12 މާޗް 2025 - 13:50
މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލް މެމްބަރުކަމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ.
އެއީ ކޮން ކަމެއްކަން ބަޔާން ކުރެއްވުމެއް ނެތި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޭ
12 March 2025
ރައީސް ހެޔޮ ނުވާނެ މި ކައިރި ނުކުރޭ. ވާނުވާ ގ މީ
ހަސަންބެ
12 March 2025
މީނަ ލާންވީ އެމް އެމް އޭ އަށް, ފައިސާގުނަން ނުޖެހޭނެ މެޝިން ބަހައްޓާކަށް, ޔާމިންގެ 15 މިލިޔަން 5 މިނެޓުން ގުނާލި މީހާމީ. ނޫނީ ސްޕްރީންކޯޓް ގެ ރުފިޔާގުނާ ފަނޑިޔާރަކަށްވެސް އޯކޭ.
ޟމމމމ
12 March 2025
ފައިސާ ގުނަން ވަރަށް މޮޅުވާނެ!
ޑެރަ
12 March 2025
ޢެކަމަކު ކުޑަކުދިންނަށް މެސެޖް ނުކުރާތި، އިނގޭ
ފެމުނީނާ
12 March 2025
އެމްއެމްއޭ ޑެޕިއުޓީ ގަވަރުނަރުކަމަށް ފަރިވަނީތަ؟
މެސިން
12 March 2025
މިލިއަނުން އަތުން އެންމެ ފާސްޓްކޮށް ފައިސާ ގުނާ މެސިން މިރައިސްއަށް ވެސް މިހާރު ވަރަށް މުހިއްމުވާނެ
ސަސި
12 March 2025
ޅޯޑިން އެމްޑީކަން ނޫނީ ސްޓޭޓް މިނިސްޓަރ ކަން
ޖައިޝަމްް
12 March 2025
ހަހަ
އައުޒާ މުހައްުމަދު
12 March 2025
ނަރީޝް ލާންވީ ބޮޑު މަގާމަކަށް. ވަރަށް ހިންގާލާނެ
މުރުޝިދް
12 March 2025
ޔާމީން މެންނަށް ހަޖަމެއް ނުވާނެ މި މަންޒަރު ދެކޭކަށް. ނަރީޝް އަކީ ވަކި މީހެއްގެ ފަހަތުން ދުވާނެ މީހެއްނޫން. ސިޓީ ކައުންސިލުގަ ހުރެގެންވެސް އެކުރާ މަސައްކަތް ރައްޔިތުން ބަލައިގަނޭ.
އަހްމަދ
12 March 2025
އާދަމް އާޒިމް ހުރެގެން ޖަހަން ބޭނުންވާ ސަކަރާތް އިތުރަށް ޖެހެން ނެތީމަ ބެޗީތޯ؟