ޣައްޒާގެ ބިމާ ހަމަވެފައިވާ އިމާރާތްތަކެއް ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ: ޣައްޒާ އަލުން އާރާސްތުކުރަން 53 ބިލިއަން ޑޮލަރުގެ އެހީ ދޭން ވަނީ ނިންމާފައި --- ފޮޓޯ/އޭއެފްޕީ
05 މާޗް 2025 - 13:28
ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން، ޣައްޒާއަށް އަލުން އާރާސްތު ކުރުމަށް 53 ބިލިއަން ޑޮލަރު ހޭދަކުރަން އަރަބި ލީގުން ނިންމައިފި އެވެ.
އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންދިއުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް މެދު އިރުމަތީގެ ގިނަ ގައުމުތަކުން ދެކޮޅު ހަދާފައި ވަނިކޮށް އިއްޔެ ބޭއްވި އަރަބި ލީގުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށްޓަކައި ތިން މަރުހަލާއަކަށް ބަހާލައިގެން 53 ބިލިއަން ޑޮލަރު ހަރަދު ކުރުމަށެވެ.
މިސްރުން ހުށަހެޅި އެ ހުށަހެޅުން ފާސްކުރުމަށްފަހު އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ފޮނުވާލުމަށް ނުވަތަ ބަދަލުކުރަން ކުރާ އެއްވެސް ކަމަކަށް އަރަބި ލީގުން ތާއީދު ނުކުރާނެ ކަމަށެވެ.
އަރަބި ލީގުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ޣައްޒާގެ ވެރިކަން ހަމާސް އަތުން އަތުލުމަށްފަހު ފަތުހު ޖަމާއަތުގެ ސަރުކާރުގެ ދަށުން ހާއްސަ ކޮމެޓީއަކާ ހަވާލު ކުރުން ވެސް ހިމެނެ އެވެ. ނަމަވެސް ހަމާސްގެ ބާރު އެއްކޮށް ނައްތާލުމާ މެދު އަރަބި ބައެއް ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.
އޮކްޓޫބަރު، 2023 ގައި ހަމާސްއިން އިޒްރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގެ އެތައް ހާސް ބަޔަކު މަރުވެ އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރުޒާ
07 March 2025
ޣައްޒާ އާރާސްތު ކުރެވޭނީ އެތަން މިނިވަން ވެގެން ނޫންތޯއެވެ. އެތަން އެމެރިކާ އާއި އިޒުރޭލުގެ ލާއިންސާނީ އަނިޔާވެރި ކަމުގައި އޮވެގެން ބިނާކުރެވޭނީ ކިހިނަކުންތޯއެވެ. މިހާރު އޮތް ޙާލަތަށް ފަލަޞްޠީނުގެ ޙާލަތު އިޒުރޭލު ސަރުކާރުން ގެންދިޔަ އިރު ޢަރަބިން ތިބީ ކުޅި ބަލާށެވެ.
ރަބަރޭ.
05 March 2025
ތިއަޕުރޮޖެކުޓު ދޭންޖެހޭނީ އެމެރިކާގެ ކޮންމެވެސް ކުންފުންޏަކަށް. އެކުންފުނިން ޗައިނާގެ ކުންފުންޏަކަށް މަސައްކަތް ދީގެން ކުރުވާނީ. ހުރިހާ ޕުރޮފިޓެއް އެމެރިކާގެ ކުންފުންޏަށް. އަނެއްދުވަހު ނަތަންޔާހޫ ބޮންއަޅާ ޕުރޮޖެކްޓު ފުނޑާލާނެ. ޢަރަބިން ތިބޭނީ ތިބިގޮތް. ޔަހޫދީންނަށް އަޅުދާސްވުމުގަ.
މަބުނީ
05 March 2025
ފުރަތަމަ ތި 53ބ ޑޮލަރު ޙަރަދު ކޮށްގެން ނަމަވެސް ޢަރަބިން އެކުވެ، ޔަހޫދީ ދައުލަތް ނައްތާލަންވީ . އޭގެ ފަހުގައި ގައްޒާ އާރާސްތު ކުރަންވީ. އެހެނނޫނީ ތިޔާ ޔަހޫދީން ހަމަ ތިޔަ ހަދާތަންތަން ސުންނާފަތި ކުރާނެ. ނޫންތަ؟
ޔިތީ
05 March 2025
ކަލޭމެން ކޮންމެހެން އައްޒާ އާރާސްތު ކުރާނެ ކަމެއް ނެތް. ތީ ހުސް އެމެރިކާގެ ޕަޕެޓުން.
ސަދޫމު ސިޓީ
05 March 2025
މީހަމަ ފޫނެތްފަޔަށް ފެންފުރުން ކަހަލަކަމެތް އަރަބި ލީގުން އިޒުރޭލާ ހަނގުރާމަ ކޮށްގެން ނަމަވެސް ފަލަސްތީނަށް މިނިވަން ދައުލަތެތް ހޯދަދީބަލަ ބަޔަކުކު އަޅުވެތި ކަމުގަ ތިބެގެން ކިހިނެތްތޯ ތަނެތް އާރާސްތު ކުރާނީ ހަމަ ކުރާއިރަށް ބޮންއަޅާ ތަން ސުންނާފަތި ކޮށްލާނެ އިޒުރައިލު މީހުންނަނީ ރަހުމެތް ހަމްދަރުދީއެތް ހުރިބައެތްނޫން