ދިރާގު ގުޑިފެސްޓުގައި ކުއްޖަކު ގުޑިއެއް ހިފައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | ދިރާގު
08 މާޗް 2025 - 14:52
ދިރާގުން މި ފަހަރުގެ ރޯދަމަހާ ގުޅުވައިގެން "ގުޑި ފެސްޓު"ގެ ފުރަތަމަ ހަރަކާތް މިއަދު ބާއްވަން ނިންމައިިފި އެވެ.
މާލެ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ އެ ހަރަކާތް އޮންނާނީ އުސްފަސްގަނޑުގައި މިއަދު ހަވީރު 5:00 އިން 6:00 އަށެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ އެވެ. އަދި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ދިރާގުން ހިލޭ ގުޑިއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ ގުޑިފެސްޓް އަކީ ރޯދަމަހު ދިވެހިންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް، އެ ސަގާފަތް ދިރުވުން ކަމަށެވެ.
ދިރާގުން ނިންމާފައި ވަނީ "ގުޑި ފެސްޓް" މާލޭގެ އިތުރުން ހުޅުމާލެ އަދި އެހެން ރަށްރަށުގައި ރޯދަމަހުގެ އެކި ދުވަސްތަކުގައި ބާއްވާށެވެ.
ދިރާގުން ގުޑި ފެސްޓު ހަރަކާތް ފެށީ 2023 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
08 March 2025
މާލޭގައި ބޭއްވީމަ ތިޔަ ނިމުނީ
ސަމޭދާން
08 March 2025
ރޯދަމަހު އެންމެގިނަ މުބާރާތާ ފެސްޓިވަލް ބާއްވާ ގައުމަށް މިގައުމު ވާނެކަންނޭންގެ.