ޚިޔާލު / ރަމަޟާން 2025

މާދަމާ މުލަ ރޯދަ، މިރޭ ހަނދު ފެނުމުގެ ފުރުސަތު ބޮޑު

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު ހަނދު އުދަރެހުން މަތީގައި ހުންނާނެ.

މިހާރު އަޅުގަނޑުމެން ގުނަމުން މިދަނީ ހިޖުރައިން 1446 ވަނަ އަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ވަގުތުތަކެވެ. ރާއްޖެ އާއި އިސްލާމީ ގައުމުތަކަށް މިއަދަކީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމާ އެކު މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމުގެ ހަރަކާތްތައް އެކި ގައުމުތަކުގައި ފަށާނެ އެވެ.

ކީރިތި މާތް ނަބިއްޔާގެ ސުންނަތުން، އަދި ޢިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި، ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. އިރު ހަނދުގެ ދައުރާނާ އަށް ބިނާކޮށް ފަލަކީ ޢިލްމުން ކަށަވަރު ވަނީ، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމެވެ. އަދި އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމެވެ.

އިރު ހަނދުގެ ދައުރާނާ އަށް ބަލާއިރު، ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ހުންނާނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ވެސް ފުރިހަމަވުމުންނެވެ. ނުވަތަ ފަލަކީ އިޞްޠިލާޙުގައި ކިޔާ ގޮތުން ނަމަ، އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އިރާއި ހަނދާއި ބިން، އިޤްތިރާން (ކޮންޖަންކްޝަން) ވެފައިވާ ނަމަ އެވެ. އެހެންވެއްޖެ ނަމަ އެއީ 29 ދުވަހުގެ މައްސަރެކެވެ.

ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ނުހުންނަނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި ވިޔަސް، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ފުރިހަމަ ނުވަތީއެވެ. އެހެންކަމުން އެއީ 30 ދުވަހުގެ މައްސަރެކެވެ.

ހިނގަމުން މިދާ ޝައުބާން މަސް ފަލަކީ ގޮތުން ފެށުނީ، ހުސްވި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:35 ގަ އެވެ. އެހެންކަމުން، މި ހިނގާ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު (އިއްޔެ)ގެ ހަވީރު 5:35 އަށް، ޝަޢުބާން މަހުގެ ހަނދުގެ އުމުރުން ބަރާބަރު 29 ދުވަސް ހަމަވީ އެވެ.

ނަމަވެސް، ހުސްވި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:35 ގައި، ބިމުގެ ވަށައިގެން ހަނދު ޖަހަން ފެށި ބުރު މުޅިން ފުރިހަމަވެ، ފަލަކީ ގޮތުން ޝަޢުބާން މަސް ނިމުނީ، ފެބްރުއަރީ މަހުން 28 ވަނަ ދުވަހު (މިއަދު) ރާއްޖޭ ގަޑިން ފަތިހު 5:44 ގައެވެ. އެހެންކަމުން، މި އަހަރުގެ ޝަޢުބާން މަސް އެ ނިމުނީ 29 ދުވަހާއި 12 ގަޑިއިރާއި 9 މިނެޓުންނެވެ.

އިރު ހަނދާއި ތަރިތަކުގެ ދައުރާނާގައި، އެއް މަސް ނިމުމާއި އަނެއް މަސް ފެށުމާ ދެމެދު ވަގުތުގެ ހުސްކަމެއް ނާންނާނެ އެވެ. އެއް މަހުން އަނެއް މަހަށް ނަގުލުވުމުގައި ވަގުތުގެ ހުސްކަމެއް އައުމަކީ، އިލާހީ ސުންނަތާ ހިލާފު މުސްތަހީލު ކަމަކަށް ވާތީ، ފަލަކީ ގޮތުން ޝަޢުބާން މަސް ނިމުމާ އެކު، ފަލަކީ ގޮތުން ރަމަޟާން މަސް ވެސް ފެށޭނެ އެވެ. މާނައަކީ، މިއަދުގެ ފަތިހު 5:44 ގައި ޝައުބާން މަސް ނިމުމާ އެކު، ފަލަކީ ގޮތުން ދެން ހުންނާނީ ރަމަޟާން މަހުގެ ހަނދެވެ.

އެހެންކަމުން، ދެން ބަލަންޖެހެނީ މިއަދުގެ އިރު އޮއްސޭ ވަގުތު، ޝަރުއީ ހަމަތަކުގެ މަތިން ޝަޢުބާން މަސް ނިމޭތޯ އެވެ. އެއީ އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުރުމެވެ. ލޮލަށް ހަނދު ފެންނާނީ އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުރުމުންނެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދުގެ އިރު އޮއްސޭ އިރު ހަނދު އުދަރެހުން މަތީގައި ހުންނާނެ އެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށާއި އެންމެ ހުޅަނގުން ހދ. މަކުނުދު އަށް ވެސް، މިއަދުގެ އިރު އޮއްސުމަށް ފަހުގައި 26 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. އަދި ރާއްޖޭގެ އެންމެ އިރުމަތިން، ކ. ދިއްފުށްޓަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި 25 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިތަދު އަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު 28 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށާއި އެންމެ ހުޅަނގުން ހދ. މަކުނުދު އަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި 26 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. އަދި ރާއްޖޭގެ އެންމެ އިރުމަތިން، ކ. ދިއްފުށްޓަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި 25 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިތަދު އަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު 28 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

މި ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު އޮއްސުމާ ދެމެދު 25 މިނެޓާއި 28 މިނެޓާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ. އެހެންކަމުން، އުޑުމަތި ސާފު ދުވަހެއް ނަމަ ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އެބަ އޮތެވެ. މި ފުރުސަތު އެންމެ ބޮޑީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށާއި އަތޮޅުތަކުގެ ހުޅަނގު ބިތުގައި ހުރި ރަށްތަކަށެވެ.

އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމަތީގައި އޮތް ބުރޫނާއީ އާއި އިންޑޮނީޝިޔާގެ ޖަކާޓާ އަށް، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، 20 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. މައްކާ އާއި މަދީނާއަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި، 34 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. ތުރުކީ ވިލާތުގެ އިސްތަންބޫލަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި، 40 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. މިސްރުގެ އިސްކަންދަރިއްޔާ އަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި، 37 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. މަޣްރިބުގެ ވެރިރަށް ރަބާޠަށާއި ސެނެގޯލްގެ ވެރިރަށް ޑަކާރް އަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި، 45 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ.

މި ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ އިރުމަތީގައިވާ ބުރުނާއާއި އިންޑޮނީޝިޔާ އިން ފެށިގެން އެންމެ ހުޅަނގުގައި އޮންނަ މަޣްރިބާއި ސެނެގޯލާ ދެމެދުގައި ހުރި ހުރިހާ ގައުމަކަށް ވެސް، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. އިރުމަތީގައި ހުރި ގައުމުތަކަށް ވުރެ، ހަނދު ފެނުމުގެ ފުރުސަތު ބޮޑީ ރާއްޖެއަށާއި ރާއްޖެ އަށް ވުރެ ހުޅަނގުގައި ހުރި ގައުމުތަކަށެވެ.

ފަލަކީ ގޮތުން އައު ހަނދު އުފަންވާ ވަގުތަށް (އިޤްތިރާން ނުވަތަ ކޮންޖަންކްޝަންވާ ވަގުތަށް)، ރިއާޔަތް ކުރާއިރު، އެންމެ އިރުމަތީގައި އޮތް ބުރޫނާއީ އަށް ވެސް މިއަދުގެ ހެނދުނު 8:44 ގައި އައު ހަނދު އުފަންވެއްޖެ އެވެ. އިންޑޮނީޝިޔާއަށް ވެސް މިއަދުގެ ހެނދުނު 7:44 ގަ އެވެ. އައު ހަނދު އުފަންވީ ރާއްޖޭ ގަޑިން މިއަދު ފަތިހު 5:44 ގަ އެވެ.

ރާއްޖެ އަށް ވުރެ ހުޅަނގުގައި ހުރި ގައުމުތަކަށް ބަލާއިރު، އައު ހަނދު އުފަންވުމާއި އިރު އޮއްސުމާ ދެމެދު މިއަށް ވުރެ ވެސް ގިނަ ވަގުތު އެ ގައުމުތަކަށް ލިބެ އެވެ. އައު ހަނދު އުފަންވި އިރު، މައްކާ އާއި މަދީނާ އަށް އެއީ ރޭގެ މެންދަމުން އަލިވެ 3:44 އެވެ. ތުރުކީ ވިލާތަށް އެއީ ރޭގެ މެންދަމުން އަލިވެ 3:44 އެވެ. މިސްރަށް އެއީ ރޭގެ މެންދަމުން އަލިވެ 2:44 އެވެ. މަޣްރިބާއި ސެނެގޯލް އަށް އެއީ ރޭގެ މެންދަމު 12:44 އެވެ.

ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި މައްކާ އާއި މަދީނާ އަށް މިއަދުގެ އިރު އޮއްސެނީ، އައު ހަނދު އުފަންވިތާ 15 ގަޑިއިރު ފަހުންނެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި 34 މިނެޓް ވަންދެން، އުދަރެހުން މަތީގައި ހަނދު ހުންނާނެތީ، ހަނދު ފެނުމުގެ ފުރުސަތު ސައޫދީ އަށް ވަރަށް ބޮޑެވެ. މައްކާ އާއި މަދީނާ އަށް މިއަދުގެ އިރު އޮއްސޭ ވަގުތު، ހަނދު ހުންނާނީ އުދަރެހުން 8.5 ދަރަޖަ އުހުގަ އެވެ.

އެހެންކަމުން، އުޑުމަތި ސާފުވެފައި، ހިރަފުހާއި ދުމުގެ އަސަރު ކުޑަ ނަމަ، މައްކާ އާއި މަދީނާ އަށް ހަނދު ފެނުމުގެ ފުރުސަތު، ރާއްޖެ އާއި އިރުމަތީގައި ހުރި އެހެން ގައުމުތަކަށް ވުރެ ވެސް ބޮޑުވާނެ އެވެ. މަޣްރިބާއި ސެނެގޯލަށް އިރު އޮއްސޭ ވަގުތު، ހަނދު ހުންނާނީ 11.25 ދަރަޖަ އުހުގައި ކަމަށް ވާތީ، އިސްލާމީ ގައުމުތަކުގެ ތެރެއިން، މިރޭ ހަނދު ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އެ ދެ ގައުމަށެވެ.

ސަބަބަކީ އިރު އޮއްސޭ ވަގުތު ހަނދާއި އުދަރެހާ ދެމެދު ހުންނަ އުސްމިން ބޮޑުވި ވަރަކަށް، އިރުގެ ދަޅަގަނޑުގެ ތެރެއިން ހަނދު ނެއްޓިފައި ހުންނަ މިންވަރު ބޮޑުވާނެތީ އެވެ. މަހުގެ ހުޅެވި ހަނދު ހަމަލޮލަށް ފެނުމުގެ ފުރުސަތު ބޮޑުވަނީ އޮއްސިގެންދާ އިރުގެ ދަޅަގަނޑުގެ ތެރެއިން ހަނދު ނެއްޓިފައި ހުންނަ މިންވަރު ބޮޑުވި ވަރަކަށެވެ.

އެހެންކަމުން ފެބްރުއަރީ 28، 2025 ވާ ހުކުރު ދުވަހަކީ، 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އަދި 1446 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހަށް ވާނީ، މާޗު 1، 2025 ވާ ހޮނިހިރު ދުވަހެވެ. ފަލަކީ ގޮތުން އެކަން ކަށަވަރުވާ އިރު، ޝަރުއީ ހަމަތަކުގެ މަތިން، ލޮލަށް ފެނިގެން ހަނދު ސާބިތުކުރާ ގައުމުތަކަށް ވެސް، މިރޭ ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

12 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 87%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް /

28 February 2025

ސާބަހޭ އުސްތާދް އަހްމަދު.އަބަދުވެސް "ހަނދަ ކަބަރު" ނެގުމުގަ އެންމެ އިތުބާރުހިފޭ މަސްދަރެއްގެ ގޮތުގަ އަހަރެންބަލަނީ އަހްމަދުގެ އާޓިކަލްތައް.ޝުކުރިއްޔާ މިފަދަ އިލްމީލިޔުންތައް އަހަރުމެންނަށް ކޮންމެ އަހަރަކު "ހަނދަ ކަބަރުގެ" ގޮތުގަ ގެނެސްދޭތީވެ.ރޯދަމަހުގެ ހެޔޮ އެދުންތައް ހުރިހާ މުސްލިމުންނަށް ފޮނުވަން.ވ.ވެދުން

The name is already taken The name is available. Register?

ރތ ރއޖ

28 February 2025

ރީތި ފުރިހަމަ ލިޔުމެއް

The name is already taken The name is available. Register?

ކިމް

28 February 2025

މިހާރު ހަނދު ބަލައި އުޅެނީ ކަލަންޑަރުން. އެހެންވީމަ ފެންނާނެ

The name is already taken The name is available. Register?

މަވާސަލާމް

28 February 2025

އަހަރުމެން ބަލާނީ ރައީސް މައުމޫން ވިދާޅުވާ އެއްޗަކަށް.

The name is already taken The name is available. Register?

ތާކިހާ

28 February 2025

އާނ... ތެދުފުޅެއް. މިއަދު ވަރައް ވިއްސާރަ + ވަރައް ބިލާ ބޯ. އެހެންވީމާ މިރޭ ހަނދު ފެނުމުގެ ފުރުސަތު ބޮޑު

The name is already taken The name is available. Register?

ސަމީ

28 February 2025

ރާއްޖޭގެ އެންމެ އިރުމަތީގަ އޮންނަނީ ވ. ފޮއްތެޔޮބޮޑުފުށި..

The name is already taken The name is available. Register?

ބަލާށޭ

28 February 2025

ރޯދަ މަހަކީ ކުޅިވަރުގެ މަހެއް ނޫނޭ އެކަން ސަރުކާރުން ޓީވީއެމް ބޯރޑަށް އަންގާ އެތަނުގެ ޕްރޮގްރާމް ތައް އިސްލާހު ކުރާށޭ ރާއްޖޭގެ ރައްޔިތުން މަގު ފުރަައްދަން ބާރު އަޅާ ތަނަކަށް ޓީވީއެމްވަނީ ބަދަލު ވެފައޭ އަދި ރޯދަ މަހަކީ ދެބަނޑަށް ކާންޖެހޭ ވެސް މަހެއް ނޫނޭ ކައްކާ ޕްތޮގްރާމް ތައް ވެސް ގެނެސްދޭން ނުޖެހޭ ޓީވީއެމް އަކީ ހިންދީ ރާގަށް ހަދާފައިވާ ކޮޕީ ކެޓް ދިވެހި ލަވަތައް ޕްރޮމޯޓް ކުރަންވެސް ހުންނަ ތަނެއް ނޫނޭ ތައްލީމް ކުރިއަރުވަން އެތަން ހުންނަންވީ

The name is already taken The name is available. Register?

ދޫކުރާށޭ

28 February 2025

ރޯދަ މަހު ސަރުކާރުން ކޮތަޅު ޓެކްސް އުވާލަންވީއޭ އެއީ ޔަގީނުންވެސް ސަރުކާރުން ވެފައިވާ ވައުދެކޭ އެ ވައުދު ފުއްދަން ޖެހޭނެއޭ މިނިސްޓަރަކަށް ރައްޔިތުން ވޯޓް ނުދެއޭ ރޯދަ މަހަކީ ސަރުކާރުން އިގްތިސާދީ ކަންކަން ކުރަން ޖެހޭނެ މަހޭ މާލެ އިރުމަތި ފަރާތުން އޮތް ފަޜު އެއްކޮށް ހިއްކާލާ މާލެ ބޮޑު ކުރާށޭ ޗައިނާ ފްރީ ޓްރޭޑް ޒޯނެއް މާލެ އަށް ބިން އިތުރު ކޮށްގެން ހަދާށޭ އާރޓިފިޝަލް ބީޗް ގައި ސަރުކާރުގެ އޮފީސް ކޮމްޕްލެކްސް އަޅާށޭ ކުއްޔަށް ހިފާފައިވާ ތަންތަން

The name is already taken The name is available. Register?

ވިސްނާށޭ

28 February 2025

ބަރަކާތްތެރި ރޯދަ މަސް އައުމުން ޓީވީއެމް އިން ހީވަނީ ރޯދަ މަސް އެއީ ނާޗަރަނގީ ކުޅޭ މަހެއް ކަމަށް ދައްކަން ވަރަށް ބޮޑަށް މަސައްކަތް ދަނީ ކުރަމުންނޭ ކުޅިވަރާއި މުނި ފޫހި ފިލުވުމުގެ އެއްވެސް ޕްރޮގްރާމެއް ނުޖެހޭނެއޭ ދައްކަން ޓީވީއެމް އިން ބަދަލުގައި ދީނީ ތައްލީމާއި އިސްލާމް ދީނުގެ މުހިއްމު ކަމާއި އިސްލާމީ ސައެންސް ގެނެސްދީ އަދި ސްޓެމް ސަބްޖެކްޓްސް ތައް ކިޔަވާދޭން ހިތްވަރު ދޭން ޖެހޭނީ ވަރަށް ބޯދާ ޖާހިލުން ކުރާ ކަންކަން ރޯދަ މަހު ޓީވީއެމް އިން ކުރަނީ.

The name is already taken The name is available. Register?

ސަސި

28 February 2025

މިވަރަށްވާނެ، މައުލޫމާތު ހިމަނަން

The name is already taken The name is available. Register?

ސުސީ

28 February 2025

އެކަމު ނިކަންބަލާބަލަ ކުޅަދުންވަންތަވެރިކަން. ނުލާހިކު ރީތިކޮށް އޮތްމޫސުމެއް ހަނދުބަލާ ދުވަހަށް މިވަނީ ބަނަވެފައި. އިމްތިޙާނެއް ނޫންބާ. އަހަރެމެންނަށް އަންގަވާފައިވަނީ ހަނދު ފެނިއްޖެނަމަ ރޯދަހިފުމަށް. އެހެންވީމަ މިފަހަރު ބަލާނީ މިއެންގެވުމަށް ތޯ ނުވަތަ ފަލަކީ ހިސާބަށްތޯ ؟

The name is already taken The name is available. Register?

ދެށެނާ

28 February 2025

ވަރަށް ފުރިހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454