އިސްލާމިކް ބޭންކް: ރޯދަ މަހުގެ ފަހުގެ 10 ގެ ތިން ދުވަހެއްގައި އެ ބޭންކް ހުޅުވާނެ --- ފޮޓޯ/މިހާރު
18 މާޗް 2025 - 20:30
ރޯދަ މަހުގެ ފަހު 10ގެ ބަންދުގައި އެމްއަބީގެ ބިޒްނަސް ސެންޓަރު (އެ ބޭންކުގެ ހެޑް އޮފީސް) އިން ހުކުރު، ހޮނިހިރު ފިޔަވައި ހުރިހާ ދުވަަހަކު ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން ބުނީ އެ ބޭންކުގެ ހިދުމަތްތައް ދިނުމަށް ފަހު 10 ގައި، 20،27 އަދި 29 ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 11:30 އިން މެންދުރު 2 އަށް ހުޅުވާނެ ކަމަށެވެ. އަދި 20، 27 އަދި 29 ވަނަ ދުވަހު ބިޒްނަސް ސެންޓަރު ހުޅުވާނީ ހެދުނު ހެނދުނު 9:30 އިން 2 އަށް ކަމަށް ބުންޏެވެ.
އެމްއައިބީ އަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ހޯދޭ ބޭންކެކެވެ. އެ ބޭންކުން 2023 އިން ފެށިގެން ވަނީ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭނެ އިންތިޒާމް ހަމަޖައްސައި، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭ ގޮތް ހަދައިފަ އެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވޭނެ އެވެ. އަދި އިންޓަނެޓް ބޭންކިންއިން ފަސޭހަ ކަމާއިއެކު ޓީޓީ ކުރެވޭނެ އެވެ. އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭއިރު އެ ތިން ދުވަހު ބޭންކަށް ގޮސްގެން ވެސް މި ހިދުމަތްތައް ހޯދޭނެ އެވެ.
ރާއްޖޭގައި އޮންލައިންކޮށް ބޭންކިންގެ ހިދުމަތްތައް ފުރަތަމަ ދޭން ފެށީ އެމްއައިބީންނެވެ. ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމާމެދު ދިވެހިންގެ މެދުގައި އިތުބާރު ބޮޑު ކަމަށް އެ ބޭންކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy