ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް:
01 މާޗް 2025 - 09:00
ބީއެމްއެލްއިން ރޯދަ މަހު އެކި ފިހާރަތަކާ އެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ރަން ފުރުސަތު" ޕްރޮމޯޝަނުގައި އިތުރު ތިން ފިހާރައަކުން ބައިވެރިވެއްޖެ އެވެ.
އެއީ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ފިހާރަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ތިން ފިހާރައިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު 2،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ ފިހާރަތަކުން 300ރ. އިން މަތީގެ ވިޔަފާރިކޮށްގެންނެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަހުގެ ނިޔަލަށެވެ.
ބީއެމްއެލްގެ "ރަން ފުރުސަތު" ޕްރޮމޯޝަން އެސްޓީއޯގެ ފިހާރަތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy