ޑީޖީޖީގެ ގޭމިން މުބާރާތެއް ކުރިއަށް ދަނީ.
11 މާޗް 2025 - 21:04
ދިރާގުގެ ގޭމިން ޕްލެޓްފޯމު، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އައްޑޫގައި ގޭމިން މުބާރާތެއް ބާއްވަން ނިންމައި އިއުލާނު ކޮށްފި އެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"ގެ ނަމުގައި ބާއްވާ މި މުބާރާތަކީ މާލެއިން ބޭރުގައި ޑީޖީޖީއިން ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު އެވެ. އައްޑޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ
"ގޭމްކުއެސްޓު އައްޑޫ އެޑިޝަން"ގައި އީއޭއެފްސީ 25 އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ގޭމްކުއެސްޓުގައި އީއޭއެފްސީ 25 މުބާރާތުގެ ވަނަތަކަށް ޖުމްލަ 10،000ރ. ގެ ޕްރައިޒްޕޫލެއް ވަނީ ހުށަހަޅާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑީޖީޖީގެ ވެބްސައިޓުގައި މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ. މި މުބާރާތް ދިރާގުން ބާއްވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕްލެޓްފޯމުން ވަނީ ޑީޖީޖީ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" ވެސް މިއަހަރު ބޭއްވުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައުވަތު
12 March 2025
2 އިރު 2 ދަޅައަށް ކަރަންޓު ކެންޑޭ ތަންތާ އިންވެސްޓު ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް.
ރުސް
12 March 2025
ކަރަންޓު ކެޑޭނެޔޯ މޭޔަރު އަންގާފައޮތީ