ރައީސް ޑރ. މުހައްމަދު މުއިއްޒު: "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ ސުވާލު ފޮނުވަން ވަނީ ހުޅުވާލައިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
18 މާޗް 2025 - 20:33
ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލުކުރަން ބޭނުންވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅާނީ، ރައީސް އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވެސް ކޮންމެ ރައްޔިތަކަށް ވެސް ބޭނުން ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅައި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.
"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާންމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެއްޓި ސިލްސިލާއެކެވެ.
މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.
ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށް ވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރަން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ އޮތީ ވަގުތީގޮތުން މެދުކަނޑައިލާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފެއްޓީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއް ވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭޕަލް ކޮބާ
20 March 2025
ތިޔަ ޕޯޓަލްއަށް ހަމައެކަނި ފޮނުވެނީ. ނުއެއްލިބޭ. ޕޭޕަލް ގޮތަށް
ޖުލައި2021
19 March 2025
ކީއްކުރަން، ލިބޭނީ ހަމަ އެއްޖަވާބެއް، "ތިކަންވަރަށް ގާތުން ބަލަމުން މިދަނީ"
ކޮސް
19 March 2025
މިހާގަޓެއްނެތް ފިނޑި ރައީސެއް ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މީގެ ކުރިން ފެނިފައެއްނެތް....
ކޮސް
19 March 2025
ބޯހަމަޖެހޭ މީހަކު މިހާރުގެ ރައީސަށް ސުވާލެއް ފޮނުވާނެހެނެއް ހިޔެއްނުވޭ...
ސިއްބަޒް އަޒީޒް
19 March 2025
މީ މީހުން ވެރިކަން ކުރާ ގޮތަކީ. ރައްޔިތުންގެ ހިޔާލު އަބަދުވެސް ހޯދައިގެން ކުރިޔަށް ދާންވާނީ. އަބަދުވެސް ހާލު ބަލާ ކަންކަން އޮތް ގޮތް ސާފް ކޮށްދީގެން ވާނީ. ރަނގަޅު.
އަލީމްގ
19 March 2025
މިއެއްނޫން މީހުން ވެރިކަން ކުރާ ގޮތަކީ، ރައްޔިތުމީހާ ކުރިމައްޗައް އަރާފަ ކުރާ ސުވާލައް ޖަވާބު ދޭން ޖެހޭނީ، ވީޑިއޯ ފޮނުވީމަ ބަލާފަ ޖަވާބުދޭން ބޭނުންވާ ސުވާލައް ޖަވާބުދޭނީ، މީ ފިނޑި އަމަލެއް
އަޒީޒް ބަޒް
19 March 2025
ވެރިން ވެރިކަންކުރަނީ މީހުންގެ ކަރުބުޑަށް އަތްބާނައިގެނެއްނޫން. މުއިއްޒުގެ ކިބައިން ވެރިއެއްގެ އެއްވެސް ސިފައެއް ނުފެނޭ. ޖަރީމާތައް ހިންގަން އުޅޭވައްތަރު ޖަހަނީ. ފުލުފުލުގަ 3 ކުންފުންޏަކަަށް ބޮޑު ޕްރޮޖެކްޓްތަކެއް ހަވާލުކޮށްފި. ކިހާވަރެއް ދިރުވާލަންބާ
ރިފާއު އައްބާސް
19 March 2025
އުފާވެރި ހަބަރެއް. ބޭނުން ސުވާލެއްކޮށް ކަންކަން އޮތް ގޮތް ސާފް ވާނެ،
ޑަކައިތު
19 March 2025
ނުވާނެ ސާފެއް. ކޮންސާފެއްވާނީ؟
ނިހާލް ސަލީމް
19 March 2025
މިހެންވެ ބުނަނީ ރައީސް މުއިޒް ހަމަ ހަގީގަތުގައިވެސް ކުރިޔަށް ދަނީ ރައްޔިތުންގެ ވިންދާއެކު ރައްޔިތުންގެ ހިޔާލާއެކުގޭ
މުސްނިދު މުހައްމަދު
19 March 2025
ރައްޔިތުންނާ ގާތުން ރައީސް މަސައްކަތް ކުރާތަން އެބަ ފެނޭ
ގުދުގުދާބެއްޔާ
19 March 2025
ނޫސްތަކަށް ކޮންމެންޓް ކުރަން ރަޢީސް އޮފީހުގައި ތިބޭ ކުދިންކޮޅަށް ފެނޭތަ< ހާދަ ޑިސްލައިކް ގިނައޭ!
ނޫންތޯ
19 March 2025
ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ރައީސްއޮފީހަށް އާންމުރައްޔިތުން ފޮނުވާސިޓީބިޓީ "ބިއުރޮކްރެސީ ގަޓަރު"ގެ ތެރެއިން ދާތާކަށް ގޮސްޖެހިފަ ކާކު ދެއްވި ޖަވާބެއްކަން ނޭގޭ ޖަވާބުތައް ރައްޔިތުންނަށް ދެއްވާ ދެއްވުން ހުއްޓާލައްވާފަ ރައީސް ރައްޔިތުންނަށް ޒިންމާދާރު ޖަވާބުތަކެއް ދެއްވަން ވިސްނާވަޑައެއްނުގަންނަވަންތޯ؟
ރަށްއިތުމީހާ
18 March 2025
ގަޓެއް ހުރިންޔާ ނޫސް ކޮށްފަރެސް އެއް ބާންވާބަލަ. 10000 ފަސެންޓް އެބައޮތް ނުކުރޭނެކަށް..