މިފްކޯގެ އާ ބޯޓަށް ފުރަތަމަ ކިރަން އަރުވާ މަސްތައް ބޯޓުގައި ހުރި ކެރޭނުން ބޯޓަށް އަރުވަނީ: މި ބޯޓުން އެއްފަހަރާ ދެ ކެރޭނުން މަސް ނެގޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 މާޗް 2025 - 12:42
އިސްލާމިކް ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް ލިބުނު 65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އެހީގައި މަޝްރޫއުއެއް ހިންގުމަށް މިފްކޯއިން އިއުލާނުކޮށްފި އެވެ.
މިފްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ފަންޑުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރަން މުހިއްމު މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިދުމަތްތައް ރަނގަޅު ކުރުމަށާއި ބައެއް ތަކެތި ގަތުމުގެ އިތުރުން ކޮންސަލްޓިން ހިދުމަތް ވެސް ހިމެނެ އެވެ. އެ މަޝްރޫއުގައި ހަތް ކޮމްޕޯނަންޓެއް ވަނީ ހިމެނިފަ އެވެ.
އެ ފައިނޭންސިންގެ ދަށުން ކުރަން ރާވާފައިވާ ކަންކަން
1. ކޯލްޑް ސްޓޯރޭޖު އިތުރު ކުރުން: ހއ. އިހަވަންދޫގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް، އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް.
2. ކަނޑުއޮށްގިރީގައި 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓަކާއި ޕަވަ ޖެނެރޭޝަން އަޕްގްރޭޑު ކުރުން، ފެލިވަރުގައި 250 ޔުނިޓުގެ ސްޓާފު އެކޮމޮޑޭޝަނާއި ކޫއްޑޫގައި 100 ޔުނިޓުގެ ސްޓާފް އެކޮމޮޑޭޝަން.
3. މިފްކޯގެ ސްޓާފުންނާއި ސްޓޭކްހޯލްޑަރުންނަށް ޓްރެއިނިން ޕްރޮގްރާމު ހިންގުން
4. ޕްރޮޖެކްޓާއި ޕްރޮކިއުމެންޓާއި ފައިނޭންޝަލް މެނޭޖްމެންޓުގައި އެހީތެރިކަން ފޯރުކޮށްދިނުން
5. ކޮންޓިންޖެންސީ އެމަޖެންސީ ރެސްޕޮންސް
6. ފައިނޭންޝަލް އޮޑިޓް ހެދުން
7. އަގުތައް އުފުލުމާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން
މިފްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ މިއީ އިސްލާމިކް ޑިވަލޮޕްމެންޓް ފަންޑާ އެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. އެ ފަންޑުގެ ދަށުން ކުރިއަށް ގެންދާ ރާވާފައިވާ މަޝްރޫއުތަކަށް ވޭތުވެދިޔަ ދުވަސްތަކުގައި އެކި ބަދަލުތައް ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޒާބުގެ ކޮއްކޮ
17 March 2025
އެވަރަށް ގަންނާނެ(ބޭރު ފަރާތްތައް) މީހުންނެތި ތިވަރު ތަންތަނައް ހަރަދުކުރާތީ ކުންފުނިވެސް، ސަރުކާރުވެސް އިންދަޖެހެނީ. އެކްސްޕޯޓް ކުރެވޭވަރަކުން ތިކަމާ އުޅުން ބުއްދިވެރީ! ވަގުތީ މަންފާއަކާއެއްގެ ފަހަތުގައި ކޮރަޕްޝަން އޮތުން އެކަށީގެންވޭ! ވަރަށް ދެރަ ކަމެެއް!
އަފްރާސިޔާބު
16 March 2025
އާކަމެއްނުފެށޭ. 2022 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއް.
ރަދީފު ބިން ރަފައިދާ
16 March 2025
ސުވިޒިލޭންޑްދޮންބެ ބޭރުކުރީ މިސަކަރާތެއްޖަހާންދޯ.
40 ޑިގުރީ
16 March 2025
ސްޓާފު އެކަމޮޑޭޝަން ރަނގަޅު ކޮއްބަލަ ހެޔޮ ނުވާނެ. ޢޭސީ ލާ ބަލަ.
ޑަމީ
16 March 2025
ޖީބު ތަކަށް ދާވަރު ކަނޑާލާފަ، ޕްރޮޖެކްޓް ގެ އަސްލު ވެލިޔު ސާފުކޮށްލަ ދެށްވުން އެދެން.
އަހުމަދު....
16 March 2025
ތިވަރަށް ތަފްސީލް ނުދިނަސް ވާނުވާ އެނގޭ. ސަރުކާރަށް އެއްވެސް ގައުމަކުން ލޯނެއްވެސް، އެހީއެއްވެސް ނުލިބުނު. ދެންމިކުރާ ކަމަކީ މިފްކޯ ފަދަ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ލޯނުނެގުން. ސިޔާސީ މީހުން މަދުކުރާނެ ހިތް ވަރެއް ނެތް. ހަރަދުކުޑަކުރާނެ ގަޓްސްނެތް.
މަކަރުއިންވެސް
16 March 2025
3 ނަންބަރުން 7 ނަންބަރަށް އެ ހުރީ ފެންފޮދަކާ ނުލައި ފައިސާ ދިރުވާލާނެ ގޮތްތައް،.. 1 ނަންބާރާއި 2 ވަނަ ނަންބަރު އެއީ ފެންފޮދަކާއިއެކު ފައިސާ ދިރުވާލާނެ ގޮތް. ރައްޔިތުންނަށް ތި 1 ބިލިއަން ރުފިޔާ އިން ލިބޭނެ މަންފާއެއް ނެތް.
ގާދިރު
16 March 2025
މި މަޝްރޫއުގައި ހިމަނައިފައިވާ ކަންތައްތަކަކީ ވަރަށް މުހިންމު އަދި މިހާރު މަސްވެރިކަމަށް ވަރަށް ބޭނުން ޖެހުފަ ހުރި ކަންތައްތަކެއް. ވީހާވެސް އަވަހަކަށް މި މަސައްކަތްތައް ނިމި ކުރިޔަށް ދާނެ ކަމަށް އުންމީދުކުރަން.
އިސްމާލި
17 March 2025
ޕޮލިޓިކަލް ޕަޕެޓް ސްޕޮޓަޑް
ރާތިއު މޫސާ
16 March 2025
މީ މަސްވެރިކަމުގެ ދޢިރާ ކުރިއެރުވުމަކީ. މަސްވެރިން ބާނާ މަސް ނެގޭނެ ކަހަލަ ގޮތްތަކެއް ހުންނަންވާނެ. މީ އެކަންތައްތަކަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރާ ވަރަށަ ރަނގަޅު މަސައްކަތްތަކެއް.
އަލީ ޔާސީން
16 March 2025
މީ ހަމަ ރައްޔިތުންންގެ ފައިދާއަށް ކުރެވިގެންދާ މަސައްކަތްތަކެއް. ތި ސްޓޯރޭޖްތަކާ އެކޮމޮޑޭޝަން ތައއ ހެދީމަ ފައިދާވާނީ މަސްވެރިންނާ މަސައްކަތް ކުރާ މީހުންނަަށއ.