13 މާޗް 2025 - 12:17
ދިރާގުން ރޯދަ މަހު ބާއްވަމުން އަންނަ "ގުޑިފެސްޓު" ހަރަކާތް މާދަމާ ހުޅުމާލޭގައި އޮންނާނެ އެވެ.
އެ ހަރަކާތް އޮންނާނީ ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި އޮންނަ "ދިރާގު ބީޗު"ގައި ހަވީރު 5:00 އިން 6:00 އަށެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ އެވެ. އަދި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ދިރާގުން ހިލޭ ގުޑިއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ ގުޑިފެސްޓުގެ ބޭނުމަކީ ރޯދަމަހު ދިވެހިންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް، އެ ސަގާފަތް ދިރުވުން ކަމަށެވެ.
ދިރާގުން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ވަނީ ގުޑި ފެސްޓު ބާއްވާފަ އެވެ. އެ ހަރަކާތައް ބޮޑު ތަރުހީބެއް ލިބުނެވެ.
ދިރާގުން ގުޑިފެސްޓު ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ރޯދަ މަހުގެ އެކި ދުވަސްދުވަހަށް ބަލާލައިގެން ކުރިއަށް ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy