ހުޅުމާލޭގައި ހުޅުވި ރެޕިއުޓް ފިހާރަ.
01 މާޗް 2025 - 09:01
ގިނަ ބްރޭންޑުތަކެއްގެ ކޮސްމެޓިކްސް ފުޅާ ދާއިރާއެއްގައި ވިއްކާ ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
އެ ފިހާރަ ހުޅުވީ ހުޅުމާލޭގައި ހުންނަ ރޫޓު ފިހާރައާ ޖެހިގެން ހިތިގަސް މަގުގަ އެވެ. ރެޕިއުޓްގެ ދެ ވަނަ ފިހާރައެއް ހުޅުވީ އެތަނުން ބުނި ގޮތުގައި ކަސްޓަމަރުންގެ މަގުބޫލުކަން އިތުރުވަމުން ދާތީ އެވެ.
މި ފިހާރައިގައި ބައިނަލްއަގުވާމީ މަޝްހޫރު އެކި ބްރޭންޑުތަކުގެ ގިނަ އަދަދެއްގެ ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި މޭކަޕް ޕްރޮޑަކްޓުތަކާއި ސްކިންކެއާ އާއި ހެއާކެއާ ޕްރޮޑަކްޓުތައް އަދި ތަފާތު އެކި ކޮސްމެޓިކްސް ޕްރޮޑަކްޓުތައް ހުރެ އެވެ.
ރެޕިއުޓްގައި ވިއްކާ މަގުބޫލު މޭކަޕް ބްރޭންޑުތަކުގެ ތެރޭގައި ލޯރިއަލް، މޭބަލީން، ލަރޯޝް ޕޮސޭ، ރެވްލޯން، އެލްއޭ ގާލް، ނިކްސް ކޮސްމެޓިކްސް، ސަމާ ފްރައިޑޭއިސް، އެލްފް، ޝީގްލޭމް އަދި ރެވްލޫޝަން ފަދަ ބްރޭންޑުތައް ހިމެނެ އެވެ. އެ ތަނުގައި ވިއްކާ މަގުބޫލު ސްކިންކެއާ ބްރޭންޑުތަކުގެ ތެރޭގައި އަނުއާ، އަބީބް، ސެންޓެލާ، މެޑިކިއުބްގެ އިތުރުން ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑުވަމުންދާ ކޮރެއަން ސްކިންކެއާ ބްރޭންޑްތައްވެސް ހިމެނެއެވެ. އަދި ކުޑަކުދިންގެ ހަމުގެ މައްސަލަތަކަށް ހާއްސަ ސްކިންކެއާ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.
ރެޕިއުޓް ފިހާރައިގެ އެތެރެ.
ރެޕިއުޓްގައި މަގުބޫލު އެކި ބްރޭންޑުތަކުގެ ސެންޓާއި ބޮޑީ މިސްޓު އަދި ބޮޑީ ސްޕްރޭ ވެސް ހުރެ އެވެ. މި ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކަކީ އޮރިޖިނަލް ޕްރޮޑަކްޓުތަކެއް ކަމަށް ރެޕިއުޓްއިން ބުނެ އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ މެދުގައި މަގުބޫލުކަން ލިބުނީ އެ ސަބަބާ ހުރެކަމަށް ވެސް ބުންޏެވެ.
ރެޕިއުޓްއިން ބުނީ ދެ ވަނަ ފިހާރައެއް ހުޅުވީ ވެސް ކަސްޓަމަރުންގެ ޑިމާންޑު އިތުރުވަމުން ދާތީ ކަމަށެވެ. އަދި އެ ފިހާރައިން ވިޔަފާރިކުރަން ބޭނުންވާ ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފަސޭހައިން މިހާރު ވިޔަފާރު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ރެޕިއުޓްގެ މާލެ ފިހާރަ ހުންނަނީ މަޖީދީމަގު، މާފަންނު ސަހަރާ ކައިރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy