އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ޣައްޒާގެ ކުޑަ ކުއްޖެއްގެ ހަށިގަނޑު ކައިރީ އާއިލާގެ ބަޔަކު މަޑުކޮށްލައިގެން: ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ދަނީ ޝަހީދުވަމުން. -- ފޮޓޯ: އޭއެފްޕީ
21 މާޗް 2025 - 13:58
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަންގާރަ ދުވަހު އަލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 600 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާ ކަމަށާއި ހަމަލާތައް ފުޅާކޮށް ވަރުގަދަކުރަމުން ދާތީ މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
ޣައްޒާގެ ސިއްހީ ހިދުމަތްތަކާ ބެހޭ އެކި އިދާރާތަކުން ބުނެފައިވާ ގޮތުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 590 އަށް ވުރެ އިތުރުކަން ކަށަވަރެވެ.
މިދިޔަ ޖެނުއަރީ މަހު، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވީ އެއްބަސްވުން ރޫޅާލައި އިޒްރޭލުން ޣައްޒާއަށް ވައިގެ މަގުން ފުރަތަމަ ދިން ހަމަލާތަކުގައި ވެސް 400 އަށް ވުރެ ގިނަ މީހުން ޝަހީދުވި އެވެ. ވައިގެ މަގުން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން މިހާރު ވަނީ ޣައްޒާގެ ދެކުނުގެ ރަފަހް އަށް އެއްގަމު މަގުން އަރައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބައިތު ލަހިޔާ އަވަށާއި މެދުތެރޭގެ ސަރަހައްދުތަކުން ސިފައިން އުތުރަށް ވަންނަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވާން ގެދޮރު ދޫކޮށް ދިޔަ ޣައްޒާގެ ބަޔަކު ގޮނޑެެއްގެ ތެރޭގައި ޓެންޓު ޖަހައިގެން. -- ފޮޓޯ: އޭއެފްޕީ
އަނެއްކޮޅުން ހަމާސް އިން ވަނީ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަށް ފަހު ފުރަތަމަ ފަހަރަށް އިޒްރޭލަށް ރޮކެޓް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ޔަމަންގެ ހޫތީން ވެސް ވަނީ އިޒްރޭލުގެ ތެލް އަވީވަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލައިފަ އެވެ. އިޒްރޭލުން ބުނީ ހޫތީންގެ ހުރިހާ ހަމަލާތަކެއް ވެސް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
ޣައްޒާއަށް ހަމަލާ ދެމުން ދާއިރު ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުން ވަނީ އަނިޔާވެރިކަން އިތުރުކޮށްފަ އެވެ. އެތަނުގައި ރެފިއުޖީ ކޭމްޕުތަކަށް ހަމަލާ ދިނުމާއި އާންމުންގެ ގެދޮރު ސުންނާފަތިކޮށް މީހުން ގަދަަކަމުން ނެރުން ފަދަ އެތައް ކަމެއް ކުރަމުން ދާއިރު އެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އަންހެނަކު ކާނާ ހިފައިގެން ގޮނޑެއްގެ ކައިރިން ހިނގާފައި އަންނަނީ. -- ފޮޓޯ: އޭއެފްޕީ
ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު އެންމެ މަދުވެގެން ވެސް 49،617 އަށް އަރަ އެވެ. މީގެ އިތުރުން 112،950 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނާ ގޮތުގައި އެ މީހުންގެ ހިސާބުތަކުން، 61،700 މީހަކު ޝަހީދުވި ކަމަށް ދައްކަ އެވެ. އެއީ އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެ އަދިވެސް ނުފެންނައިރު އެ މީހުން މަރުވެފައިވާ ކަމަށް ބެލެވޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތިއުފާ
21 March 2025
ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން ޑައުން އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ މަހަށް މަހަށްދޭ ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން ޑައުން އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ މަހަށް މަހަށްދޭ ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން ޑައުން އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ މަހަށް މަހަށްދޭ ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން ޑައުން އިނގިރޭސި ރަސްގެފާނު ޗާލްސް މަހަށްދޭބަލަ މަހަށް މަހަށްދޭ ޓްރަމްޕް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ބަރުން
22 March 2025
ކޮބާ އަރަބިން؟
ބަލީހު
21 March 2025
ހުޅަނގު އައްސޭރިންވެސް އެތައް ބަޔަކު މަރާ އެތައް ބިމެއް ފޭރިގަނެ މީހުން ގެދޮރުން ބޭރުކޮށްފި މިދިޔަ ދެއަހަރު ތެރޭގައިވެސް. މިމިޙޫން ބަދަލު ހިފަން ނިކުންނާނެ. މިއަދު އަނިޔާވި މީހުން މާދަމާ ވާނީ ޓެރަރިސްޓުންނަށް މިތާ ލާރި ނަގައިގެން ކޮމެންޓް ކުރާ ބައިގަނޑަށް