ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
27 ފެބުރުއަރީ 2025 - 21:53
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓު ހެދިއިރު ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ވެސް ފޯރުވާފައިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޒުއްދީން ފާލަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތަކަށް ލިބުނު ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި މިއަދު ވެސް މާދަމާ ވެސް ހުންނަވާނީ އެ ވައުދުގެ މަތީގައި ކަމަށެވެ. ނަމަވެސް، ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓުން ބައެއް މީހުން މިހާރު އުނިވެފައިވާ ކަމަށާއި އެކަމުގެ ސަބަބު އޭގެތެރެއިން ކޮންމެ މީހަކަށް ވެސް އެނގެން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ، އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފަ އެއްވެސް ފަރާތަކުން ނުވާނެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ނުފޫޒެއް ނުފޯރުވާ ހައުސިން ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ރައީސް ވިދާޅުވި އެވެ.
ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
އެކި ސަބަބުތަކާ ހެދި ފްލެޓް ލިސްޓަށް ނޭރި ރައްޔިތުންނަށް ވެސް ދޭ ޔަގީންކަމަކީ ރައީސް ވިދާޅުވި ގޮތުގައި ގަސްތުގައި އެއްވެސް މީހަކު އުނިކޮށްފައިވާނެ ކަމެވެ. އަދި މައްސަލައެއް އުޅޭކަމަށް ގަބޫލު ކުރެވޭ ނަމަ ޝަކުވާ ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި މައްސަލައެއް އުޅޭނަމަ، އެކަމެއް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަތުލާނެ ސަރުކާރެއް ނޫން ކަމަށާއި އެކަމުގެ ޝައުގެއް ވެސް އޮތް ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީންކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ކަންބޮޑުވާކަށް ނުޖެހޭނެ. މި އަހަރު ތެރޭގައި މާލޭގައި އަދި ހުޅުމާލޭގައި އެތައް ހާސް ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ފަށަން އެ ވަނީ ތައްޔާރުވެފައި. ވިލިމާލޭގައި، ގުޅީފަޅުގައި ވެސް އެތައް ހާސް ޔުނިޓެއްގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ގިރާވަރު ފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރިވެރިކަން ހަމަޖެހިގެންދާނެ. އެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައެޅި ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ. ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ފައިނޭންސިން ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ. ހައުސިން އަށް ހާއްސަކޮށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވެސް ބަޖެޓުގައި ވެ އެވެ. ގެދޮރުވެރިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 1.8 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއައީ
28 February 2025
އެހެންވެ ހައިދަރަށް ލިބުނީދޯ؟؟
އެޅަބެއްޔާ
28 February 2025
ހަމަ ބޮޑު ދިދަ އާ މުޚާތަބް ކުރައްވާ ދެއްތޯ ؟ މުޅިން ތެދު ………
ޖައިޝަމު
28 February 2025
ރައީސް ވަރެއް ނެތް
ކިނާރީ .
28 February 2025
އަތުން ފައިން އެއްކަމެއް ނުކުރިއަސް ފުލެޓް ދޭންވީމަ ސަރުތުހަމަކޮއްފަދެނީ . ވިހިހާސް މީހުން ކުރިމަތިލައިފި ވާއިރު . ސަރުތުހަމަވޭ މީހުން ހޯދަން އަތްފުނާއަޅާއިރު އެތަށް ގޮތަކުން ބޭއިންސާފެއް ވެއްޓޭއިރު ފުލެޓް ދޭން ވަކިބަޔަކު ހޯދުން މާނައެއްނެތް . ވިހިހާސް މީހުން ދިވެހިރައްޔިތުންނަށް ވާއިރު ފުރުސަތަށް ވިހިހާސް ވައްޓާލިމަ ނިމުނީ . މިހާވަރަށް ހައްގުވާ މީހުން ހޯދާއިރު އިންސާފަށް އެއްކަމެއް ނުދޭ . އިބްރާހީމް ސަރުކާރުގަ ބޭކާރަށް ހުރިހާ ކަމެއް ކުރާހެން ހީވ
އިސްތިއުފާއޭ
28 February 2025
ފްލެޓްސް ތައް ކުރީ ސަރުކާރުން ދޭން ކަނޑައެޅި އެންމެނަށް ފްލެޓްސް ތައް މުއިއްޒުގެ ސަރުކާރުން ދޭން ޖެހޭނެއޭ ދެން ތަމެން ބޭނުންވާ މީހުންނަށް ފްލެޓްސް ދޭން 25 ހާސް ފްލެޓްސް އެޅިނަމަ މިއަދު އެނިމި އެންމެނަށް ފްލެޓްސް ުދެވުނީސް ނޫންތޭ ސަރުކާރު މިކަން މަތިޖަހަން ނުފޫޒު ނެތޭ ކިޔާ ދޮގު ހަދާނެ ކަމެއް ނެތޭ ތަމެން ދައްކާ ވާހަކަ އަށް އިތުބާރު ކުރާ އެކަކު ވެސް ނެތޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ އިސްތިއުފާ
ލާމިއު
28 February 2025
އެމްޑީޕީ މީހުން އާއިލާ މީހުންނަށް ދިން ފުލެޓް އަތުލާފި. ބޭއިންސާފުން ދީފަހުރި ފުލެޓްތަށް އަތުލާފި. ވަރަށް ރަނގަޅު.
ޖައުފަރުު
28 February 2025
ފުލެޓް ލިސްޓް ވަރަށް އިންސާފުވެރި. ބޮޑުންގެ ނަންތަށް ހަމަ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ.
ރާވެރިބެ
28 February 2025
ނުފޫޒު ފޯރުވަނީ އެެއް ނޫނޭ. ހުރިހާ އިދާރާއެއްގެ ފުލް ކޮންޓްރޯލް އޮތީމަ ވިދާޅުވާ ގޮތަކަށޭ ހުރިހާ ކަމެެއް މީހުން ކުރަނީ.
ކޮސް
28 February 2025
ދިވެހިންގެ ހަޔާތުގައި މިހާތަނަށް ފެނުނު އެންމެ ތާކުންތާކު ނުޖެހޭ ރައީސް މިއީ.
އަސާ
28 February 2025
ފިރިމީހާ ނުވަތަ އަބިމީހާ އަތުގަ ފުލެޓު ހުންނައިރުގަ އަނެއްކާ ފުލެޓެއް ލިބުން ވަަރަބޮޑު ގޯހެއް އަސާސީ ބޯހިޔާވަހިކަމުން ދެމަރިން އެއްފުލެޓް ލިބެންޖެހޭނީ ކުރިމަތި ނުލެވޭގޮތަ އުސޫލުު ބަދަލު ކުރަން ޖެހޭ