ދެ ވަނަ ހަފްތާގެ އިނާމު ލިބުނު ނަސީބުވެރިޔާއަށް އިނާމު ހަވާލު ކުރަނީ.
20 މާޗް 2025 - 12:29
ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާގެ ގުރުއަތު ނަގައި، ނަސީބުވެރިޔާ އަށް އިނާމު ދީފި އެވެ.
ސިމްޑީ އިން ރޯދަ މަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ހާއްސަ އިނާމެއް ނަސީބުވެރި އެއް ކަސްޓަމަރަކަށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ދެ ވަނަ ހަފުތާއަށް ހުށަހަޅާފައި ވަނީ ޕާސަނަލް ކެއާ ހެމްޕާއެކެވެ. އެއީ ޝެރަމީ ބްރޭންޑުގެ ބޭބީ އެސެންޝަލްސް އާއި ޕެންޓީން އަދި ހެންޑް އެންޑް ޝޯލްޑާސްގެ ހެއާކެއާ ޕްރޮޑަކްޓުތަކާއި ވެލްވެޓް ބޮޑީ އާއި ހޭންޑް ވޮޝް އާއި އޯލޭ ސްކިން ކެއާ އާއި ގޯލްޑް ކޮލޯން އާއި ޖިލެޓް ގްރޫމިން ޕްރޮޑަކްޓްސްގެ އިތުރުން އީކޯ ޕްލަސް ހައިޖީން ޕްރޮޑަކްޓާއި ޓައިޑް ބްރޭންޑުގެ އޯމޯ އަދި ސްޕްލޭޝް ވެޓް ވައިޕްސް ހިމެނޭ ޕެކެކެވެ.
ސިމްޑީ އިން މިދިޔަ ހަފުތާގައި ފުރަތަމަ ހަފްތާގެ އިނާމު ވަނީ ދީފަ އެވެ. އެއީ ބީރެންބާގް، ކެޑްބަރީ ސިލްކް ޗޮކޮލެޓް، ދިލްމާ ޓީ، ދުނާރު ބާސްމަތީ ރައިސް، ފަޔާބުލް ރާމަން، ގަރަފަލޯ ޕާސްތާ، ލިސްޓް ނަޓްސް، މައި ބިޒްކަޓް ޗޮކޮލެޓް، ނޫރު ސަންފްލާވާ ތެޔޮ، އޮޓޯ ނަޓްސްޓް، ޓާޓާ ސޯލްޓް އަދި މެންޓޮސް ރޯލްސް ފަދަ އެ ކުންފުނިން އެތެރެކޮށް ވިއްކާ އެކި ޕްރޮޑަކްޓުތަކުގެ ގިފްޓު ހެމްޕާއެކެވެ.
މި ޕްރޮމޯޝަނުގެ ތިން ވަނަ ހަފުތާ އަށް ހުށަހަޅާފައި ވަނީ އިލޮކްޓްރަލަކްސް ޓޭބަލް ޓޮޕް އަވަނެކެވެ. އަދި ފަހު ހަފުތާގައި ހިމެނެނީ އިލޮކްޓްރަލަކްސް އިސްތިރިއަކާއި ވެޓް/ޑްރައި ވެކިއުމް ކްލީނާއެކެވެ. މި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާއެކެވެ. މިއީ މި ދުވަސްވަރު ދުނިޔޭގެ ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެމެރާއެވެ. އަދި އެއީ 4ކޭ ކޮލިޓީގެ ވީޑިއޯ ނެގުމުގެ ގާބިލުކަން ހުންނަ ފަސޭހައިން ލައިވް ސްޓްރީމް ކުރުވޭނެ ފީޗާތައް ހިމެނޭ ކެމެރާއެކެވެ.
މި ޕްރޮމޯޝަންގައި ސިމްޑީގެ ހުރިހާ ފިހާރަތަކާއި އެ ކުންފުނީގެ މޮބައިލް އެޕުން 500ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy