އިމްރާން 2015 ވަނަ އަހަރު ދިވެހި ލީގުގެ އައްޑަނަ ނިއުއާ އެކު އުފުލާލަނީ. --ފޮޓޯ: ނިއު ރޭޑިއަންޓް
13 މާޗް 2017 - 13:54
ނިއު ރޭޑިއަންޓާ ހަވާލުވާން ރާއްޖެ އައިސް އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފެނުނީ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ހުނަރާއި ފެންވަރު ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މާދަމަރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ޓަވަރޭސް ބުނީ އެ ޓީމުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އާއި އަލީ ފާސިރު (ސެންޓޭ) ގެ ވާހަކަދައްކަންޏާ އިމްރާނުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށާއި އޭނާ އަކީ ވަރަށް ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށެވެ.
"އަހަރެން ރާއްޖެ އައުމުގެ ކުރިން އޭޝިއާގައި އެހެން ގައުމެއްގައި ދެ ސީޒަން މަސައްކަތްކުރިން. އަހަންނަން ރާއްޖޭން އެންމެ ހައިރާންކުރުވަނިވި ކަމަށް ފެނުނީ ކީޕަރު އިމްރާނުގެ ފެންވަރު. އޭޝިއާގައި ކީޕަރުންގެ ފެންވަރު ކުޑަކޮޮށް ދަށް. އެހެން އެކަން އޮއްވާ ރާއްޖޭގެ މި ކީޕަރުގެ ހުނަރު ފެނުމުން ވަރަށް ހައިރާންވި،" ޓަވަރޭސް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ދެ މެޗުން ނިއު މޮޅުވުމުގައި އިމްރާނުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އޭނާގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ގަލާޑޯ އާއި އެފަދަ މުހިއްމު ކުޅުންތެރިންގެ ވާހަކަދައްކާއިރު އިމްރާނުގެ ވާހަކަދައްކަން ޖެހޭނެ. މި ޓީމު މޮޅުވާނީ އެއްކޮށް. މި ޓީމު އެއްވަރުވާނީ ވެސް ބަލިވާނީ ވެސް އެއްކޮށް. އަހަރެމެން އެޓޭކްކޮށް ޑިފެންސްކުރަނީ ވެސް އެއްކޮށް،" ޓަވަރޭސް ބުންޏެވެ.
ނިއުގެ ކޯޗު ޓަވަރެސް ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓަވަރޭސް ބުނީ އިމްރާން ދިވެހި ފުޓްބޯޅައިން ދުރުވާ މަންޒަރު ބަލަން ވަރަށް އުނދަގޫވާނެ ކަމަށާއި އޭނާ އަކީ އަޖާއިބެއް ފަދަ ކުޅުންތެރިޔެއް ކަމަށެވެ.
"ދިވެހި ކުޅުންތެރިޔެއްގެ ފަރާތުން އެފަދަ ހުނަރެއް ފެންނާތީ އަހަރެން އުފާވޭ. އަހަރެން އުއްމީދުކުރަން އޭނާ ފަދަ ކުޅުންތެރިޔެއް ގައުމީ ޓީމަށް ކުރިއަށް އޮތްތަނުގައި ލިބޭނެ ކަމަށް. އޭނާ ދިވެހި ފުޓްބޯޅަ ދޫކޮށްލާ މަންޒަރު ބަލަން ވަރަށް އުނދަގޫވާނެ. އޭނާ އަކީ މޮޅު ލީޑަރެއް އަދި މޮޅު ކުޅުންތެރިޔެއް،" ޓަވަރޭސް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި އިމްރާން ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެންމެ ފަހުގެ ހަތް ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ގޯލް ބަލަހައްޓައި 2008 ގެ މުބާރާތް ޓީމާ އެކު ކާމިޔާބުކުރި އިމްރާނަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
14 March 2017
އިމްރާން ލިބުމަކީ މިއަހަރު ނިއުއަށް ލިބުނު އެންމެ އަގުހުރި އިތުބާރު ކުޅުންތެރިޔާ! ޓީމެއް ޓީމަކަށްވެ ކުރިއަރައިގެންދާނީ ޓީމުގެ ހަމަ ހުރިހާކުޅުންތެރީންގެ ހިތްވަރާއި ފަންވަރުން! އެކަމަކުވެސް އިމްރާންއަކީ ތަފާތު މޮޅުހުނަރެއް ދައްކަމުންދާ ކުޅުންތެރިއެއް! ހަގީގަތުގާ އިމްރާން ހުރެއްޖެނަމަ ފަހަތަށް ހަމަ ބޯޅައެއްއަޔަކަސް އެހާ ޖެހިލުމެއްނުވޭ! އެކަމަކު 10 ކުޅުންތެރީން ނައްޓުވާފާއައިސް އިމްރާންކައިރިންވެސް ބޯޅަ ވަންނާނޭކަމުގާ ގަބޫލުކުރެވޭ! އިމްރާންހަމަ ތަފާތީ! އަޚުލާގްވެސް ރަނގަޅީ! -އިބްރާހީމް-
އަހްމަދު
14 March 2017
އިމްރާނަކީ ވަރަށް ޑިސިޕުލިން ރަގަޅު ކުޅުންތެރިޔެއް..ވަރުގަދަ ލީޑަރެއް.
ހޯރަ
13 March 2017
ޓަވަރޭސް ގެ ދެގޮތެއް ނުވާ ހިނިތުންވެސް. އަބަދުވެސް ފެންނަނި މޫނުމަތިން ހިނިތުންވުން. ވަރަށް ބޮނޑަށް ފާހަގަ ކުރެވޭ. ނިއުގެ ސަފޯޓަރެއްވީމަ ވަރަށް ފަހަރުވެރިވޭ މި ފަދަ އަހުލާގު ރަގަޅު ކޯޗަކު ނިއުގަ ހުރީމަ.
ނަން ޖެހޭކަށް ނެތް
13 March 2017
ކޯޗު ހައިރާނެއް ނުތޭތަ އަޅެ ތިޔަ ޓީމްގެ ޖެނެރަލް ސެކްރެޓަރީ ފެނިގެނެއް؟ ރޮސްޓްރަމްމަތީ އިނދެ، ވޯލް ހަދަންވީ ކުޅުންތެރިން ކިޔާދިން އަޑު އިވުނު ނަމަ ހަމަ ޔަގީން ކޯޗު ހައިރާންވީސްކަން.
ޑުރައިވަރ
13 March 2017
މި ގަރުނުގަވެސް އުފެދުނު އެއްމެ މޮޅު ދިވެހި ގޯލުކީފަރަކީ އިމްރާނު. އިމްރާނަކީ ނަމޫނާ ކީފަރެއް. އަޅުގަނޑަށް ފެންނަނި އިމްރާނު ކީފަރުން ތަމްރީނު ކުރާ އެކަޑަމީއެއް ހުޅުވަން. ސޮފޮންސަރ ލިބޭނެ ބޯކޮށް..
ޓޮޓީ
13 March 2017
އިންމަ ތީ ހަމަ ނިއު އަށް ލިބުނު އަގުހުރި ޖަވާހިރެއް ފަދަ ލީޑަރެއް.
މޫސަ މާލެ
13 March 2017
އިމްރާން އަހަންނަކީ އިމްރާނުގެ ވވވވ. ގައި ސަޕޯޓަރެއް ހެއުނުވާނެ އަދިވެސް ތިވަރެއް ނެތް ޤައުމީޓީމަށް ކުޅުން ހުއްޓާލީމާ ވވވ. ދެރަވެފަ މިހުރީ އަދި ތިޔަ ވިސްނުން ބަދަލަކުޮށް ނުލެވޭނެތަ މުޅިޤައުމުއެދެނީ ތިޔަ ކުޅުން ތެރިޔާއަށް ޕްލީޒް...........
އައިލޭންޑްސް
13 March 2017
ހިތާމައަކީ އިމްރާނު ފަދަ ކުޅުންތެރިއަކު ގައުމީޓީމުން ރިޓަޔާ ކުރިއިރު ގިނަޓީމުތަކުގެ ގޯލު ބަލަހައްޓަން ބޭރުމީހުން ތިބިކަން. މީ އެފްއޭއެމް އަދި ކުލަބުތަކުން ވަރަށް ވިސްނަންޖެހޭނެ ކަމެއް. ކުރިއަށް އޮތީ ސާފްޗެންޕިއަންޝިޕް.
ބަރާބަރު
13 March 2017
އިމްރާން އެއީ ހަމަ ބެސްޓެއްނު!