށް ގަޔާވެ އެމީހުން
ބޮޑާބެއްޔާ
27 February 2025
ލަދެއްގެ ކަންފުޅުވެސް ނެތް، ތިމާވަރެއް ނެތްކަމަށް ދެކިގެން އުޅޭ ގޮތްކުޑަ އިންސާނެއް. ތި ވީޑިޔޯއިން ދައްކުވައިދޭ 3 މީހުންނަށް ހީވާކަހަލަ ދުނިޔެއާއި އެތަނުގައި އުޅޭހާ ބަޔަކާއި، ވާހާ ތަކެއްޗެއް އެއީ ތިމަންމެންގެ އަމިއްލަ މުދަލޭ! ފިރުއައުނާ، ހާމާނާ، ގާރޫނުގެ ކޮޕީއެެއް ތީ!
ސަލީމު އިދުރީސް
27 February 2025
ޔޫކުރޭނު ހަނގުރާމާގަ ޕުޓިންނަކީ އެމެރިކާ ޢަތްދަށުން ދުނިއެ ސަލާމަތް ކޮއްދޭން އުޅޭމީހެއް ކަމައް ބުނެ މިތާ ބައިވަރު މީހުން ޕޫޓިންނައް ތާއީދު ކޮއް އެއިރުގެ އެމެރިކާ ރައީސައް ބަވާ ކޮމެއްޓުކުރި! މިހާރު ޕުޓިންގެ އެތްއަތް ޓުރަންފަކީ ހީވާކަހަލަ ދެމިހުންނައް ހަމަޔައް ދުނިއެ ބަހާލަ އުޅޭހެން!
ދެހަ
26 February 2025
ނަރަކައިގެ އަޑީގެ އެންމެ އަޑީގައި ކަލެއާއި ކަލޭގެ ބައިވެރިން ލައްވާށި. ކަލެއާއި ކަލޭގެ ބައިވެރިންގެ ނުބައި ވަކިތަކުން ޢައްޒާ އާއި ދުނިޔެ ސަލާމަތް ކުރައްވާށި. އާމީން
ޑރ ވާންޗޯ
27 February 2025
ތި މޭރުމުން ވާހަކަ ދައްކާތާ ކިހާ ދުވަހެއް! މުޅި އުމުރު ނޫން؟ ކުރިއައް އެޅުނު ފިތަވަޅެއް ފެނޭތަ؟ އަނެއްކޮޅުން ބަލަމާ، މިދިޔަ މަހު އެކަނިވެސް 7000 މީހުން (ކުޑަކުދިންވެސް ހިމެނޭހެން)، މަރާލައިފި ކޮންގޯގަ. އެމީހުންނައް އެހީއެއްވުމުގެ ގޮތުން ޗުއްޕެކޭވެސް ބުނެލީމުތަ؟
ވީކަމެއް
27 February 2025
ތިޔަ ވާހަކަ ތިހެން އެއްބިލިޔަންމީހުން ކޮންމެ ދުވަހކު ގޮވާތާ 80 އަހަރު ވެއްޖެ. ވީކަމެއްހަރާން.
އެހެންތާ
27 February 2025
ޢެއީ ހިޔާލީ ތަނެއް.
ކީސްފިލާ
28 February 2025
ޑރ ވާންޗޯ އަށް: ސޫރަތު އިބްރާހީމް ގެ 42 ވަނަ އާޔަތުގެ މާނައިގައި ވަނީ، “އަނިޔާވެރިން ކުރާކަންތަކާއިމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅު ނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.” އެހެންވީމާ ޑރ ވާންޗޯ އަދި ކެތްތެރިވުމަށް ނަސޭހަތްތެރި ވަމެވެ.
ޓުރަޕް
01 March 2025
ހެރީ ޕޮޓާ ވާހަކަވެސް މާ ފުރިހަމަ ވެފައި ރަގަޅު، އެއީ ހެރީޕޮޓާ ވާހަކައިގައި އިރުއިރު ކޮޅާ މަމީ އެއްމެ ބާރުގަދަ މީހާ އޭ ނުކިޔާނެ، އަދި މީހުންނަ ބިރެއް ނުދައްކާނެ.