އެމްއައިބީއިން ހުޅުވި ބިޒްނަސް ސެންޓަރު. -- ފޮޓޯ: އެމްއައިބީ
21 މާޗް 2025 - 08:59
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސެންޓު އިތުރު އަދަދެކެވެ.
ހިއްސާގެ ފައިދާ ބަހަން ހުށަހަޅަނީ ހިއްސާގެ ފައިދާގެ 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާ އެކު، ފައިދާގެ 50 ޕަސެންޓު ބޯނަސް ހިއްސާ ދިނުމަށެވެ.
ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރަނީ 35ރ. ގެ ރޭޓުންނެވެ. އެމްއައިބީގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ އެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގެ ނޯޓިސް އާއި އިތުރު މައުލޫމާތު އަންނަ މަހު އާއްމުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ސިފަ ކުރެ އެވެ. މިދިޔަ އަހަރު ވަނީ އާ ސާވިސް ސެންޓަރުތަކާއި ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް، އެމްއައިބީގެ ހިދުމަތްތައް ފުޅާކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެ ބޭންކަށް ބައިނަލްއަގްވާމީ ތިން އެވޯޑެއް ލިބުނެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިއްސާދާރެއް.
21 March 2025
ބޯނަސް ހިއްސާއެއް ނޫން. އިހައްދުވަހު ހިއްސާ ވިއްކާފަ އެ ވިއްކި ހިއްސާއަށްް އެކަށީގެންވާ ރިޓާނެއް ނުދެވި އަނެއްކާ އިތުރު ހިއްސާ ތިޔަ ދޫކުރަނީ. އަދި ތަންކޮޅެއް އަވަސްކަންނެ ބޯނަސް ހިއްސާ ދޫކުރަން. ބޯނަސް ހިއްސާގެ ބަދަލުގައި މިހާރު ވިއްކާފަ ހުރި ހިއްސާއަށް ރަނގަޅު ރިޓާނެއް ދިނުމަށްފެނޭ.
1206
21 March 2025
ހިއްސާ ވިއްކި ފަހުން އަދި މިވީ 6 އަހަރުގައި ހިއްސާގެ އަގު 3 ގުނަ ވެެއްޖެ. 40 އަހަރު ބޭންކިންގ ޚިދުމަތް ދިން ކުންފުނިތަކާ ނުބައްދަލު ފުރިހަމަ ޚިދުމަތް 16 އަހަރުން މުޅި ރާއްޖެއަށް ދިން ހަމަ އެކަނި އިސްލާމީ ބޭންކު. އަދި އެވެސް ހިއްސާގެ ފައިދާ އުނި ނުމެ ކޮށް. އެހެންވީމާ 6 އަހަރު ތެރޭގައި މެދު ނުކެނޑި ފައިދާ ބަހައި ހިއްސާގެ އަގު 3 ގުނަ ވުމަކީ ކުޑަފަދަ ކާމިޔާބެއް ނޫން. އެމް.އައި.ބީގެ ކުރިމަގު ވ އުޖާލާ ކަމުގައި ފެނޭ. ދޮގު ހޮޅި ވާހަކަ ނުދައްކާ.
1206
23 March 2025
ކަމުގެ އާއްޖުފާއްޖު ނޭނގޭ މީހުން ލިޔާ މި ޒާތުގެ ތެދުދޮގު ނުބަލާ ކޮމެންޓުތައް ޖަހައިދިނީމާ، ނުދަންނަ މީހުންގެ ނުދަތުން ވާނީ އިތުރު. އެހެންވީމާ ކޮމެންޓު ކުރާ މީހުންގެ ކޮމެންޓުތަކަށް މިހާރަށް ވުރެ ބޮޑަށް، ކޮމެންޓު ޖަހައިދިނުމުގައި ޒިންމާދާރުވާންޖެހޭ.
މުގީމު
21 March 2025
ބޯނަސް ހިއްސާއަކީ ކިހިނެތްވާ އެެއްްޗެއްކަން ބޭބެއަށް ކިޔައިދީބަލަ.
ޢާދަނުބެ
21 March 2025
ޙަމަ އެކަނި ހިއްސާގަނެފަ ތިބި މީހުންނަށްތޯ އެމްބީއައި އެކައުންޓުގަ ރުފިޔާ ހުރި މީހުންނައްތޯ އެނގޭ ކުށްޖަކު ހުރިއްޔާ މީ ބުނެލަ ދީބަލަ
ކާދަރޭ
21 March 2025
ހިއްސާ. އެކައުންޓެއްނޫން.