ވިޔަފާރި / ދިރާގު

މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޝާއާ އެކު ދިރާގުގެ އޮފިޝަލުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

28 ފެބުރުއަރީ 2025 - 19:19

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ތަފާތު ޕްރޮމޯޝަންތަކެއް އަގުހުރި އިނާމުތަކާއެކު ތައާރަފްކޮށްފި އެވެ.

ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ އޮފިޝަލުންގެ އިތުރުން އުމުރުން 12 އަހަރުގެ މިޝާ ވެސް ވަނީ ބައިވެރިވެފަ އެވެ.

ޕްރެސްގައި މިޝާ ބުނީ، ރޯދަ ޗެލެންޖަކީ ސަޕްރައިޒެކެވެ. މި ޗެލެންޖުގައި ހިމެނޭ ކަންތައްތައް ރޯދަމަހުގެ ތެރޭގައި އެނގިގެން ދާނެ އެވެ. ވީހާ ވެސް ގިނަ ފަރާތްތަކުން މި ޗެލެންޖުގައި ބައިވެރިވެ އިނާމުތައް ހޯދުމަކީ މިޝާގެ ވަރަށް ބޮޑު އެދުމެވެ.

ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ކަސްޓަމަރުންނަށް ފައިދާ ކުރާނެ އަގުހުރި ގިނަ އިނާމުތަކާއެކު ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ރޯދަ މަހަކީ ވަރަށް ގިނަ ލުއި ފަސޭހަތަކާއި އިނާޔަތްތައް ލިބިގެންދާ މަހެއް ކަމުގައި ފާހަގަ ކުރައްވައި، އެ މަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިޝާގެ ރޯދަ ޗެލެންޖުން އެހީ ވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:

- ކަރާ ފެޅުން: ކޮންމެ ދުވަހަހު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު. މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއަ ޕޮޑް، ސެމްސަން އެސް 25 ފޯން، އެއް ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނޭ.

- ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.

- މެޖިކް ޑޭޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު.

- ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.

- ހިލޭ އައި.އެމް.އޯ: ދިރާގު އެޕް އިން އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ އައި.އެމް.އޯ، 90 ދުވަހުގެ މުއްދަތަށް ލިބޭނެ. މިއީ ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް.

- ޑޮނޭޓް އޮން އެޕް: ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމާފައި. ދިރާގުގެ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހު މި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.

- ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކުން: ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖެއްސުން.

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ހާއްސަ ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރައްވަމުން ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މި ރޯދަ މަހު ވެސް ދިރާގުގެ ގުޑި ފެސްޓް އަދި ތަށިބަރި މޫވްމަންޓް ކުރިއަށް ގެންދާނެ އެވެ.

މި އަހަރު ވެސް ދިރާގާއި މަމްސް އެއިޑް ގުޅިގެން ކުރިއަށް ގެންދާ ރޯދަ އެއިޑް ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތަކެއް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނަށް ދެމުންދާ ކުންފުންޏެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454