11 މާޗް 2025 - 13:57
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށާފައިވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ ސެޕްޓެމްބަރު 2020 ގަ އެވެ.
މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓިން އިއްޔެ ވަނީ އޭނާ ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާ މެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށި ކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް، މައްސަލާގައި ގޮތް ނިންމުމަށް ކޮމިޓީ އަށް ފޮނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
12 March 2025
ޑީ އެން އާރް އަށްވަދެ ޕިއްޒާ ބަހައިގެން މީހުންގެ އައިޑީއާއިކުޅެ ޕާޓީއަށްވެއްދަން ފޯމުފުރުމަކީ މޮޔަކަމެއްދޯ....
ތްރީ ބަޑީސް
11 March 2025
ހީކުރީ އުމުރު ދުވަހު ބާރުގަ ހުރެވޭނެކަމަށް!
ހަބީބާ
11 March 2025
ހާސް ނުވޭ ބޮއިރޯގެ ޑިރެކްޓަރުކަން ލިބޭނެ ދުވަން ދަންޔާ
އަރުޝީ
11 March 2025
ބައި ބައި ނާއިބު
ސައީދް
12 March 2025
ވީ ވިލް މިސް ޔޫ ނާއިބު
ނޯ ނޭމް!
11 March 2025
ދައްކަވަން ހުރި ތަނެއް ދައްކަވާނެ!
ސީނިޔާ
11 March 2025
ތަގުދީރުގަ ޑިރެކްޓަރު ކަން ލިބެން ނެތީތޯ ؟
ނަޝީދް
12 March 2025
ނޫނޭ ތިކަން ކޮށްދޭނަން
ދިރުވާލިޔާ
11 March 2025
މިހާރު މަގާމުތަކުގެ ބާރުގަ ބޭނުންހާގޮތަކަށްކަންކުރަމުންދާ މިސަރުކާރުގެ ވެރިންނަށްވެސް މިދުވަސްއަތުވެދާނެކަން ހަދާންކުރުންރަނގަޅުވާނެ. މިހާރުވެސް ސަރުކާރުއޮފީސްތަަކަށް ކުދިން ވަޒީފާއަށްނަގާފަ 3 މަސްދުވަހުމަސައްކަތްކުރުވާފަ ހަގީގަތާހިލާފު ރިޕޯޓުހަދާފަ ދާއިމީނުކޮށް ބޭރުކޮށްލާ އެބަ.
ޝަހީދާ އަލީ
11 March 2025
އަލްހަމްދުލިއްﷲ! ހީ ޑިޒަރވް ދިސް. ހީ އިޒް އަމަންގް ދަ މޯސްޓް ކޮރަޕްޓް!
ޑީޖީ ފާރިޝް
11 March 2025
ދެން އޮތީ އަހުމަދު އާ ހަމީދު އާ އިންސާފު އަރާ ހަމަ ކުރުން!
އނޔދސދ
11 March 2025
ވަރައް ރަނގަޅު ބޭފުޅެއް، މިހާރު ނޫސް އިން ދިރާސާ ރިޕޯޓް ތައްހަދަން ވީއެއްނު، ސީ،އެސް،ސީ ގެ މިދައުރުގައި ހޯދާފައިވާ ކުރިއެރުންތައް