ރަސްފަންނުގެ ހަޓުތައް ކައިރީގައި ބަޔަކު އިށީނދެގެން: މި ހަޓުތައް ވެސް މިހާރު ވަނީ އާ ކޮށްފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
06 މާޗް 2025 - 16:39
މާލޭގެ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށް ފަހު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ވަގުތީ ގޮތުން އާންމުންނަށް މި ހަފުތާގައި ހުޅުވާލައިފި އެވެ.
އެތަން މަރާމާތަށް ބަންދުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާ އެކު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ހާލަތު ވަޒަން ކުރެއްވުމަށްފަހު އެ މަނިކުފާނުގެ އެންގެވުމަށެވެ.
ރައީސް މުއިއްޒު މިއަދު މެންދުރު ރަސްފަންނަށް ވަޑައިގެން އެ ތަނުގައި ކޮށްފައިވާ މަރާމާތުގެ މަސައްކަތްތައް ބައްލަވާލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭގެ ފަހުން މަރާމާތުތަކާ އެކު، ރަސްފަންނު އަލުން ހުޅުވާލިއިރު، މެންދުރު ރައީސް ވަނީ އެތަން ބައްލަވައިލެއްވުމަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ހަފްތާއިން ފެށިގެން އާންމުންނަށް އެތަން ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ތަނުގެ އިތުރު މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު މިއަދު މެންދުރު ރަސްފަންނަށް ވަޑައިގެން އެ ތަނުގެ މަރާމާތުތައް އޮޅުން ފިލުއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
- ބީޗުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދަށް ވެލިއަޅައި އެއްވަރުކުރުން
- މޫދަށް ފައިބާ ސަރަހައްދަށް ޖަމާވާ ޗަކަ ނެގުން
- ފެންވަރާ ތަންތަން މަރާމާތު ކުރުން
- ހަލާކުވެފައިވާ ހަޓުތައް މަރާމާތު ކުރުން
- ޖޯލިތައް މަރާމާތު ކުރުން
- ބާބަކިޔު ސްޓޭންޑުތައް މަރާމާތު ކުރުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްލީމާ އަމީޒް
08 March 2025
ތޭންކްސް ރައީސް. ހަމަ ވިދާޅުވި ގޮތަށް ތި ހުޅުވާލަ ދިނީ. ދަރިން ގޮވައިގެން ހަވީރު ދިޔައިން
ޖައިޝަމު
07 March 2025
ވަރައް ފުރިހަމަ
ޛައި
07 March 2025
މިހާރު ވަރަށް ސަޅި. ޝުކުރިއްޔާ ރައީސް ޑރ. މުއިޒު
ރޯދަ ކުރު ކުރުމް
07 March 2025
އާދަައިގެ މެއިންޓެއިނެއްދޯ؟ މިހާ ކުޑަ ކުޑަ ދެ ތިން ކުރި މަރާމާތެއް ބައްލަވާލަން މިނިސްޓަރުން ގޮވާއިގެން!!! ވަރަށް ރީތި؟ ތިއްތި
މުރުސަލީން
07 March 2025
ވަރަށް ހިތްގައިމު
ނަސާތް
07 March 2025
ރައީސް ޓްވީޓް ކުރެއްވިތާ 21 ދުވަސްތެރޭ އެ ނިންމާލީ. ސަޅި އިނގޭ
ސަތުފާ
07 March 2025
އާދަމް އާޒިމުމެން ވީރާނާވާން ދޫކޮއްލީމަ ރައީސް މިކަމާ ހަވާލުވެފަ ބަލާ އަވަސްކަން މިކަން ކޮއްލިލެއް
އައްޒާމް އަލީ
07 March 2025
މި ސަރުކާރުގެ ދުވެލި އަވަސްކަން މި އެނގުނީ މިކަމުން
މަސްލާ
07 March 2025
މެގާރ ޕުރޮޖެކްޓެއް! ލޮލް
ސިއްބަތް އަޒީޒް
07 March 2025
ރައްޔިތުންނާ ދޭތެރޭ ވިސްނާ ވެރިޔެއް ލިބުމުގެ ނަފާ މިއީ. ހަދަން ބުނިތާ މަހެއް މުވަނީސް ތަން ނިންމާ މި ހުޅުވީ. ރައީސް މުއިއްޒަ ތަފާތު