ހަމާސް އިން ޣައްޒާގައި ރަހީނުން މިނިވަންކުރުމަށް ބޭއްވި ރަސްމިއްޔާތެއް: ހަމާސްއާ އެކު އެމެރިކާއިން ސީދާ މަޝްވަރާތަކެއް ވަނީ ކޮށްފައި. -- ފޮޓޯ: އޭއެފްޕީ
06 މާޗް 2025 - 06:53
އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ޖަމާއަތްތަކާ ވާހަކަ ނުދެއްކުމުގެ ސިޔާސަތެއް ގެންގުޅެމުން އައި ނަމަވެސް އެ ފަދަ ޖަމާއަތެއްގެ ގޮތުގައި ބަލަމުން އަންނަ ހަމާސް ޖަމާއަތާ އެކު ސީދާ މަޝްވަރާކޮށްފައިވާކަން އެމެރިކާ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.
ހަމާސް އިން ރަހީނުކޮށްފައިވާ އެމެރިކާ މީހަކު މިނިވަންކުރުމާ ބެހޭ ގޮތުން އިޒްރޭލުގެ މަންދޫބަކު ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ އޮފިޝަަލާ ބައްދަލުކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރޯލީން ލީވިޓް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
"މިކަމުގައި އިޒްރޭލާ މަޝްވަރާކުރިން. އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ ވާހަކަ ދެއްކުމަކީ ރައީސް ގަބޫލުކުރައްވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ހަމާސް އާއި އެމެރިކާގެ މަޝްވަރާތަކުގެ ވާހަކަ ފުރަތަމަ ރިޕޯޓްކުރި އެކްސިއޯސް އިން، ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ބުނީ ރަހީނުކޮށްފައިވާ މީހުން މިނިވަން ކުރުމުގައި، ދިގު މުއްދަތެއްގެ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އެ މީހުން މިނިވަން ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
06 March 2025
އެމެރިކާއާ އިޒްރޭލަކީ ބުނާ ބަހުގަ އެއްވެސް އިތުބާރެެއް އޮންނަ ބައެއްނޫން، އެމީހުންގެ ރައްޔިތުންނަށް ހަދަނީ މުޅީން ދޮގު