އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމު ފުރުއްވި ދުވަސްވަރު ބޭއްވި ރަސްމިއްޔާތެއްގައި ފަރުހަތު ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
05 މާޗް 2025 - 20:52
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އިއްޔެ ވަކިކުރުމާ ގުޅިގެންނެވެ. އޭނާ އަކީ މިފްކޯގެ ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ހަމައެކަނި ބިދޭސީ ސީއީއޯ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަން ކޮށްފައިވާ ކަމަށެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަން ކުރައްވައިފަ އެވެ. ފަރުހަތު އޭރު ފާހަގަކުރެވުނީ އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމު
07 March 2025
ސަޅި
ސިފަތުﷲ
07 March 2025
މިފްކޯތެރެއިން ބަޔަކު ކުރިން ހިންގި ހުރިހާ ޖަރީމާއެއް ދެން ނުހިންގޭނެ. ބާރު މިނުގަ ޖަރީމާތައް ހުއްޓުވާނެ ދެން
މުސްނިދު
07 March 2025
ހަރުދަނާ ގާބިލް ބޭފުޅެއް. އެކުގަ އުޅުނުއިރުވެސް އެހާމަ މަސައްކަތަށް ފަރުވާތެރި
ސިއްބަތް
07 March 2025
ދެން ބޭނުންހާ ސަކަރާތެއް ނުޖެހޭނެ. ވައްކަން ހުއްޓުވޭނެ
ޝައުކަތް
07 March 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް ތަފާތޭ. ހުސް މަޒާހާތްތެރި މީހުން މިލަނީ
މުހައްމަދު ހަސީން
07 March 2025
މީ ވަރަށް ގާބިލް ބޭފުޅެއް
ޢިބޫ
06 March 2025
މީއަޅެ ޕާކިސްތާންތަ، ހުރިހާތާކަށް މިލިޓަރީ މީހުން މިލަނީ،
ހަސަން ތާހިރު
07 March 2025
ކީއްވެގެނތޯ ދިވެހި ފުލުހުންނަށް އިހުތިރާމް ނުކުރަނީ؟
ކުޑަސައިހު
06 March 2025
މޮޅު ހިންގުން ތެރިނޫން މީހަކު މި ސަރުކާރަކުނެއް ބައްލަވާ ސައީދު ހެދި ހަތަރުސަތޭކަ މިލިއަން ޑޮލަރު ލިބޭބަންކަރީ! ބޭރުމީހަ ވަކިކުރީ ނުހިންގިންތޯ؟
މިޖެހުނީ ކޮންތާކުހެއްޔެވެ؟
06 March 2025
ދުވަހަކު ވެސް ބިދޭސީ ސީއީއޯ އެއް ނެތި ހިންގި މިފްކޯ އަށް ބޮޑު ޚަރަދު ކޮށްގެން ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ސީއީއޯ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ސައްޕު ޖަހައި ބޭރުކޮށްލީ އެވެ. އަނެއްކާ ވެސް މިފްކޯ ޙަވާލު ކުރަން މިޖެހުނީ ހަމަ ދިވެއްސަކާ އެވެ. މިސަރުކާރަކީ ހަރުދަނާ ކަމެއް ނެތް ތާކުންތާކު ނުޖެހޭ ކަންކަން ގިނައިން ކުރާ ސަރުކާރެކެވެ.
ނނ
06 March 2025
ބުނެވޭ ގޮތުގައި ރައީސް ނަަަޝީދު ވެރިކަމުގައި އެންމެ އިތުބާރު ހޯއްދެވި. ބަޣާވަތާއި ދެކޮޅަށް ހުންނެވި އިހުލާސްތެރިއެއް. މުއިއްޒު ސަރުކާރުގެ ސިފައާއި ނުގުޅޭ. އެކަމަކު ފަރުޙަތަކީ ވަރަށް ހިންގުންތެރި ގައުމަށް ވަފާތެރި ބޭފުޅެއް. ނަތީޖާ ނެރުއްވާނެ ހަރުދަނާ ވަރުގަދަ ލީޑަރެއް.މަސްކިރާ ބޯޓު ފަހަރުުގެ ސައިޒު ބޮޑުކޮށް ގިނަކުރަން ތެދުވެރި މަސައްކަތްތަކެއް ކުރަން އޮތީ. ފައިދާވާނެ ކުންފުންޏަކަށް ހަދަައި އަދި މަސްދަޅު ވެސް އާއްމު ދިވެއްސަކަށް އަގުހެޔޮ ކޮށްދީ
މަސްތަނު
06 March 2025
ކޮންމެ ސަރުކާރެއް އަޔަސް އެއްމޫނުތަކެއް ފެންނަނީ. ނުވިތާކަށް ހެސްކިޔާފަ ސަނާކިޔާނީ. ގައުމުގައި ކިޔަވައިގެން ތިބި ދަރިން ބައިވަރުއެބަތިބި. ފުރުސަތެއްނުދޭ. އަބަދުވެސް ހިރަފުސް ފޮޅާފާ އެއްބަޔެއް. ނުވަތަ އެވަގުތުވެރިކަން ކުރާބަޔެއްގެ އާއިލީ ނުވަތަ ގުރޫޕްގެ ބަޔަކަށް ލިބޭނީ. އިލްމެއް ހިލްމެއް ނެތަސް ވަރިހަމަ.