12 މާޗް 2025 - 21:11
ޓައިޓަންސް ބާސްކެޓް އެކެޑެމީ އާއި ދިރާގު ގުޅިގެން ބާއްވާ ބާސްކެޓު ޓޯނަމަންޓު، "ދިރާގު 3 އޮން 3 ޗެލެންޖު" މާދަމާ ފަށާނެ އެވެ.
އެ ޓޯނަމަންޓު އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
އެ ޓޯނަމަންޓަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
ދިރާގަކީ، ރާއްޖޭގައި ބާސްކެޓް ބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy