މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް
05 މާޗް 2025 - 01:59
ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން މި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވަން ކަމަށެވެ.
މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވައިފަ އެވެ.
އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަގާމުތައް ވެސް ކުރިން ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޭސް
05 March 2025
ވިސާމް އުޅުއްވަނީ ކައިވެނި ބައްލަވައިގަނެގެންތޯ؟ އާސްކިންގ ފޯރ އަ ފްރެންޑް.
ބޭބެމެން
05 March 2025
ރީތި ކަމަނާ އެއް ، ދިރިއުޅުމާއި ، ވަޒީފާ އަމިއްލައައް ނިންމަވާ
ކަނބިލި
05 March 2025
ސަޢީދު ކިހިނެއްތޯ ތިޔަ ހައްދަވަނީ. ޓީވީއަށް އަރާ ފޮނި ބައިސާ ކެނޑުމަކުން ނުފުދޭ. ކަމެއް ނުކުރެވޭތާނގައި ތަނުގައި ތިބި ގާބިލު މީހުންތައް ވެސް މަގުމަތިކުރަނީތީ
ހައްވާތު
05 March 2025
މިކާކު؟ މަގޭ ފޮޓޯއެއްވެސް ޖަހާދީބަލަ. މަށަކީވެސް ވަރަށް ނަަރީތި މީހަކީމެވެ. ގައުމަތް ޚިދުމަތްކުރާތާ 30 އަހަރުވެއްޖެއެވެ. ހުރިހާ ވ އައިސް ގަމު ދަވާލައިގެން ދަނީއެވެ. ކޮންމެ 5 އަހަރަކުން ޓީމް ބަދަލް ވެއެވެ، ކޮންމެބަޔަކުވެސް ކުރަނީ ގައުމީ ހިދުމަތެވެ، އެއީ ވައްކަން ކުރުމެވެ. ތިފޮޓޯގައި ހުރި ކަމަނާ ކުރިކަމެއް ދައްކަބަލާށެވެ، ގައުމެއްނެތެވެ. އެކޮނޮމީއެއް ނެތެވެ. ތާކުންތާކު ޖެހޭ ކުންފުންޏެއް ނެތެވެ. ފޮޓޯ ކިތަންމެހާވެސް ނަލައެވެ. ތީކާކުތޯއެވެ.
ރާވެރިބެ
05 March 2025
މަރުހަބާ! މިސަރުކާރުގަ ވިސާމް ކަހަލަ ކިޔަވައިގެންހުރި މޮޅުމީހަކު ބައިވަރިވުމަކީ އަމިއްލަ ކެރިއަރ އަށް ލައްގަނޑެއް. ޕްރައިވެޓް ސެކްޓަރގަ މާ ރަގަޅު ފުރުސަތުތަށް ކަމަނާ އަށް ލިބޭނެ. ކާމިޔާބަށް އެދެން.
ސަޕްރައިޒް
05 March 2025
ކަމަނާގެ ރީތިކަމާއި އެއްވަރަށް އަޙްލާޤްވެސް ރަނގަޅު ކަނބަލެއްގެ ގޮތުގައި އަޑުތައް އިވެނީ. މިކަހަލަ ކޮރަޕްޓް ސަރުކާރުތަކުން ދުރުވުން ބުއްދިވެރި.
ހިނިތުންވެލާށޭ
05 March 2025
ކުރީގެ ޕީޖީ ބިސާމު ހިނިތުންވީމާ ހުންނާނީ ކިހިނެއްބާއޭ؟ އެއީ އަޅުގަނޑު ބިސާމުއާއެކު މަސައްކަތް ކުރި 5 ވަރަކަށް އަހަރު އުފެދި ޖަވާބު ނުލިބި އޮތް ސުވާލެއް، އެކަމަކު މިފޮޓޯއިން ފެނިއްޖެ ހުންނާނެގޮތް
ނަންކި
05 March 2025
ބިސާމު ހީލީމަ ހުންނަގޮތަކަށް ނޫން ވިސާމު ހިކީމަ ހުންނާނީ
ހަމްދާ
05 March 2025
މަގޭ ކުންފުނީގެ ސީހެޗްއޯގެ މަގާމަށް ދައުވަތުދެން
ފޯޅަވަހި ސަރުދާރު
05 March 2025
ދެން އަނަނާނީ ކޮންމެވެސް ނުކިޔާހުރި ޕިއެންސީ ގެ ޕަޕެޓެއް، އައިސް މުޅި ސިސްޓަމް ހަލާކު އަރުވާލާނެ
ރިނާބް
05 March 2025
ކޮރަޕްޝަނުގެ ފިކުރުގެ ވެރިކަމުގަ ގާބިލް މީހުން ވަކިވެ ސިޔާސީން ބާރު ގަދަކޮށްފި. މަގާމަށް ގޮސްފަ ކިޔަވާ ގޮތަށް ޕީއެންސީ ނާގާބިލް ސިޔާސީންގެ ފައުޖު މިއުޅެނީ.