02 މާޗް 2025 - 04:51
ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ މިއަދަކީ (މާޗު 2) ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
"މެދުނުކެނޑި ބޯކޮށް ވާރޭ ވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ ތަކުލީފުތަކެއް ލިބިފައިވާތީ 2 މާޗު 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ދެންމެ ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން އެހެން ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ވަނީ ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ފެންވަދެފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު ހަތެއް ޖަހަންދެން ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮލާލު
02 March 2025
ކޮބާ މިޔަދު ވިއްސާރަވެގެން ސިވިލް އަދި ސިޔާސީމިީހުން ކޮބާ ސިފައިނާ ފުލުހުން އެތިބީ އަދި ބާކީ ނިކަމެތި ރައްއިތުން އެކި އެކި ޑިއުޓީ ތަކުގަ މުސާރަ ބޮޑުކުރީމަ މައްސަލަ ބޮޑުވީ
އޮނަރަބްލް އަފީފު ދީދީ
02 March 2025
ކ.މާލެއަށް ކަމެއް ދިމާވާއިރަށް ޤައުމު ހުއްޓެންޖެހޭތޯ؟ ތިމާމެންގެއަމިއްލައެދުމަށް ތިމާމެންގެރަށުގައި ބާރުބާއްވަން ބޭވުންވިބަޔަކު ޤާނޫނުއަސާސީގެ ފުރަތަމަބާބުގެ 14 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ވެރިކަންކުރާރަށަކީ މާލެކަމަށް" ކަޑައަޅާފައިވުމުން (ދިމާވާ ޤުދުރަތީކާރިސާއެއް ނުވަތަ އެހެން ޙާދިސާއެއްގެސަބަބުން ނަމަވެސް) ނިކުމެދާނެ ޤާނޫނީ މައްސަލައަކަށް އެއްވެސްވަރަކަށް ވިސްނާފައިވޭތޯ؟ މާލެނެތްނަމަ ހަދާނީ ކިހިނެއް؟! ވެރިރަށެއްނެތި ވެރިޔާ މަގުމަތިވާނީތޯ؟!
ނިމާލް ހަސަން
02 March 2025
ޝުކުރިއްޔާ ވަރަށް ބޮޑަށް. މީ ލިބުނު ބޮޑު ލުޔެއް
މުލޭ
02 March 2025
މިފަދަ ކަންކަން މެދުވެރިކުރައްވަނީ ދިރިތިބީންނަށް އިމްތިޙާނެއްގެ ގޮތުގައި. ޝުކުރުކޮށް ކެތްތެރިވާ މީހުންގެ ތެރެއިން މާތްﷲ އަޅަމެން ލައްވާންދެއެވެ.
ބަންދު ބަންދު
02 March 2025
އަދި އަވަސް ސަރުކާރު ބަންދުކުރިކަން އަންގަން.
ާމުއިޖު
02 March 2025
ރާއްޖެ ގަ ވެސް ދިރިއުޅެއް މިޖެހެނީ ސަރުކާރު މީހުން
އަހް
02 March 2025
ސަރުކާރު ވަޒީފާގައި މުސާރަ ދަށް ވިޔަސް އުޅެނީ ކޮންމެވެސް ކަމެއް ވީމަ.