މަސްތަކެއް ދޯނިން ބާލަނީ: ފަސް ބާވަތެއްގެ މަސްވެރިކަމާ ގުޅޭ ކޮމިޓީތައް ހަދައި މަންދޫބުން ނެގުމަށް ވަނީ ހުޅުވާލާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 މާޗް 2025 - 11:25
ފަސް ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިން ކޮންމެ މަސްވެރިކަމެއް މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.
އެކުލަވާލަނީ ކަނޑުމަހުގެ މަސްވެރިންކަން މެނޭޖުކުރުމަށާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އަށް ލަފާދޭ ކޮމިޓީއެކެެވެ.
އެ ކޮމިޓީތަކުގައި ބައިވެރިވާން އެދޭ މީހުން އެކަމަށް އެދި ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ބުނިގޮތުގައި އެ މަންދޫބުންނަށް ކޮންމެ ކޮމިޓީއަކުން ލިބެނީ ފަސް އަހަރުގެ މުއްދަތެކެވެ.
- ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ވަދުނަނުގެ މަސްވެރިކަން ކުރާ ފަރާތެއް.
- ފާނަ މަސްވެރިކަން މެނޭޖް ކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފާނަ މަސްވެރިކަން ތަމްސީލުކުރާ އެއް މަންދޫބާއި ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ އެއް މަންދޫބު.
- ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލުކުރާ ތިން މަންދޫބުން.
- ފަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ފަރުމަހުގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބަކާއި ފަރުމަހުގެ ވިޔަފާރިކޮށް، އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެއް.
- ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް - ހުއިފިލަނޑާގެ މަސްވެރިކަން ތަމްސީލުކުރާ ދެ މަންދޫބުންނާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބުން.
އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ މަސްވެރިކަމެއް މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފްސީލު އަހަރަކު އެއް ފަހަރު މިނިސްޓްރީ އަށް ހުށަހެޅުމާއި ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އަށް ލަފާ ދިނުން ހިމެނެ އެވެ.
އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރަމުންދާ މީހުންނަށް އެ ކޮމިޓީތަކުގެ މެމްބަރުންނަށް ނުވެވޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކޮމިޓީއަށް މެމްބަރުން ނެގުމުގައި ބަލާނީ އެ މަސައްކަތުގައި އެ މީހުން ހަރަކާތްރެރިވެފައިވާ މުއްދަތަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާގެ މަގާމަށް އެދި ހުށަހަޅާ މީހެއް ނަމަ، އެ ދާއިރާ އިން އެ ޖަމިއްޔާގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޫތީ
19 March 2025
މިޔަރު މަސްވެރިކަމަކީ މަސްވެރިކަމެއްނޫން. އެހެންވީމާ މިޔަރު ކޮންމެސް އެހެން ގޮތަކަށް މިޔަރުވެރިންނަށް ކުރެވޭނެ. އެޔަށް ކިޔެދާނެ "މިޔަރުވެރިކަން"
ވެރީ ފަނީ-ވެރީ ސަސް
19 March 2025
ލަފާ ދޭންޖެހެނީ ކޮން ފަރާތަކަށްބާ. މަސްވެރިކަމުގެ ހުރިހާ ކަމެއް މެނޭޖް ކުރަނި މަސްވެރިން :ވަކި ވަކި ދޯނި ވަކި މަސްވެރިން ވަކި ކެޔޮޅުން . އެމީހުން ނޫޅޭ ބައެއްގެ ލަފާ ހޯދާކަށް . މިނިސްޓްރީއަށް ލަފާ ދިނަސް، ސަރުކާރުގެ މާބޮޑު ދައުރެއްނެތެއްނު މަސވެރިކަން މެނޭޖް ކުރުމުގަ. އެހެންވީމަ، ބަނޑައިދޫ ކޮމިޓީ އާ ގޮހޮރު ކޮމިޓީއާ ރިހާކުރު ކޮމިޓީ ހަދައިގެން ތި ކުރަން އުޅޭކަމަކީ ކޮބައިބާ . ބަޔަކަށް ފައިސާދޭންވެގެންbާ. ވަރަށް ސަސް
އަފްރާސިޔާބު
19 March 2025
މަހަށް ލަފާދޭނީ. އެއީ ބުޅިގައި ގަންނާނެ ގޮތް. ކަނޑުމަހަށް ލަފާދޭނީ ބުޅި ޖެހިޔަސް ގަނެގެން ނުވާނެ ކަމާއި ފެން އުކައި ތަންދޮރު ނޭގޭވަރުވީމާ ބުޅިއަކު ފަހަރަކު އެއްޗެއްގޮސް ގަތުމާއި އެއްތަނަކަށް ބޮނޑިވެގެން ނުތިބުމާއި ތިމާވެށީގައިވާ އެހެން ފަރާތްތަކަށްވެސް ޖާގަ ދޭން ޖެހޭނެކަން. ވަދުނަނެއް ދޫކުރިއަސް ގަނެގެން ނުވާނޭކަން. ވަދުނަނުގެ ގަންނަ ފަރާތްތަކަށް ލަފާދެނީ ނަނެއް ދޫކުރިއަސް ގަނެގެން ނުވާނޭ ކަމާއި ހަގީގީ ކާއެއްޗެއް ނުދެނީސް ގަނެގެންނުވާނޭކަން...
އަފްރާސިޔާބު
19 March 2025
ހިބަރަށް ދޭލަފަޔަކީ ދޫކުރާނަނުގައިގަތަސް މައްޗަށް ފުންމައިގެން ނޭރުމަށް. އެހެން އަރައިފިނަމަ ފަހަރު ބުޅިތުބުން ނެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް. ފަރުމަހަށް ދޭ ލަފަޔަކީ ފަރުގައި އެކަނިކަމަށް އުޅެންވާނީ. ފަރުންބޮލި، މުރަކަ، ގާކައިގެން ނުވާނޭ ކަމާއި ފަރުކައިރިއަށް ފައްތާ ބުޅިތަކުގެ ތެރެއިން ބޮޑި ބޮޑިއަށް އޮންނަ އެއްޗެހީގައި ނޫނީ ދަތް ނޭޅުމަށާއި ދަތްއަޅާއިރުވެސް އެއްކޮށް އަނގައަށް ލާފައިނޫނީ ނުހިފުމަށް. އެއީ އެނޫންގޮތަކަށް ކުރާއިރު ލޮލަށްވެސްހެރި