އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި ކުއްޖެއްގެ ހަށިގަނޑު އުފުލަނީ: ހަމާސް އިން ބުނަނީ ވަރުގަދަ ހަމަލާތައް ދިން ނަމަވެސް ހަމާސް އަދިވެސް އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށް. -- ފޮޓޯ: އޭއެފްޕީ
20 މާޗް 2025 - 10:54
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާ ނުދީ ތިބުމަށް ފަހު ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް ހަމާސް އިން އަދިވެސް މަޝްވަރާގެ ދޮރު ބަންދު ނުކުރާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
"ހަމާސް އިން މަޝްވަރާގެ ދޮރު ބަންދުކޮށްފައި ނުވި ނަމަވެސް އާ އެއްބަސްވުންތަކެއް ގެނައުމުގެ ބޭނުމެއް ނެތް ކަމަށް ދެކެން،" މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަވައި ފޯނުން އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ހަމާސްގެ އިސް އޮފިޝަލް ތާހިރް އަލް ނޫނޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އިޒްރޭލަށް މަޖުބޫރުކުރުމަށް ގޮވާލާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިހާރު އެންމެން ސޮއިކޮށްފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް އާ އެއްބަސްވުންތަކެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަނގުރާމައިގެ ދެވަނަ މަރުހަލާއެއް މާޗް މަހުގެ ކުރީކޮޅު ފަށަން އޮތީ ތާވަލްކޮށްފަ އެވެ. އެއީ އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމާއި ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓާލުމުގެ މަސައްކަތެވެ. "އަޅުގަނޑުމެންގެ އެއްވެސް ޝަރުތެއް ނެތް، އެކަމަކު އަޅުގަނޑުމެން އެދެނީ އިސްތިއުމާރުންގެ އަނިޔާވެރި ހަމަލާތައް ހުއްޓާލައި، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށަން މަޖުބޫރު ކުރުވުމަށް،" ނޫނޫ ވިދާޅުވި އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވާއިރު، އިޒްރޭލުން ސޮއިކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ގަތަރާއި އެމެރިކާ އަދި މިސްރުގެ މެދުގައި އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ 15 މަސް ފަހުންނެވެ.
އަންގާރަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، މިއީ މުޅި ހަނގުރާމައިގެ ތެރޭގައި ޣައްޒާގައި އެންމެ ނުރައްކާތެރި އެއް ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިރަމް
21 March 2025
އަދިވެސް މަޝްވަރާކުރުމުގައި ހަމާސް ޖަމާއަތް މަޝްވަރާ ހުއްޓާލައި ހަނގުރާމަކޮށް ޝަހީދުވޭ ނުވަތަ އެމީހުން ތިތަނުން ފައިބާވަރުކޮށްލާ މަޝްވަރާޔަށް އެމީހުން އަންނަވަރުކޮށްލާ އެމީހުންގެމީހުން ރަހީނުކޮށްގެންނާއި ގެރިިއްްލާ ހަނގުރާމަކޮށްގެން.....
އަލީ ނާޒިމް މޯޑު
20 March 2025
ތައްޔާރު ވާންވީ ތިބިމުން ފައިބަން! ނޫނީ އިޒްރެއިލް އާ އެކުވެގެން އެކުގަ އުޅެން ދަސްކުރަންވީ! ތާރީހުގަ މުޅި ހިސާބުގަ އޮތީ އަތްގަދަ ކުރުމާ ބާރުބޭނުން ކުރުން އަދި ޖިޒީ ދީގެންވެސް ބަޔަކު އިރެއްގަ އުޅުނު! މިހާރު ކަލޭމެން ތިތިބީ ބަލިވެފަ ބަލި ގަބޫލު ކުރަންޖެހިފަ!
ހަމަ ޖެހޭ ވާހަކައެއް ދައކަބަލަ
20 March 2025
ޔަހޫދީން އުޅެނީ ޣައްޒާ އެކަންޏެއް ނޫން ބޭނުންވެގެން. ފުރާތު ކޯރުން ފެށިގެން ނީލަ ކޯރާ ދެމެދުގަ އޮތް ހުރިހާ ބިމެއް އެމީހުން ބޭނުން. ދެން މިހުރިހާ ސަރަހައްދެއްގަ ދިރިއުޅޭ މީހުންތައް ބޭރުކޮށްފަ ތި ގޭގަތަ އެމީހުންތައް ބައިތިއްބަންވީ؟؟