ގްރީކްގައި އަމިއްލަ ތިން ދަރިން މެރުމުގެ ކުށް ސާބިތުވި ރައުލާ ޕިސްޕިރިގޯ، 36، ކޯޓަށް ހާޒިރުކުރަނީ.
19 މާޗް 2025 - 09:18
ގްރީކް އަންހެނަކު އޭނާގެ ތިން ދަރިން މެރިކަން ސާބިތުވެ އުމުރަށް ޖަލަށް ލުމުގެ ތިން ހުކުމް އިއްޔެ އިއްވައިފި އެވެ.
އެތެންސްގެ ކޯޓަކުން އިއްޔެ ކުރި ހުކުމުގައި ވަނީ ރައުލާ ޕިސްޕިރިގޯ، 36، އޭނާގެ ތުއްތު އަންހެން ދަރިން ކަމަށްވާ މަލީނާ އާއި އިރީދާގެ 2019 ވަނަ އަހަރު އަދި 2021 ވަނަ އަހަރު މަރާލި ކަމަށާއި އެކަން ކުރީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އަދި އެއީ ޕިސްޕިރިގޯގެ ފިރިމީހާ އޭނާ ދޫކޮށްލާފައި އެތައް ފަހަރަކު ގޮސްފައި ވާތީ އެކަން އެހެން ވިޔަ ނުދިނުމުގެ ބޭނުމުގައި ހިންގި އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު ޕިސްޕިރިގޯ ބުނަނީ އޭނާ ކުށެއް ނުކުރާ ކަމަށެވެ.
އުމުރުން ތިން އަހަރުގެ ކުއްޖަކާއި ހަ މަހުގެ ކުއްޖާގެ މަރުގެ މައްސަލަ ބަލަން ފެށީ ޕިސްޕިރިގޯގެ ނުވަ އަހަރުގެ އަންހެން ދަރިފުޅު ޖޯޖީނާ މަރާލި މައްސަލާގައި އޭނާގެ މައްޗަށް 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެހެން ކޯޓަކުން ކުރި ހުކުމަކަށް ފަހުގަ އެވެ. ތަމްރީނު ލިބިފައިވާ ނަރުހެއް ކަމަށްވާ ޕިސްޕިރިގޯ އޭނާގެ ދޮށީ ދަރިފުޅު މަރާލީ ވިހައެއް ދީގެންނެވެ. އެ ކުއްޖާ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިކޮށް ފަރުވާ ދީފައި ވާއިރު ހޮސްޕިޓަލްގައި އޮއްވައި ވެސް އެ ކުއްޖާ މަރާލަން މަސައްކަތްކުރި ކަމަށް އެއްބަސްވެފައިވެ އެވެ. ކުއްޖާ މަރުވީ ވެސް ހޮސްޕިޓަލްގައި އޮއްވަ އެވެ.
އެ ހުކުމަށް ފަހު ތުއްތު ދެ ކުދިންގެ މަރުގެ ހާދިސާ އަލުން ބެލި އިރު އެ ދެ ކުދިން މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނަން އެނގުނެވެ. އެކަމަކު ކުރިން ނިންމާފައި އޮތީ ހިތުގެ ހިނގުން ހުއްޓިގެން މަރުވީ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ޕިސްޕިރިގޯ އޭނާގެ ދަރިން މެރީ "ކައިވެނި ދެމެހެއްޓުމަށް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތީ މަރީ
19 March 2025
ވަރަށް މޮޔަ އަދި ނުލަފާވެސް އަންހެނެއް. ލިބުނު ފުރުސަތުގެ ބޭނުން ހިފައި 3ދަރިންނާއި އެކީ އާ ދިރިއުޅުމެއް އުޅެން ދިޔަނަމަ ދޯ. އަހަރެމެން މިތިބީ ވަރިވެއްޖެއްޔާ ދަރިން ނުލިބިދާނެތީ ހިތް ނޭދޭ މީހުންނާއި އެކީ ކައިވެނީގައި ބަނދެވިފައި. ވަރިކޮށްފައި ދަރިން އަތުނުލާ ފިރިހެނުން ތިބޭކަމީ ރަހުމަތެއްކަން ވިސްނޭނަމަ ދޯ.
ޑެބީ
19 March 2025
ރާއްޖޭގަ ނަމަ އިއްވާނީ 25 އަހަރުގެ ޖަލު ހުކުމެއް. 10 އަހަރުވާއިރު ހުންނާނީ އަފުއާމެއް ދިމާވެގެން ގޭބަންދުގަ. އަނެއްމަހު ގޭބަންދުގަ ހުއްޓާ ރަށުބަންދަށް. 1 އަހަރުނުވާނެ އަނެއް އަފުވާމު ލިބިގެން މިނިވަންވާނެ. އުމުރުދުވަހުގެ ހުކުމުގެ މާނައަކީ 25 އަހަރުކަމަށް އޮންނަ އޮތުންވެއްޖެނު ބަދަލުކުރަން.
މހއމ
19 March 2025
ގޭ ބަންދަކު ވެސް ނޫން. އޭރު އޮންނަ ސަރުކާރަށް ސަނާ ކިޔާގެން މިނިވަނެއް ގޮތުގައި ހުންނާނީ.
ގެދާނޯމޮސް
19 March 2025
މިޒަމާނުގެ އަނބިން ފިރިންނާއި ދަރިންދެކެ ނުހަނު ލޯބިވެއެވެ. އެކަމަކު ފިރިން ގެ ރަޙުމް ކުޑަކަމުން އަންހެނުން ގޮތްހުސްވެ ބުއްދި ގޯސްވާހާލަތަކީ މިރާއްޖޭގައިވެސް ވަމުން ދާކަމެކެވެ. ކިތަންމެ މޮޑާން ވެގެން އުޅުނަސް އަންހެނުން އެމީހުންނަށް އޯގާތެރި ފިރިން ނަށް ވަރައްވަފާތެރި ވެއެވެ. ގޯސްވީމާ ނަންވާނީ ނިކަމެތި އަންހެނުންނެވެ.