މީގެ ކުރިން އަތުލައިގަތް ވޭޕްތަކެއް.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
06 މާޗް 2025 - 18:39
ރާއްޖެެއަށް ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ވޭޕް ޝިޕްމަންޓް އަތުލައިގަތީ ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއް ފާސްކުރިއިރު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބެލިއިރު ކަމަށެވެ.
އެ ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ ޖެނެރަލް ކާގޯގެ ގޮތުގަ އެވެ. އެ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖު ފެނުނު ކަމަށް ބުންޏެވެ. އެއީ ހަތަރު ވޭޕް ހިމެނޭ 100 ޕެކެޓެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުމަކީ މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން މަނާ ކަމެކެވެ.
ކަސްޓަމްސް އިން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ފުލުހުން ވެސް ވަނީ ވޭޕް ވިއްކާ ތަނެއް ރޭ ފާސްކޮށް ބިދޭސީއެއް ހައްޔަރުކޮށްފަ އެވެ.
އެ ބިދޭސީ މީހާ ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ކެފޭ ބަލައި ފާސްކުރިއިރު 84 ވޭޕް ކާޓްރިޖް އަދި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިމް ޒާހިރު
08 March 2025
ވޭޕް މަނާކުރުމަކީ ސަރުކާރުން ކުރި އެއްމެ ރަނގަޅު އެއްކަންތައް
ޖައިޝަމު
07 March 2025
ބަރާބަރު
ބަބޫ
07 March 2025
ސިގިރޭޓްއާއި ވޭޕް. ކޯއްޗަކުންބާ ގެއްލުން ބޮޑީ؟
މައްކުބޭ
07 March 2025
މިފަދަ ފަރަަތްތަކާމެދުބހަރުކަށި އަދަބު ދޭންޖެހޭ، އެހެން ޤަުމުތަކުގަވެސް މި ވަބާ ހުއްޓުވުމަށް ގޮނަ ގުނަ ފިޔަވަޅު ސަރުކާރުތަކުން އަޅާ. ޤައުމުގެ ރައްޔިތުން ސަލާމަތަކުރުން މުހިއްމު
އައިޝަރު
07 March 2025
ބަރާބަރު. ހިފަހައްޓާ އަދަބު ދޭންވީ
ރައްޔާން ޒުބައިރު
07 March 2025
ވަރަށް ރަނގަޅު. ވޭޕްގެ ވަބާއިން ގައުމު އަދި ޒުވާން ޖީލު އެބަޖެހޭ ސަލާމަތް ކުރަން.
ސޮފްވާ އަޒީޒް
07 March 2025
ޒުވާން ޖީލު ވޭޕްގެ ވަބާއިން ސަލާމަތް ކުރަން ސަރުކާރުން ނެވި މުހިއްމު ނިންމުމެއް މިއީ މި ބޭން ކުރުން މިއީ
ހުސެމް ވަޙީދު
07 March 2025
ދުންފަތާ ދެކޮޅަށް އަދުގެ ސަރުކާރުން މިކުރަނީ ނަމޫނާ މަސައްކަތެއް
ވަތުއޮޑި
07 March 2025
ބަޔަކު އޯޑަރުކޮއްފަ ހުރިއްޔާ އަންނާނެ. މިސަރުކާރުން އެއެއް ނުބެލި.
ޏަމާ
06 March 2025
ވޭފް ބޯ މީހުން އަދިވެސް ކެފޭ ތަކުން ފެނޭ. މިކަން ހުއްޓުވާން މަސަައްކަތް ކުރަން އެބަ ޖެހޭ. މަގުުމަތީ ސިގިރެޓް ހަދާ މީހުން ވެސް ހުއްޓުވާ. ނާތަހުޒީބީ ކަންކަން މަގުމަތިން ފެެންނަނީ.