ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް: މިދިޔަ ކުއާޓަރުގައި ވެސް އެ ބޭންކުން ބޮޑު ފައިދާއެއް ހޯދި. ފޮޓޯ: ބީއެމްއެލް
03 މާޗް 2025 - 14:49
ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ "މޯ" ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެ ކަމަށެވެ. އަދި އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ.
Home - Fithr Zakaaiy 1446
Bank of Maldives PLC Payment of Fithr Zakaaiy
ޒަކާތް ދައްކާ ލިންކު
ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 ޖަހަންދެނެވެ.
ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް ފަސޭހައިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
03 March 2025
އޮންލައިންކޮށް ދައްކާ ޒަކާތުފައިސާ ލިބެނީ ހަމަ އެކަނި ކ.އަތޮޅު މާލެއަށް ތޯ؟! އައްޑޫސިޓީ ނުވަތަ ތުރާކުނުގައި ހުންނަމީހާ އޭނާގެ ބޭންކް އެޕުން ނުވަތަ ބީއެމްއެލް ޕޯޓަލް އެނޫންނަމަ މާލޭސަރުކާރު ވުޒާރާގެ ޕޯޓަލްއިން ދައްކާ ފައިސާ އެފައިސާ ދައްކާންބޭނުންވާމީހާ ދައްކާން ބޭނުންރަށަކަށް ދެއްކޭނެގޮތެއް ކުރިއަކުންނޯވޭ. މިހާރު މިކަން އޮތީ ކިހިނެއްތޯ؟ އަދިވެސް ކުރިން އޮތްގޮތަށް މިހުރިހާ ފައިސާ މާލެއަށް ޖަމާކޮށް މާލޭގައި ތިބޭ ބަޔަކަށް ބަހާނަމަ އެއީ އިންސާފު ތޯ؟