ލ. ފޮނަދޫ ފެނަކަ.
03 މާޗް 2025 - 12:03
ލ. ފޮނަދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އެ ރަށަށް ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ފޮނަދޫ ފެން ޕްލާންްޓު ހަލާކުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރެވެެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އަލުން ފަށާފައިވާ ކަމަށެވެ.
ފެނަކައިން ވަނީ ފެން ޕްލާންޓް ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގައި މޯލްޑިވިއަނުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފޮނަދޫ މީހުންގެ ކެތްތެރިކަމާއި ނަމޫނާ އަށް ވެސް އެ ކުންފުނިން ޝުކުރު އަދާކުރި އެވެ.
ފޮނަދޫ ކައުންސިލުން ރޭ "މިހާރު" އަށް ބުނި ގޮތުގައި ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން ހުއްޓުނީ މީގެ ހަފްތާއެއްހާ ކުރިންނެވެ. އެހެންވެ، އެކަން މިދިޔަ ހަފްތާއިން ފެށިގެން ފެނަކައަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ފެން ޕްލާންޓުގައި ރައްކާކޮށްފައިވާ ހުރިހާ ފެނެއް މިދިޔަ ހޮނިހިރުދުވަހުގެ ރޭ ހުސްވެ، ފެނަށް ޖެހުނީ އެވެ.
އެކަމަކު އާބާދީގައި 3،000 އަށް ވުރެެ ގިނަ މީހުން އުޅެމުން އަންނަ ފޮނަދޫގެ ގިނަ ގޭގައި ދެ ވައްތަރުގެ ފެން ލިބެ އެވެ.
ފެން ޕްލާންޓަށް އެކަނި ބަރޯސާވެގެން ފެން ހޯދަމުން އައީ މަދު ގޭބިސީތަކަކުން ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފުއަލީ
03 March 2025
ށ.ފުނަދޫގެ ފެން ޕްލާންޓުން ފެންދޫކުރަން ފަށަނީ ކޮން ދުވަހަކުން ތޯ!
ޣަބީލާ
04 March 2025
އަދި 3 އަހަރު ފަހުން.