އުރީދޫ ހެޑް އޮފީސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 މާޗް 2025 - 20:30
އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކަށް ފުޅާކޮށް، 80 ޕަސެންޓް ރަށްތަކަށް މި ހިދުމަތް ދޭން ފަށައިފި އެވެ.
އުރީދޫން ބުނީ އެ ކުންފުނިން މިހާރު މީހުން ދިރިއުޅޭ 79 ރަށާއި އަށް ރިސޯޓަށް އެ ހިދުމަތް ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ގާއިމުކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫން ބުނީ މި ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އަދި އެ ކާމިޔާބީއާ އެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށް ވެ، ހަލުއި އިންޓަނެޓް ސްޕީޑާއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީ އާއެކު ބާރުވެރި ކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އުރީދޫން 5ޖީގެ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް ފުޅަކޮށް އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ މި ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްޓަމަރ އެއް
12 March 2025
ކޮންއިރަކުންތަ ވަން އެންޑް އޮންލީ ރީތި ރަށައް ތި 5ޖީ އެއް ދޭނީ؟ އެއީ މާލެ އަތޮޅެއް ނޫންތަ؟
ކުދުބެއްޔާ
12 March 2025
ހަމައެކަނި މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް. ދެން ރާއްޖެތެރެއަށް ތި ދެވުނީ 10 ޕަސެންޓްނޫންތޯ؟
ކައުންސެލަރު....
11 March 2025
މާލެ، ހުޅުމާލެ، އައްޑޫސިޓީ، ކުޅުދުއްފުށިސިޓީ، ފުވައްމުލަކުސިޓީ= ރާއްޖޭގެ %80 ނިމުނީނު. އެހާ ސިމްޕަލްކަމެއްތީ، ދެންތިބީކީ ޚިދުމަތް ދޭންޖެހޭ ބައެއްނޫން؟
އަބުދުބެއްޔާ
11 March 2025
ހެލޯ އުރީދޫ، މިރަށަކަށް ނުލިބޭ ތިޔަ 5ޖީ އެއް