ފެން ޕްލާންޓު ހެދުމަށް ބޭނުންވާ ތަކެތި މާލެއިން އެ ރަށަަށް މިރޭ ފޮނުވަނީ
ފެނަކަ: ފެން ފްލާންޓު ހަލާކުވެ ރެއިންސުރެ ފޮނަދޫގެ ބައެއް ގެތަކުގައި ފެން ނެތް ކަމަށް ކައުންސިލުން ބުނޭ.
02 މާޗް 2025 - 19:55
ލ. ފޮނަދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެ ރަށުން ފެން ކެނޑިއްޖެ އެވެ.
ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު، "މިހާރު" އަށް ވިދާޅުވީ ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން މީގެ ހަފްތާއެއްހާ ކުރިން ހުއްޓިފައިވާ ކަމަށެވެ. އެހެންވެ، އެކަން މިދިޔަ ހަފްތާއިން ފެށިގެން ފެނަކައަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފެން ޕްލާންޓުގައި ރައްކާކޮށްފައިވާ ހުރި ފެންތައް ވެސް މިހާރު ވަނީ ހުސްވެފަ އެވެ. އެހެންވެ، ހަމައެކަނި އެ ފެން ބޭނުންކުރާ ފަރާތްތަކަށް އޭގެ ދަތިތިވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އެކަމަކު އާބާދީގައި 3،000 އަށް ވުރެެ ގިނަ މީހުން އުޅެމުން އަންނަ ފޮނަދޫގެ ގިނަ ގޭގައި ދެ ވައްތަރުގެ ފެން ލިބެ އެވެ.
"އަސްލު މިހިސާބަށް މިދިޔައީ މެއިން އޮފީހަށް އަންގައިގެން ތިއްބާ،" ރިޔާޒު ވިދާޅުވި އެވެ.
ޜިޔާޒު ވިދާޅުވި ގޮތުގައި ރޭ ދަންވަރުން ފެށިގެން ޕްލާންޓު ފެން ލިބުން ހުއްޓިފައިވާއިރު ބައެއް ގެތަކަށް އޭގެ ދަތިކަން އެބަ އޮތެވެ.
"މޯޓަރު ބަހައްޓައިގެން އުޅޭ މީހުންނަށް ފެން ލިބޭނެ. ދެ ފެން ލިބޭ ގޭގޭ ގިނަ ވާނީ. އެކަމަކު ވަރަށް މަދު ބަޔަކު އަނެއްހެން ހުންނާނީ ސީދާ އެޔަށް ޑިޕެންޑުވާ [ޕްލާންޓު ފެނަށް]،" އޭނާ ވިދާޅުވި އެވެ.
"އެންމެން އެ ފެނަށް ޑިޕެންޑު ނުވާތީ ބޮޑު ކަމަކަށް ނުވެދާނެ. އެކަމަކު ރަށުގައި މި ޕްލާންޓު ފެނަށް ޑިޕެންޑު ވެގެން އުޅޭ މީހުން އެބަ ތިބި. އެހެންވީމަ އެ މީހުންނަށް ހަމަ ދަތިކަން އެބަ އޮތް."
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފޮނަދޫގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
ފެން ޕްލާންޓު ހެދުމަށް ބޭނުންވާ ތަކެތި މާލެއިން އެ ރަށަަށް މިރޭ ފޮނުވައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ
03 March 2025
ކޮބާ އަދުރޭ؟
ކާރިސާ
03 March 2025
މާލޭން ފެންކެނޑުނީމާ އިއުލާނުކުރީ ޤައުމީ ކާރިސާއެއް ކަމަށް. ޤައުމަކާ ވާބެހޭ ކަމެއްވެސް ނޫން. ފޮނަދޫން ފެން ކެނޑުނީމާ، ބެހޭ އެކަކުވެސް ނެތް. ކާރިސާއަކަށް ވެސް ނުވޭ. އިންސާނީ ހަމަހަމަ ކަމަކީ މިޒާތުގެ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
02 March 2025
ފެނަކަ ކުންފުންޏަކީ މާލޭގައިތިބި ޕާޓީގެ ބޮޑުންނަށް އެއްވެސް މަސައްކަތެއްނުކޮށް މުސާރަދޭންވެގެން ހިންގާ ކުންފުންޏެއް.ކުންފުނީގެ އެންމެބޮޑު ވިޔަފާރިއޮތް އަދި ކުންފުންޏަށް އެންމެ ފައިދާލިބޭ އައްޑޫސިޓީ އަށް ބޭނުންވާ ކަރަންޓް އުފެއްދޭނެގޮތް ނެހެދި އައްޑޫގެ 4 ޖެނަރޭޓަރަށް ސުޕެއަރ ނުލިބިގެން އައްޑޫގެ އަވަށްތަކުން ދެ ގަޑިން ދެ ގަނޑިން ކަރަންޓް ކަޑާއިރު އެއްވެސް ކަމެއް ކުރަން ނުޖެހޭ އެތައް ސަތޭކަ މީހުން މާލޭ ހުންނަ ފެނަކަ އޮފީހަށް ވައްދާފަައި އެބަތިބި.
ބކރ މއއސސއއ
02 March 2025
ދެދުވަސް، ހަފްތާއެއް، ޤަރުނެއް ވިޔަސް ދެރަ ނިކަމެތި ރައްޔިތުންގެ ކަންތަކުގަ މާދަން، އަންނަނީ، ފަހަތުފަޔައް ބުރަވެގެން ގޮސް ހަދާންނެތި ފަސޭހަކޮއްލަން ކާޕެޓު ދަށައް ކަހާލާނީ ވެރިން. ހެޔޮލަފާ ވެރިން.. ކކކކ. ވޯޓްލާންވީމަ ގައިގަ އޮންނަނީ ތައްލާފަ ނުނެއްޓޭވަރައް ދިވެހިބޭސްގަނޑެއް ހެން.