އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރައެއް: ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމުގައި ކުރިން އޮތް ގޮތަށް އާސަންދަ އާއި ޕްރައިވެޓް އިންޝުއަރެންސް ވަނީ ބޭނުންކުރަން ފަށާފައި. -- ފޮޓޯ: މިހާރު
20 މާޗް 2025 - 12:55
ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޑުއަލް އިންޝުއަރެންސް ދޭން އަނެއްކާ ވެސް ފަށައިފި އެވެ.
އާސަންދަ ރިފޯމްކުރަން ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން، ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެންސްޕާ އިން އޭރު ބުނި ގޮތުގައި ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ނަމަ އެ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ މީހުންގެ ފެކޭޖުގެ ލިމިޓް ހަމަވުމުންނެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި އެ އުސޫލަށް އާސަންދަ ކުންފުނިން މި ހަފުތާގައި ވަނީ ބަދަލެއް ގެނެސްފަ އެވެ.
ހޮސްޕިޓަލަކުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި ފަހުން ގެނައި ބަދަލުން، ކޮންސަލްޓޭޝަނަށް ފުރަތަމަ ޗާޖުކުރާނީ އަމިއްލަ އިންޝުއަރެންސުންނެވެ. އާސަންދައިން ކަނޑާނީ ބާކީ އަދަދެވެ. އެހެންވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އެއިން ފައިސާ ދެއްކުމަށް ފަހު ބާކީ އަދަދު އަމިއްލައަށް ދައްކަންޖެހޭ ގޮތަށް އިންޝުއަރެންސް ނިޒާމަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު، ގިނަ ބަޔަކު ޝަކުވާކުރި އެވެ. އެކަމަކު އެ ބަދަލާ އެކު ވެސް އެޑްމިޓުކޮށްގެން ފަރުވާ ހޯދާ ނަމަ ދެ އިންޝުއަރެންސް ވެސް ލިބެ އެވެ.
ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވީ އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެން ހިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތަށް އާސަންދައިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
މި ބަދަލުތަކާ ގުޅިގެން އާސަންދައިގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްބެ
23 March 2025
އިގުތިސޯދު އިޔާދަކޮށް ރައްޔިތުންގެ ހައްގުތަކަށް ތަންދެނީ ހަމަ ހުދު ގައުމިއްޔަރުގެ ކުރިއެރުވުމަށް. ޝުކުރިއްޔާ ރައީސް ޑރ މުއިޒު
ޚަބަރުކިއާ
22 March 2025
ޚަބަރު ރަގަޅަށް ކިއާލީމަ އެގޭ ރައްޔިތުމީހާއަށް އިތުރު މަންފާއެއް ކުރާނެ އެެއްވެސް ބަދަލެއް ގެނެސްފައި ނުވަކަމާއި، މިއީ ބޮޑުއޮޅުވާލުން ގަނޑެއްކަން.
ސީމާ
21 March 2025
ތިކަހަލަ ކަޓް ލިބޭމީހުންނަށް ރަނގަޅުވާނެ
ސަންޓޯބެ
21 March 2025
އެކަން އާސަންދަ އަށް އެއްވެސް ކަމެއް ނުކުރަމޯ, ބޭސް ލިބެން ޖެހޭނޭ ކިޔާފަ ހަމަ އޮޅުވާލަން މަސައްކަތް ކުރީ. މިހާރު ކަލެއަށްވެސް ޔަގީންވީތާ ބޮޑެތި ޖަރީމާ ހިންގާގެން ކުރިން ލިބެމުންއައި ހިދުމަތް ކަނޑާލިކަން. އަދި ކުރިން އާސަންދަ ކަވާކުރި 250 ބޭސް މިހާރުވެސް ހުރީ އާސަންދައިން ނުލިބޭގޮތް ހަދާފަ, މިވަރަށް ހެޔޮވާނީ.
ޖައިލަމު
21 March 2025
ވަރަށްވެސް ފުރިހަމަ ނިންމުމެއް. ރައީސްއަށް ތާއީދު
ގާސިމް
21 March 2025
ހެޔޮފުޅުކަމުން ނޭ ދެންކިޔާ, ކުރިން ހުރި މީހަކުވެސް ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލަފަ ހެޔޮފުޅުކަމުން އަލުން ސަބްސިޑީ ދިން.ރައްޔިތުން އަތުން ބޭކާރު ލާރިތަކެއް ތި ދުއްވާލީ
އިސްމާލު2.0
21 March 2025
އާސަންދަ ހަމަޔަކަށް އެޅުނު ކަމަށް ބުނެ މިތާ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވާލަމެވެ. ކާކަށް އޮޅުވާލަންތޯ ތިޔަ އުޅުއްވަނީ؟ އެންމެ ފަހުގެ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން މި އަހަރުގެ 6 މާޗު އަދި މިދިޔަ އަހަރުގެ 6 މާޗާއި އަޅައި ބަލާއިރު، ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ފިޔަވައި އެހެން ހުރިހާ އައިޓަމެއް (އާސަންދަ ހިމެނޭހެން) ނިސްބަތުން ވަނީ އިތުރުވެފައި. ފޮތް ނުކިޔައި މީހުންނަށް ނޭނގިދާނެ. އަހަރުމެން ނުހެއްލޭނެ.
ސަރގް
20 March 2025
ތީކީ ކުރިއެރުމެއްނޫން އާސަންދަ އޮއްވައި ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ތަންތަނުން ޑަބަލްއިންސްއަރެންސް ދޭންޖެހުމަކީ އަޅުގަޑު ހިޔާލުގައި އިސްރާފެއް، މިތާންގައި ހަޅެއްލެވި ގިނަމީހުންނަކީ އުޅޭ އޮފީސްތަކުން ނަގާދީފައިހުރި ޕެކޭޖްތަކުގައި އުޅުނުމީހުން އަމިއްލަޖީބުން ހަރަދުކޮއް ނެގީ މަދުމީހެއް، އިންސްއަރެންސްގެ މާނަ މިގައުމުގައި މިވާނީ އޮޅުވާލާފަ، ޔޫއެސް ސްޓޭޓް ތަކުގަައި މީހުންބަލިވާނަމަ އެސްޓޭޓްތަކުން އިންސްއަރެންސް ކުންފުނިތައް ވިޔަފާރި ހުއްޓާ
ޖައިޝަމުު
20 March 2025
އަހަރުންގެ ރައީސް ♥️
އަދުނާން ޒަކީ
20 March 2025
ރައީސް އޭރުވެސް ދެންނެވީ އާސަންދަ ހަމަޔަކަށް އަޅުވަންށޭ އޭރުގެ އުސޫލަށް ބަދަލު ގެނައީ. މިހާރު އެ އުޅުނީ ހަމަޔަކަށް. ޝުކުރިއްޔާ
އިސްމާލު2.0
21 March 2025
އަދުނާނު، ކޮންތާކުން ހަމަޔަކަށް އެޅެނީ؟ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތުތައް ބަލަންތައް؟ އޮޅުވާލަން ވާހަކަ ހަދަހަދައިގެން ނުދައްކާ!